ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް ކުރިމަތިލައްވަނީ

Oct 9, 2026, 11:48 AM
ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން:

ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން:

ޒިއުރިކް (އޮކްޓޫބަރު 9) - ޖެހިޖެހިގެން ހަތަރު ދައުރު ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ، ޔުއެފާގެ ރައީސަކަށް ހުުންނެވުމުގެ ޝައުގުވެރިކަން ނެތް ކަމަށް މީގެ ކުރިން ހާމަކުރި، މިހާރު ވެސް ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން، ހަތަރު ވަނަ ދައުރަކަށް ޔުއެފާގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމަވައިފި އެވެ. 

ޔުއެފާގެ ރައީސް ކަމަށް، 2016 ވަނަ އަހަރު، ޗެފެރިން އިންތިހާބުވުމަށް ފަހު، އެ ފެޑެރޭޝަންގެ އަސާސީ ގަވާއިދަށް ގެނައި ބޮޑު އެއް ބަދަލަކީ، އެއްވެސް ރައީސަކަށް މަގާމުގައި ތިން ދައުރަށް ވުރެ އިތުރަށް ނުހުރެވޭނެ ގޮތަށް ހެދުމަށެވެ. އެ ބަދަލާ އެކު، ޗެފެރިން އަށް 2027 ވަނަ އަހަރުގެ ފަހުން، ޔުއެފާގެ ރައީސްގެ މަގާމުގައި ދެމި ނުހުރެވޭނެ އެވެ. އެކަމަކު، ޗެފެރިންގެ އަރިސް ފަރާތްތަކުން އައީ، 2031 ވަނަ އަހަރާ ހަމައަށް އޭނާ އަށް ޔުއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނެ ގޮތަށް އަސާސީ ގަވާއިދަށް ބަދަލު ގެންނަން ކަމަށް ގިނަ ފަރާތްތަކަކުން ތުހުމަތުކުރި އެވެ. އެކަމަކު، އެ އަށް ޗެފެރިން ވަނީ ރައްދުދެއްވައި، އެކަން ދޮގުކޮށްފަ އެވެ. 

"އަހަރެމެން ބޭނުންވީ، މި ކަންކަން ގޯސްކުރަނީ ކޮންބައެއްތޯ ބަލަން. އެކަން ފެނިއްޖެ، އަހަރެމެން އަސާސީ ގަވާއިދަށް ބަދަލު ގެންނަނީ ފުޓްބޯޅައިގެ ވިސްނުމުގައި. އެ ކަންކަން ރަނގަޅަށް ގެންދަން. އެހެންވީމަ، އަހަރެން މި ހާމަކުރަނީ، ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތްކަން، އަހަރެން އިތުރަށް ކުރިމަތިލުމުގެ ވިސްނުމެއް ނުގެންގުޅެން،" ޔުއެފާ އިން 2027 ވަަނަ އަހަރު ބާއްވާ އިންތިހާބުގައި ވާދަނުކުރައްވާނެކަން ހާމަކޮށް، 2024 ވަނަ އަހަރު ޗެފެރިން ވިދާޅުވި އެވެ.

Advertisement

އެކަމަކު، ޔުއެފާ ޑެލިގޭޓުންގެ ބައްދަލުވުމުގައި، އުުމުރުން 58 އަހަރުގެ ޗެފެރިން ވަނީ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާނެކަން، ޔުއެފާގެ 55 މެމްބަރު ގައުމަށް އަންގައިފަ އެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޗެފެރިން މަގާމުގައި ދެމިހުންނަން އިތުރު ދައުރެއް ކާމިޔާބުކުރަން ބޭނުންވެވަޑައިގެންނެވީ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން ދުުރުކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ހޯދުމަށެވެ. 

ޗެފެރިން، އެންމެ ފަހުން، ޔުއެފާގެ ދެ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ވާދަކުރާނެ ކެނިޑޭޓެއް ނެތެވެ. ސްލޮވީނިއާގެ ގާނޫނީ ވަކީލެއް ކަމަށްވާ ޗެފެރިން، ޔުއޭފާގެ ރައީސްގެ މަގާމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ 2016 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox