ބޭހާ ނުލައި ކޮލެސްޓްރޯލް ތިރިކުރެވޭނެ ގޮތްތަކެއް

Sep 14, 2026, 7:00 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ޗެރިޓީއެއް ކަމަށްވާ "ހާޓް ޔޫކޭ" އިން އަންދާޒާކުރާ ގޮތުގައި އެ ގައުމުގެ ބޮޑެތި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންގެ ކޮލެސްޓްރޯލް ހުންނަނީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ. ހަމައެއާއެކު، އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އަންދާޒާކުރާ ގޮތުގައި ކޮންމެ 10 މީހަކުން އެކަކީ، ނުވަތަ 34 މިލިއަން މީހުންނަކީ، ކޮލެސްޓްރޯލް މަތި މީހުންނެވެ.

ކޮލެސްޓްރޯލް މަތިވެފައިވާ މީހުންނަކީ ހާޓް އެޓޭކެއް ޖެހުމުގެ ނުރައްކާ އިންތިހާއަށް ބޮޑު މީހުންނެވެ. ނަމަވެސް، މީގެ ތެރެއިން ގިނަ މީހުންނަށް އެކަން އެނގިފައި ނުއޮވެދާނެ އެވެ.

ލޭގައި ކޮލެސްޓްރޯލް މަތިވުމަކީ އޭގެ ޒާތުގައި ބޭރުފުށުން އެއްވެސް އަލާމާތެއް ފެންނަ ކަމެއް ނޫނެވެ. އެހެންކަމުން، ލޭގެ ޓެސްޓެއް ހަދާފައި ނުވާ ނަމަ ނުވަތަ ސިއްހީ ބޮޑު މައްސަލައެއް ކުރިމަތިނުވާހާ ހިނދަކު، ކޮލެސްޓްރޯލް ހުރި މިންވަރަކީ ގިނަ މީހުންނަށް ނޭނގި އޮންނަ ސިއްރެކެވެ.

Advertisement

ލޭގައި ކޮލެސްޓްރޯލް ހުރި މިންވަރާ މެދު ކަންބޮޑުވާ ނަމަ، ޑޮކްޓަރަކާ މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ. ކޮލެސްޓްރޯލް މަތިވެފައިވާ ނަމަ، އެ މިންވަރު ދަށްކުރުމަށްޓަކައި "ސްޓެޓިން" ފަދަ ބޭސްތައް ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދީފާނެ އެވެ.

ނަމަވެސް، ކޮލެސްޓްރޯލް ދަށްކުރުމަށް ކޮންމެހެން ސްޓެޓިން ބޭނުންކުރާކަށް ނުޖެހެ އެވެ. ކޮލެސްޓްރޯލް ހުރި މިންވަރު އިންތިހާއަށް މަތިނުވާ ނަމަ ނުވަތަ ބޭސް ބޭނުންކުރަންޖެހޭ ސިއްހީ ޚާއްސަ ސަބަބެއް ނެތް ނަމަ، ގުދުރަތީ ގޮތުން ކޮލެސްޓްރޯލް ދަށްކުރެވޭނެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ.

މީގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ކަސްރަތު ކުރުމެވެ. ދުވުމާއި ބައިސްކަލް ދުއްވުން ފަދަ އެއިރޯބިކް ހަރަކާތްތަކުގެ ސަބަބުން ހަށިގަނޑަށް ގެއްލުންދޭ "ބޭޑް" ކޮލެސްޓްރޯލް ދަށްކޮށް، ފައިދާހުރި "ގުޑް" ކޮލެސްޓްރޯލް ގާތްގަނޑަކަށް ފަސް އިންސައްތަ އިތުރުކޮށްދޭ ކަމަށް 2013 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައިވެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ވެސް ކޮލެސްޓްރޯލް ދަށްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސިނގިރޭޓުގެ ދުމުގެ ސަބަބުން "ބޭޑް" ކޮލެސްޓްރޯލް އިތުރުވެ، ސިއްހީ ނުރައްކާތައް ކުރިމަތިވާކަމީ އެންމެން ދަންނަ ހަގީގަތެކެވެ. 

އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ ޑޮކްޓަރެއް އަދި ޔުނިވާސިޓީ ކޮލެޖް ލަންޑަންގެ އެކަޑެމިކް ކާޑިއޮލޮޖިސްޓެއް ކަމަށްވާ ޑރ. ރިޔާޒް ޕަޓޭލް ވިދާޅުވާ ގޮތުގައި، ކޮލެސްޓްރޯލްގެ މިންވަރު ރަނގަޅު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމެވެ.

ކެއުމުގައި ދުރުވާންޖެހޭ ބައެއް ބާވަތްތަކަކީ ކޮބައިކަން ގިނަ ބަޔަކަށް އަންދާޒާ ކުރެވޭނެ އެވެ. އެގޮތުން ފޮނިކާތަކެއްޗާއި (ޕޭސްޓްރީ)، ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކާއި ޖަނަވާރުގެ ސަރުބީއަކީ ކޮލެސްޓްރޯލް މަތިވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ. 

"އޯޓްސްއަކީ ގުދުރަތީ ގޮތުން ކޮލެސްޓްރޯލް ދަށްކުރުމަށް އޮތް ވަރަށް ރަނގަޅު ވަސީލަތެއް،" ޑރ. ޕަޓޭލް ވިދާޅުވި އެވެ. "މީގެ ސަބަބަކީ އޯޓްސްގައި ހިމެނޭ ފައިބަރެވެ. އޯޓްސްގައި ހުންނަ 'ސޮލިއުބަލް ފައިބަރު' ގެ ސަބަބުން ކޮލެސްޓްރޯލް ދަށްކޮށްދޭ."

ސޮލިއުބަލް ފައިބަރަކީ ގޮދަނުގެ ބާވަތްތަކާއި، މުގާއި، ތަރުކާރީ އާއި، މޭވާ އާއި، އެކި ބާވަތުގެ އޮށްތަކުގައި ވެސް ހިމެނޭ މާއްދާއެކެވެ. މީގެ ސަބަބުން ކާނާގެ ތެރެއިން ހަށިގަނޑަށް އެތެރެވާ ކޮލެސްޓްރޯލް ކުޑަގޮހޮރުގެ ތެރޭގައި ހިފަހައްޓައި، ލޭގެ ތެރެއަށް އެ މާއްދާ ދިއުން ހުއްޓުވައިދެ އެވެ.

ބިހަކީ އޭގައި ގިނަ އަދަދަކަށް ކޮލެސްޓްރޯލް ހިމެނޭ އެއްޗަކަށް ވިޔަސް، ހެނދުނުގެ ނާސްތާގައި ބިސް ކެއުމަކުން ބިރުގަންނާކަށް ނުޖެހެ އެވެ.

"ކާނާގައި ހުންނަ ކޮލެސްޓްރޯލަކީ ސީދާ ލޭގައި ދައުރުވާ ކޮލެސްޓްރޯލެއް ނޫން. އެކަން މިހާރު ވަރަށް ސާފު،" ޑރ. ޕަޓޭލް ވިދާޅުވި އެވެ. "ކުރީގައި އަހަރެމެން ބުނަމުން އައީ ކޮލެސްޓްރޯލް ގިނަ ކާނާ ކެއުމުން ލޭގައި ކޮލެސްޓްރޯލް އިތުރުވާނެ ކަމަށް. އެކަމަކު އެއީ ހަގީގަތެއް ނޫން."

ހަގީގަތަކީ، ލޭގައި ދައުރުވާ ކޮލެސްޓްރޯލްގެ 80 އިންސައްތައަކީ ސީދާ ފުރަމޭއިން އުފައްދާ އެއްޗެކެވެ. އެއީ ކާނާއިން ސީދާ ދަމައިގަންނަ އެއްޗެއް ނޫނެވެ.

ނަމަވެސް، އޭގެ މާނައަކީ ކާނާގެ ސަބަބުން އެލްޑީއެލް ކޮލެސްޓްރޯލަށް އަސަރު ނުކުރަނީއެއް ނޫނެވެ. ބައެއް ކާނާގެ ސަބަބުން، ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު ކޮންޓްރޯލް ކުރުމަށް ފުރަމޭއަށް ހުރަސްތަކެއް ކުރިމަތިވެ އެވެ.

ހަކުރަކީ ވެސް ކޮލެސްޓްރޯލަށް އަސަރުކުރާ އެއްޗެކެވެ. ހަކުރުގެ ސަބަބުން ފުރަމޭއިން ގިނަ އަދަދަކަށް އެލްޑީއެލް އުފެއްދުމަށް ބާރުއަޅައި، ފައިދާހުރި އެޗްޑީއެލް އުފައްދާ މިންވަރު މަދުކޮށްލަ އެވެ.

މައުލޫމާތު: ބީބީސީ ސައިންސް ފޯކަސް

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox