ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

Oct 8, 2026, 10:24 PM
އަހުމަދު އައިހަމް (ފަތޯ) އަށް ސްޕޯޓްސް މިނިސްޓަރު ރާފިއު، އެވޯޑް ހަވާލުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އަހުމަދު އައިހަމް (ފަތޯ) އަށް ސްޕޯޓްސް މިނިސްޓަރު ރާފިއު، އެވޯޑް ހަވާލުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

ހަތް އަހަރަށް ފަހު ބޭއްވި އެފްއޭއެމް އެވޯޑްސް ހަފްލާގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، އަހުމަދު އައިހަމް (ފަތޯ) ހޯދައިފި އެވެ. 

ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތަކުން 2004 ވަނަ އަހަރު އެވޯޑެއް ތައާރަފްކުރި އެވެ. އޭގެ ފަހުން، އެކި ފަހަރު މަތިން އެވޯޑްސް ދިނުަމަށް ފަހު، 2018 ގެ ފަހުން އެފްއޭއެމް އިން އިސްވެ އެވޯޑެއް ނުދެ އެވެ. އެކަމަކު، މިދިޔަ ސީޒަނުގެ ކާމިޔާބީތަކަށް ބަލައި، އެފްއޭއެމް އިން ވަނީ މިރޭ އެވޯޑް ދީފަ އެވެ. 

އައިހަމް، އެވޯޑް ހޯދީ، އޭނާއާ އެކު، މާޒިޔާ އަށް މިދިޔަ ސީޒަނުގައި ކުޅެ، މިހާރު ވިކްޓަރީ ސްޕޯޓްސް ކްލަބްގައި ހުރި ހަމްޒާ މުހައްމަދު (ހަމްޕު) އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އަލީ ފާސިރު (ސެންޓޭ)އާ އެކު ގަދަ ތިނެއްގައި ވާދަކޮށްގެންނެވެ. އައިހަމް އަށް އެއް ވަނަ ލިބުނުއިރު، ދެ ވަނަ ހޯދީ ސެންޓޭ އެވެ. އަދި، ތިން ވަނަ ހޯދީ ހަމްޕު އެވެ. ސެންޓޭ ވަނީ މިިދިޔަ ސީޒަނުގައި 22 ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކޮށްފަ އެވެ. 

Advertisement

ސަޕޯޓަރުން ހޮވި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ، ހަމްޕު އެވެ. 

މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ނޮމިނީސްގެ ގަދަ ފަހެއްގައި ދެން ހިމެނެނީ، މިދިޔަ ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ކުޅެ މި ފަހަރު ނިއު އިން ފެންނަ މުހައްމަދު ނާއިމް އަދި ކްލަބް އީގަލްސް އަށް މިދިޔަ އަހަރު ކުޅެ، މިހާރު މާޒިޔާގައި ހުރި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ* އެވެ. 

ކުރިން، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅުނު އައިހަމް، މާޒިޔާއާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. ހއ. އުތީމަށް އުފަން އައިހަމް ވަނީ ކުރު މުއްދަތެއްގެ ތެރޭަގައި ރާއްޖޭގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއަކަށްވެފަ އެެވެ. މިދިޔަ، އަހަރު ޑިސިޕްލިނަރީ މައްސަލައެއްގައި އެއް ފަހަރު ގައުމީ ޓީމުން ބާކީ ކުރި ނަމަވެސް އައިހަމް ވަނީ އެނބުރި އައިސް ޓީމުގައި ހިމެނި އިތުބާރު ކުޅުމެއް ދައްކައިފަ އެވެ. 

އެފްއޭއެމް އެވޯޑްސް އިން ހޮވި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދީ އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ އެވެ. ދެން އެ އެވޯޑަށް ވާދަކުރީ، މާޒިޔާގެ އައިމިނަތު ލީޒާ، ޝައްފަ ޝިއުތު، ނިއުގެ މައީޝާ އަބްދުލް ހަންނާން އަދި މަރިޔަމް ނޫރާ އެވެ. 

އެންމެ މޮޅު ކްލަބަކަށް މާޒިޔާ ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ މިދިޔަ ސީޒަނުގައި އެ ކްލަބްގައި ހުރި ލުއިސްމާ ހެނާންޑޭޒް އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ، ނިއު އަށް ކުޅޭ ބްރެޒިލްގެ ގިލެރްމޯ ޑަ ސިލްވާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކީ، މާޒިޔާގެ މުހައްމަދު އިލާން އިމްރާން އެވެ. 

މިދިޔަ ސީޒަނުގެ އެންމެ މޮޅު ގޯލަކީ، އޮޑި ކޮޅަށް ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ގޯލެެވެ. އެންމެ މޮޅު ގޯލްކީޕަރަކީ، ނިއު ރޭޑިއަންޓްގެ މުހައްމަދު ފައިސަލް އެވެ. 

އެންމެ މޮޅު ރެފްރީ އަކަށް ހުސެއިން ސިނާން ހޮވުނުއިރު، ރީޖަން ލީގުގެ އެންމެ މޮޅު ކްލަބަކީ ބިސް ބުރު ސްޕޯޓްސް ކްލަބް އެވެ. ދެ ވަނަ ލިބުނީ ހއ. ދިއްދޫ އަށެެވެ. އަދި، ތިން ވަނަ އަށް ދިޔައީ ގދ. ގައްދޫ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox