ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

Oct 21, 2026, 12:57 PM
ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު ރޮޑްރިގޭޒް.---- ފޮޓޯ: އިމޭޖަސް.އެމްވީ

ބުރު ސްޕޯޓްސް ކްލަބްގެ ކޯޗު ރޮޑްރިގޭޒް.---- ފޮޓޯ: އިމޭޖަސް.އެމްވީ

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ މި ފަހަރުގެ ސީޒަނުގައި ފެންނަ އެންމެ ވަރުގަދަ ޓީމުތަކުގެ ތެރެއިން އެއް ޓީމު ކަމަށާއި އެެހެން ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން ސީޒަނުގައި ކުރިއަށްދާއިރު، ވިސްނުން ބައްޓަން ކުރަނީ ކޮންމެ ޓީމަކާ ވެސް ވާދަކޮށްގެން ކާމިޔާބު ހޯދޭނެ ކަމަށް ކަމުގައި ބުރުގެ ކޯޗު، ސްޕެއިނުގެ ކްރިސްޓިއަން ރޮޑްރިގޭޒް ބުނެފި އެވެ. 

ބުރުން ވަނީ މި ސީޒަނުގައި އެއް ފަހަރު ނިއުއާ ދެކޮޅަށް ކުޅެފަ އެވެ. އެއީ، ސީޒަން ފަށަން ކުޅުނު ކަޕް ވިނާސް ކަޕްގަ އެވެ. އެ މުބާރާތުގެ މެޗުގައި، ކުޅުނު ފުރަތަމަ މެޗުގައި ބުރު އަތުން ނިއު ވަނީ 5-0 އިން މޮޅުވެފަ އެވެ. 

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއުއާ ކުޅޭ މެޗުގެ ކުރިން، ބުރުގެ ކޯޗު ރޮޑްރީގޭޒް ބުނީ، އެ ޓީމުގައި އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބެލިޔަސް ކުރިއެރުންތަކެއް އެ ޓީމުން ހޯދަމުން އަންނާތީ ކަމަށެވެ. 

Advertisement

"ކޮންމެ ހަފްތާ އަކު ވެސް އަހަރެމެން އެބަ ބަލަން އަހަރެމެން ދެން ރަނގަޅު ކުރަންވީ ކޮން ކަމެއްތޯ. އެންމެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި އަހަރެން ބޭނުންވި ކަންކަން ޓީމުން ވަރަށް ރަނގަޅަށް ފެނިފައި ވަނީ، ވިސްނަން ޖެހޭ ގޮތާއި މި ލީގުގައި ވާދަކުރެވޭނެ ފެންވަރުގައި ހުރީ،" ލީގުގައި އެންމެ ފަހުން ބުރުން ކުޅުނު މެޗުގައި، ގައްދޫ އަތުން 2-0 އިން މޮޅުވި މެޗަށް އިޝާރާތްކޮށް ރޮޑްރިގޭޒް ބުންޏެވެ. 

ގައްދޫ މެޗުގެ ކުރިން، ބުރުން މި ސީޒަނުގައި ކުޅުނު ހަ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެއީ، ކަޕް ވިނާސް ކަޕްގެ ތިން މެޗާއި ދިވެހި ޕްރިމިއާ ލީގުގައި ބުރުން ކުޅުނު ފުރަތަމަ ތިން މެޗެވެ. 

ނިއު އަކީ އެންމެ ވަރުގަދަ އެއް ޓީމު ކަމަށް ވިޔަސް، މި ވަގުތު ބުރުގެ ކަންކަމަށް ބަލާއިރު، ރަނގަޅު ވާދައެއް ކުރެވޭނެ ކަމުގެ އުންމީދު ރޮޑްރިގޭޒަށް އެބައޮތެވެ. 

"އެންމެ ރަނގަޅަށް މަސައްކަތް ކުރާނަން މި މެޗުން މޮޅުވާން. އެއީ، އަހަރެމެން ކޮންމެ މެޗަކަށް ވެސް އަންނަން ޖެހޭނީ މެންޓަލީ ކޮންމެ ޓީމަކާ ދެކޮޅަށް ވެސް ވާދަކުރެވޭނެ ކަމަށް ތައްޔާރުވެގެން. މި ލީގުގެ ކޮންމެ ޓީމެއް އަތުން ވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު ވެސް އޮވެގެން. އުނދަގޫވާނެ. އެކަމަކު، ފަހު ވަގުތާ ޖެހެންދެން ރަނގަޅު މެޗެއް ކުޅޭނަން،" ރޮޑްރިގޭޒް ބުންޏެވެ. 

ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހުންނައިރު، އަމިއްލަ ވިސްނުމުގައި ވަރަށް ގިނަ ގޮތްގޮތުން ވިސްނަންޖެހޭނެކަން ފާހަގަަކޮށް ރޮޑްރިގޭޒް ބުނީ، އޭނާ އަކީ އިދިކޮޅު ޓީމުގެ ކަންކަމަށް އެހާ ބޮޑަށް ފިކުރުކޮށްގެން މެޗުތަކަށް ތައްޔާރުވުމަށް ވުރެ އަމިއްލަ ޓީމާ މެދު އިތުބާރު ބޮޑުކޮށްގެން މަސައްކަތް ކުރަން އިސްކަންދޭ ކޯޗެއް ކަމަށެވެ. 

"ހުންނަން ޖެހޭނީ އަމިއްލަ ވިސްނުމެއް މެޗަކަށް ނުކުންނައިރު، އަމިއްލަ މޮޑެލް އެއް. އެ އަށް ފަހު، އޭގެ އަށް ބަލައިގެން ތައްޔާރުވާނީ އިދިކޮޅު ޓީމަށް ވެސް ވިސްނައިގެން، ފައިދާނަގަން ބަަލަން ޖެހޭނީ އިދިކޮޅު ޓީމުގެ ބަލިފަޔާއި ރަނގަޅު ކަންކަން ވެސް ދަނެގެން. އަހަރެމެން ކުޅެން ވިސްނާ ގޮތެއް ބަދަލެއް ނުވާނެ،" ރޮޑްރިގޭޒް ބުންޏެވެ. 

"ސިކުނޑީގައި ބަހައްޓަންޖެހޭނެ އަހަރެމެން ކުޅެން ޖެހޭނީ އެ މީހުންގެ އެންމެ ވަރުގަދަ ކަންކަން ދަނެގެން. ދެން، މުޅި މެޗުގައި ވެސް ރަނގަޅު ހިސާބެއްގައި އޮވެ ވާދަކުރަން ޖެހޭނެ. މި ވަގުތު އެ ގޮތަށް މި ތައްޔާރުވަނީ ނިއު ރޭޑިއަންޓާ ކުޅެން،" 

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނިއުގެ ކޯޗު، ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) ބައިވެރިނުވެ އެވެ. 

ލީގު ތާވަލަށް ބަލާއިރު، ނިއު ހަތަރެއްގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. އަދި، ބުރު އޮތީ ހަތަރު މެޗުން ތިން ޕޮއިންޓް ހޯދައިގެން ލީގުގެ ނުވަ ވަނައިގަ އެވެ. ނިއު އާއި ބުރުގެ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox