119 އަހަރުގެ ފްލޮރޭސް އުއްމީދު ކުރަނީ ދުނިޔޭގެ ރެކޯޑަކަށް

Sep 10, 2026, 11:20 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ކޮސްޓަރީކާގެ ޕެސިފިކް އައްސޭރިފަށުން ދަތުރުކުރާއިރު ގާތްގަނޑަކަށް 20 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ސަރްދިނާލްގައި ހުންނަ އާދައިގެ ލަކުޑި ގެއެއްގައި، ހޯސޭ ފްލޮރޭސް އޭނާގެ ދުވަސްތައް ހޭދަކުރަމުން ދަނީ ނިދުމާއި، އޭނާގެ ކާފަ ދަރިފުޅު ތައްޔާރުކުރާ ކެއުންތައް ކެއުމާއި، އަދި ކުޅިވަރުތަކުގަ އެވެ.

ފްލޮރޭސްގެ ރަސްމީ ރެކޯޑުތަކުން ދައްކާ ގޮތުގައި އޭނާގެ އުމުރަކީ 119 އަހަރެވެ. މި ތާރީޚުތައް ކަށަވަރުވެއްޖެ ނަމަ އޭނާ ވެގެންދާނީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ފިރިހެން މީހާއަށެވެ. ތާރީޚީ ލިޔެކިޔުންތައް ދިރާސާކުރާ މާހިރުން އޭނާގެ އުފަން ތާރީޚު ބައިނަލްއަގުވާމީ ފެންވަރުގައި ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.

ސަރްދިނާލް އަކީ ނިކޯޔާ ޕެނިންސިއުލާގައި އޮންނަ ހޫނުގަދަ ރަށެކެވެ. މިއީ ދުނިޔޭގައި މީހުން އެންމެ ގިނަ ދުވަހު ދިރިތިބޭ އަދި ސިއްހަތު ސަލާމަތުން ތިބެ 100 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުމުގެ ފުރުސަތު ބޮޑު ސަރަހައްދުތަކަށް ކިޔާ "ބްލޫ ޒޯން" ތަކުގެ ތެރޭގައި ހިމެނޭ ފަސް ސަރަހައްދުން އެއް ސަރަހައްދެވެ.

އެ ސަރަހައްދުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ އުމުރު ދިގުވުމުގެ ސިއްރަކީ ކެލްސިއަމް އަދި މެގްނީޒިއަމް ގިނަ ފެން ބުއިމާއި، ދުވަހުގެ ކެއުމުގައި ގިނައިން ކޯން އަދި ބީންސްގެ ބާވަތްތައް ބޭނުންކުރުމެވެ. މީގެ އިތުރުން، ހަށިގަނޑުން ބުރަ މަސައްކަތް ކުރުމާއި، އާއިލީ އަދި މުޖުތަމައުގެ ގުޅުންތައް ވަރުގަދަކޮށް ބޭއްވުމަކީ ވެސް މީގެ ސަބަބުތަކެއް ކަމަށް އެމީހުން ދެކެ އެވެ.

ފްލޮރޭސްގެ ކާފަ ދަރިފުޅު އަދި އޭނާ ބަލަހައްޓާ ހެލެން ފްލޮރޭސް ބުނި ގޮތުގައި، މުޅި އުމުރު ދަނޑުވެރިކަމުގެ މަސައްކަތުގައި ހޭދަކުރި އޭނާގެ ކާފަ މިހާރު ދިރިއުޅެމުން ދަނީ ވަރަށް "ހަމަޖެހިގެން އަދި އުފަލުގަ އެވެ." ބައެއް ފަހަރު އޭނާގެ ހަޔާތުގެ މާޒީގެ ވާހަކަތަކާއި މަޖާ ވާހަކަތައް ކިޔައިދޭއިރު، އުމުރު ދިގުވުމުގެ އެންމެ ބޮޑު ސިއްރަކީ އާއިލާ ކަމަށް އޭނާ ބުނެ އެވެ.

އެ ސަރަހައްދުގެ މީހުންގެ އުމުރު ދިގުވުމާ ބެހޭ ދިރާސާތައް ކުރާ 'ނިކޯޔާ ޕެނިންސިއުލާ ބްލޫ ޒޯން އެސޯސިއޭޝަން' ގެ ބާނީ ޖޯޖް ވިންޑާސް ގަބޫލުކުރާ ގޮތުގައި، ފްލޮރޭސް ފަދަ މީހުންގެ އުމުރު ދިގުވުމުގައި އެހެން ސަބަބުތަކެއް ވެސް އެކުލެވިގެންވެ އެވެ.

ފްލޮރޭސްގެ އައިޑީ ކާޑުގައިވާ ގޮތުން އޭނާ އުފަންވެފައިވަނީ 11 ޖުލައި 1907 ގައެވެ.

"އެންމެ މުހިންމު ކަމަކީ އާއިލީ އަދި އިޖުތިމާއީ ގުޅުންތައް. އޭގެ އިތުރުން ރޫހާނީ ކަންކަމާއި އެމީހުންގެ އޮންނަ ވަރުގަދަ އީމާންތެރިކަމާއި، ހަށިގަނޑުން ކުރާ ބުރަ މަސައްކަތްތައް ހިމެނޭ،" ވިންޑާސް ބުންޏެވެ. އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އެމީހުން ކަނީ ސިއްހަތަށް ފައިދާހުރި ކާނާ އެވެ. އަދި ދިރިއުޅެނީ ހާސްކަން ކުޑަ، އަމާން ދިރިއުޅުމެކެވެ.

އުމުރު ކަށަވަރުކުރުމުގެ މަސައްކަތާ ގުޅޭގޮތުން ވިންޑާސް ބުނީ، އެ އެސޯސިއޭޝަނުގައި ހުރި ތާރީޚީ ރެކޯޑުތައް ގިނިސް ވޯލްޑް ރެކޯޑްސް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން އަދި ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާއިރު، ފްލޮރޭސްގެ އާއިލާއިން އިންތިޒާރު ކުރަމުންދަނީ މުޅި ގައުމަށް ވެސް މުހިންމު ޖަވާބަކަށެވެ. ހެލެން ފްލޮރޭސް ބުނި ގޮތުގައި މިއީ ހަމައެކަނި އެ އާއިލާއަށް ލިބޭ އުފަލެއް ނޫނެވެ.

"މިއީ އާއިލާއަށާއި މުޅި ގައުމަށް ވެސް ލިބޭނެ ވަރަށް ބޮޑު ފަޚުރެއް،" އޭނާ ބުންޏެވެ.

ފްލޮރޭސްގެ އަށް ދަރިން ތިބިއިރު، މިހާރު އޭނާގެ 23 ކާފަ ދަރިންނާއި، 25 މުނިކާފަ ދަރިންގެ އިތުރުން، ހަތަރުވަނަ ޖީލުގެ އަންހެން ދަރިއަކު ވެސް އެބަހުއްޓެވެ.

މިވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ އިނގިރޭސިވިލާތުގެ އެތެލް ކެޓަހަމް އެވެ. އިންގްލެންޑްގެ ހެމްޕްޝަޔާގައި 21 އޮގަސްޓް 1909 ގައި އުފަންވި އެތެލްއަށް 2026 ވަނަ އަހަރު ވަނީ 117 އަހަރު ފުރިފަ އެވެ. އޭނާއަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ލަގަބު ލިބުނީ، ކުރިން އެ މަގާމުގައި ހުރި ބްރެޒިލްގެ، އިނާ ކަނަބާރޯ ލޫކަސް 2025 އޭޕްރިލް މަހު މަރުވުމާ ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox