ދިއްދޫ ބަލިކޮށް ޓީސީ އަށް ދެ ވަނަ މޮޅު

Oct 20, 2026, 5:49 PM
ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ހއ. ދިއްދޫ ފުޓްބޯޅަ ޓީމު 1-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ފަހަރުގެ ލީގުގައި ދެ ވަނަ މޮޅު ހޯދައިފި އެވެ. 

ޓީސީން މި ފަހަރުގެ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މީގެ ކުރިން ހަމައެކަނި މޮޅުވި މެޗަކީ، ގދ. ގައްދޫ ފުޓްބޯޅަ ޓީމު އަތުން  4-2 އިން މޮޅުވި މެޗެވެ. ޓީސީ ވަނީ ވިކްޓަރީ ސްޕޯޓްސް ކްލަބް އާއި ކްލަބް އީގަލްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވެފަ އެވެ. 

އަނެއްކޮޅުން، މިއަދުގެ މެޗަކީ ދިއްދޫން މި ފަހަރުގެ ލީގުގައި އަމިއްލަ ދަނޑުގައި ބަލިވި ފުރަަތަމަ މެޗެވެ. މީގެ ކުރިން، ދިއްދޫން އަމިއްލަ ދަނޑުގައި ކުޅުނު ދެ މެޗުން ވެސް ވީ އެއްވަރެވެ. އެއީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އީގަލްސްއާ ކުޅެގެން ދެ މެޗު ވެސް 2-2 އިން އެއްވަރުވެގެންނެވެ. އެ ދެ މެޗު ވެސް އެއްވަރުވީ ފަހު ވަގުތު ދިއްދޫ ކޮޅަށް ލަނޑު ވަދެގެންނެވެ. 

Advertisement

ދިއްދޫން މި މެޗުގައި ޓީސީއާ ދެކޮޅަށް ފުރަތަމަ ހާފު ފަށައިގެން ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި، ގޯލު ޖަހާނެ ފުރުސަތުތަކެއް ވެސް ހޯދި އެވެ. އެ ގޮތުން، ދިއްދޫގެ އައިވަރީ ކޯސްޓް ފޯވާޑް، ޓެޓޭ ގިޑިއޯން އަށް ލިބުނު ފުރުސަތުތަކުގައި ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އަދި، ދިއްދޫގެ މުހައްމަދު ޝަނާއު ނަސީރަށް ލިބުނު ފުރުސަތުގައި ވެސް އެންމެ ރަނގަޅަށް ބޭނުމެއް ނުހިފުނެވެ. 

ޓީސީގެ އައިހަމް ހަމްދޫން (އައިހަމްސްކީ) އަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނެވެ. އެކަމަކު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޓީސީން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ވަރަށް ރަނގަޅަށް ހިފައި ލަނޑު ޖަހައިފަ އެވެ. ދިއްދޫގެ ޑިފެންޑަރު، ކަވޫ ކޮޓަޑާއި ފައިދަށުން ދިޔަ ބޯޅައެއް ހިފައިގެން ގޮސް ޓީސީގެ ބްރެޒިލް މިޑްފީލްޑަރު، ޖޯސޭ މެގްސަން ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. 

ދެ ވަނަ ހާފުގައި ދިއްދޫން ބަދަލުތަކެއް ގެނެސްގެން ލަނޑެއް ޖެހޭތޯ ގިނަ ބޯޅަތަކެއް ކުރިއަށް ކުޅުނު ނަމަވެސް ޓީސީގެ ޑިފެންސްލައިން ފޫއަޅުވާލެވޭގޮތެއްނުވި އެވެ. 

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު، ޓީސީން ވަނީ ލީގު ތާވަލުގައި ދިއްދޫ ފަހަތަށް ޖައްސާލައިފަ އެވެ. ޓީސީން ފަސް މެޗުން ހަ ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތްއިރު، ދިއްދޫ އަށް ވަނައިގައި އޮތީ ހަ މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ ކައިރިން މޮޅުވެ ޗައިނާ އަށް ޗެމްޕިއަންކަން

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގެ ފަހު މެޗުގައި ރާއްޖެ 8-3 އިން ބަލިކޮށް، ކުޅުނު ތިން މެޗުން މޮޅުވެގެން ޗައިނާ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މި މުބާރާތުގައި ރާއްޖެއަށް ލިބުނީ ތިން ވަނަ މަގާމު ކަމަށްވާއިރު، ރާއްޖެއިން ވަނީ ހޮންގް ކޮންގް އަތުން ބޮޑު މޮޅެއް ހޯދައި ދެކުނު ކޮރެއާ އަތުން ބަލިވެފައި

ގަލޮޅު ދަނޑު ފުޓްބޯޅަ ކުޅުމާއި މުނިފޫހިފިލުވޭނެ ތަނަކަށް ހަދަނީ

ގަލޮޅު ދަނޑު ތަޅާލުމަށްފަހު، އެތަނަކީ ފުޓްބޯޅައިގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ބޭއްވޭނެ ފަދަ ހިތްގައިމު މަރުކަޒަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމާފައި. މި މަޝްރޫޢުގެ ދަށުން ދަނޑުގެ ޕިޗާއި ސިޑިބަރިތައް އައުކޮށް، އާންމުންނަށް ފަސޭހައިން ވަދެނިކުމެ އުޅެވޭނެހެން އެ ސަރަހައްދު ތަރައްގީކުރާނެ

ޔުނައިޓެޑްގެ ކޯޗުކަމުން އިސްތިއުފާ ނުދޭނެ ކަމަށް ކެރިކް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވެ ޓީމު ރެލިގޭޝަން ޒޯނަށް ވެއްޓިފައިވީ ނަމަވެސް، މަގާމުން އިސްތިއުފާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ގަބޫލުކުރާ ގޮތުގައި ހެދޭ ގޯސްތައް ރަނގަޅުކޮށްގެން ޓީމުގެ ހާލަތު ބަދަލުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް.

މާލެ ޓްރެކް އިވެންޓަކަށް ދިނުމުން ކަންބޮޑުވުން އިންތިހާގައި

ހުޅުމާލެ ޓްރެކް މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް، މާލޭ އެކުވެނި ޓްރެކުގައި ސަރުކާރުގެ އިވެންޓެއް ބޭއްވުމަށް ސްޓޭޖް ފަދަ ތަންތަން ހެދުމުން އެތުލީޓުންނާއި އެކަޑަމީތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފި. މިކަމުގެ ސަބަބުން ތަމްރީނުތަކަށް ހުރަސްއެޅި، ޓްރެކަށް ގެއްލުންވެދާނެތީ ދުވުންތެރިން ދަނީ ނުރުހުން ފާޅުކުރަމުން

ފީފާ ވިންޑޯ ފެށުމާ އެކު ހަމްޒާ ސާފް ޗެމްޕިއަންޝިޕަށް

ފީފާ އިންޓަނޭޝަނަލް ބްރޭކް ފެށުމާއެކު، އިނގިރޭސި ޝެފީލްޑް ޔުނައިޓެޑަށް ކުޅޭ ހަމްޒާ ޗޯދުރީ އާއި ފަރްހާން އަލީ ވާހިދު ސާފް ޗެމްޕިއަންޝިޕްގައި ކުޅުމަށް ބަންގްލަދޭޝް ޓީމާ ގުޅިއްޖެ. މިއީ ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ހަމްޒާ ކުޅޭ ފުރަތަމަ ފަހަރު. ހަމްޒާ ވަނީ އިންގްލެންޑްގެ 21 އަހަރުން ދަށުގެ ޓީމަށް ހަތް މެޗު ކުޅެފައި.

އިންޑިއާ އާއި ބަންގްލަދޭޝް ފައިނަލަށް، ބާކީ ގައުުމުތައް ފޮނުވާލާ

ސާފް ޗެމްޕިއަންޝިޕްގައި ރެފްރީންގެ ނިންމުންތައް ހުރިގޮތުން، މުބާރާތް ބާއްވާ ގައުމާއި އިންޑިއާ ފައިނަލަށް ގެންދިއުމަށްފަހު ބާކީ ތިބި ޓީމުތައް ފޮނުވާލުމަށް ލަންކާގެ ކޯޗު އަލް މުތައިރީ ގޮވާލައިފިއޭނާ ތުހުމަތުކުރި ގޮތުގައި ސާފް އިން ކަންކަން ރާވަނީ އިސްތިހާރުގެ ފައިދާއަށްޓަކައި ވަކި ގައުމުތަކެއް ފައިނަލަށް ގެންދިއުމަށް

އެތުލެޓިކޯ ބަލިކޮށް ބާސެލޯނާ އަށް އެއް ވަނައިގައި ލީޑެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް 2-1 އިން ބަލިކޮށް، ބާސެލޯނާ އިން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. އެތުލެޓިކޯ އިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ބާސެލޯނާ މޮޅުވީ ފާމިން ލޮޕޭޒް ކާމިޔާބުކޮށްދިން ދެ ލަނޑުން

Newsletter

Get the latest news delivered straight to your inbox