އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ދިވެހި ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ޕޯޓު --- އަދަދު ފައިލް ފޮޓޯ

އެމްޕީއެލްގެ ޕޯޓު --- އަދަދު ފައިލް ފޮޓޯ

ރާއްޖޭގައި ކުރާ ހުރިހާ މާލީ މުއާމަލާތްތަކެއް ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ވެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބަނދަރުތަކަށް އަންނަ އާގުބޯޓުތަކުން ނަގާ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ދިވެހި ވިޔަފާރިތަކުން ހިއްސާކޮށްފި އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމަށްފަހު އެޕްރީލް 2024، ގައި ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށި އެވެ. އެމްޕީއެލްއިން އެ ބަދަލު ގެނައުމާ ހަމައަށް އެ ފީތައް ވިޔަފާރިތަކުން ނަގަމުން ދިޔައީ ރުފިޔާއިންނެވެ.

"ސްޓިވަޑޯރިން އަކީ ޖީއެސްޓީވެސް ޗާޖު ކުރާ ލޯކަލް ހިދުމަތެއް. ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް ދިވެހި ރުފިޔާއިން ކުރަން ބާރުއަޅާއިރު، އެމްޕީއެލްއަށް ޑޮލަރުން ލޯކަލް ހިދުމަތަކަށް ފީ ނެގިދާނެ ކަމަށް ގަބޫލެއް ނުކުރަން. ކުއްލި ގޮތަކަށް އޭރު މިބަދަލު ގެންނަން ޖެހޭ މުހިންމު އެއްވެސް ސަބަބެއް އެމްޕީއެލްއަށް ދެއްކިފައި ނުވޭ،" އަދަދު ނޫހާ ވާހަކަ ދެއްކި ލޯކަލް އޭޖެންޓަކު ބުންޏެވެ.

ޑޮލަރުން ފީ ދައްކަން މަޖުބޫރުވުމާއެކު މުދާ ގެންނަ ވިޔަފާރިތަކުން ވެސް އެޖެންޓުންނަށް ފައިސާ ދައްކަން ޖެހިފައިވަނީ ޑޮލަރުންނެވެ. އޭގެ ސަބަބުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް އަންނަނީ ގެއްލުންވަމުންނެވެ. 

"އެ ބަދަލާއެކީ ބާޒާރުގައި ހުރި ޑޮލަރަށް އިތުރަށް ބާރުބޮޑުވީ، އިތުރު ބަޔަކު ޑޮލަރު ހޯދަން ބާޒާރަށް ނުކުތުމުން އޭގެ އަސަރު ކުރި. މިހާރު މިވީގޮތުން ކޮންމެ ދުވަހަކު ކިތައް ކަސްޓަމަރުން ޑޮލަރު ހޯދުމަށް ކަޅު ބާޒާރުގައި އުޅޭނެ؟ މަހެއްގެ މައްޗަށް އެތައް ހާސް ޝިޕްމަންޓެއް ކްލިއާ ކުރަންޖެހޭ. މި އެންމެންނާ އެކީ ކަޅު ބާޒާރަށް އިތުރަށް ބާރު ބޮޑުވެގެން ދިއުން ނޫން ކަމެއް ނުވޭ" ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދުއާ ވާހަކަ ދެއްކި ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭރުގެ އެމްޕީއެލް ސީއީއޯ ވަނީ ޝިޕިން އެޖެންޓުން ފީ ނަގަމުންދަނީ ޑޮލަރުން ކަމަށް ވިދާޅުވެ އެ ނަގާ ޑޮލަރު ބޮޑު އަގުގައި ޝިޕިން އެޖޭންޓުން ކަޅުބާޒާރުގައި ވިއްކަމުންދާ ކަމަށް މީގެކުރިން ތުހުމަތު ކުރައްވާފަ އެވެ. އެ ބަދަލު ގެނައީ ކަޅު ބާޒާރަށް ޑޮލަރު ފޯރުވުން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އެމްޕީއެލް އިން އޭރު ހާމަކުރި އެވެ.

ނަމަވެސް، އަދަދު ނޫހާ ވާހަކަ ދެއްކެވި ޝިޕިން އެޖެންޓުން އެވާހަކަ ދޮގުކުރެ އެވެ. އެމްޕީއެލްއިން އެ ބަދަލު ގެނައުމުގެ ކުރިން ޑޮލަރުން އެފަދަ ފީއެއް ނަގަމުން ގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަނޑައެޅިގެން އޭރުގެ ސީއީއޯ ހެއްދެވި ވަރަށް ބޮޑު ދޮގެއް އެއީ. ރާއްޖޭގެ އެއްވެސް ޝިޕިން އެޖެންޓަކު މި ގަވާއިދު ހެދުމުގެ ކުރީން އެއްވެސް ޗާޖެއް ޑޮލަރުން އާންމުކޮށް ނަގާ ނޫޅޭ. ފްރައިޓް ފަދަ ފީތައް ނަގަމުން އޭރު ގެންދިޔައީ ސާޗާޖަކާ އެކީ ދިވެހި ރުފިޔާއިން. އެ ފައިސާއަކީ އެއްވެސް އެޖެންޓަކު ބޭނުން ގޮތަކަށް އަނބުރަން ލިބޭނޭ ފައިސާއެއް ނޫން. އަދި މިކަމުގެ ސަބަބުން ކަޅު ބާޒާރަށް އިތުރަށް ބާރު ބޮޑުވެގެން ދިޔައީ. އޭރު 17 އަށް ހުރި ޑޮލަރު އެ ބަދަލާއެކީ 18، 19 އަށް އެރީ،" ވިޔަފާރިވެރިޔަކު ބުންޏެވެ. 

މި ބަދަލު ގެނައި އަނެއް ސަބަބަކީ އެތަނަށް ބޭނުންވާ ބަޔެއް އިކުއިޕްމަންޓްތައް ރާއްޖެއިން ބޭރުން ގަތުމަށް ޑޮލަރު ބޭނުންވާތީ، އެކަމަށް ލުޔެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް އޭރުގެ ސީއީއޯ ވިދާޅުވެފައިވެ އެވެ. 

"އެހެން ކަމަށްވާނަމަ އެސްޓީއޯ ފަދަ އެސްއޯއީ ތަކުންދޭ ހިދުމަތަށްވެސް ޑޮލަރުން ޗާޖު ކުރަންވީ ނޫންތޯ. އެ އެސްއޯއީ ތަކަށް ބޭނުންވާ ސާމާނާއި ތަކެތި ގަންނަން އަދި މާ ބައިވަރު ޑޮލަރު ބޭނުންވާނެ،" ވިޔަފާރިވެރިޔާ ބުންޏެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ބަޔާންކުރާ ގޮތުގައި ވަކި ހާއްސަ ހުއްދަ ހާލަތްތަކެއްގައި މެނުވީ ރާއްޖޭގައި ހިންގާ ހުރިހާ މާލީ މުއާމަލާތެއް ކުރަން ޖެހެނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް އެފަދަ ހާލަތެއް ނެތި އެމްޕީއެލް އިން އެގެނައި ބަދަލަކީ ވިޔަފާރިތަކަށް އެމްޕީއެލް އިން ކުރި އުނދަގުލެއް ކަމަށް ވިޔާފާރިވެރިންނާ އޭޖެންޓުން ބުނެ އެވެ.

"މިގަވާއިދަކީ ޝިޕިންގ އޭޖެންޓުންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެހެން މަގުސަދެއްގައި އެމްޕީއެލް އިން ކޮށްފައިވާ ކަމެއް" އަދަދާއި ވާހަކަ ދެއްކި ފޯވަޑާ އެއް ބުންޏެވެ.

އޭރު އެބަދަލު ގެނައުމާއެކު އެ ނިންމުން ބަދަލުކުރުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ވެސް ގޮވާލި އެވެ. އެ އެސޯސިއޭޝަނުގެ ވެސް މައިގަނޑު ކަންބޮޑުވުމަކީ ރާއްޖޭގެ ބޭންކުތަކުން، ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށް ވެސް، ޑޮލަރު ގަންނަން ނުލިބުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox