ސާންތީ، އިފްރާ އަދި ބަކާ އަށް އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފި

Oct 8, 2026, 9:45 PM
ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކުރުމަށް ފަހު ދުނިޔެ ދޫކޮށްފައިވާ ބަކާ، ސާންތީ އަދި އިފްރާހު

ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ ހިދުމަތްތަކެއް ކުރުމަށް ފަހު ދުނިޔެ ދޫކޮށްފައިވާ ބަކާ، ސާންތީ އަދި އިފްރާހު

މިހާރު ކުރިއަށްދާ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެވޯޑްސް ނައިޓުގައި، މަޝްހޫރު ފުޓުބޯޅަ ކޯޗު، އިހުސާން އަބްދުލް ގަނީ (ސާންތި)، ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އާއި ކުރީގެ ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ)ގެ ހަނދާން އާ ކޮށް، އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފި އެވެ. 

މި އެވޯޑް ދިނީ މިހާރު ކުރިއަށްދާ އެފްއޭއެމް އެވޯޑްސް ހަފްލާގަ އެވެ. 

ހަތް އަހަރަށް ފަހު، އެފްއޭއެމް އިން އިސްނަގައިގެން ބާއްވާ އެވޯޑް ހަފްލާގައި ސާންތީ އާއި އިފްރާ އަދި ބަކާގެ އަގުވަޒަންކޮށްފައިވާއިރު، މި ފަރާތްތަކަކީ ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ ދުނިޔެ ދޫކޮށް ގޮސްފައިވާ ފަރާތްތަކެވެ. 

ބަކާ، 38، ނިޔާވީ، 2024 ވަނަ އަހަރު ޖޫން މަހު ހައްޖުގެ އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެ އައިސް ވަރަށް ބޮޑަށް ބަލިވެ އުޅުމަށް ފަހު އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާތާ އަހަރުތަކެއް ގުނިފަހުން، ސާންތި، 51، ނިޔާވީ މިދިޔަ އަހަރުގެ މާޗް މަހުގެ 22 ގަ އެވެ. އިފްރާ، 36، ނިޔާވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު، 25 ވަނަ ދުވަހު އެވެ. އެއީ، ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިިކޮށެވެ. 

ސ. ހިތަދޫ އަށް އުފަން ބަކާ ކެރިއަރު ފެށީ އައިލެންޑް ފުޓްބޯލްް ކްލަބް (އައިއެފްސީ) އިން 2004 ވަނަ އަހަރު އެވެ.

ބަކާ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ގިނަ ކްލަބްތަކަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓަރީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ، ވީބީ އައްޑޫ އެފްސީ، ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހިމެނެ އެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ވެސް ކުޅެފަ އެވެ.

ގައުމީ ޓީމުން، 2008 އާއި 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ބަކާ ހިމެނުނެވެ. ބަކާ، އެންމެ ފަހުން ގައުމީ ޓީމަށް ކުޅެފައިވަނީ، 2021 ވަނަ އަހަރު، ސާފް ޗެމްޕިއަންޝިޕަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.

ދިވެހި ފުޓްބޯޅައިގެ ދަނޑުގައި "ސާންތީ" ގެ ނަމުން މަޝްހޫރުވެފައިވާ ސާންތީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހު ދުށް އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. މަޖީދިއްޔާ ސްކޫލް އަދި ޔޫތު ސްޕޯޓްސް ކްލަބުގެ ހުނަރުވެރި މިޑްފީލްޑަރެއްގެ ގޮތުގައި ފުޓްބޯޅަ އަށް ނުކުތް ސާންތީ، މަގުބޫލުކަން ހޯދީ ކޯޗެއްގެ ގޮތުގަ އެވެ.

ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ސާންތީގެ ހިއްސާ ބޮޑެވެ. އެ ގޮތުން، 2004 ވަނަ އަހަރު އޭޝިއާގެ ގަދަބާރު، ދެކުނު ކޮރެއާ އާއި ދެކޮޅަށް ކުޅެ ރާއްޖެ އިން އެއްވަރުކުރި ތާރީޚީ މެޗުގައި އެސިސްޓެންޓް ކޯޗަކީ ސާންތީ އެވެ.

ރާއްޖޭން، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ފުރަތަމަ ފަހަރަށް ގައުމަށް ރަން ކާމިޔާބެއް ހޯދައިދިންއިރު، ހެޑް ކޯޗުގެ އެންމެ އިސް އެސިސްޓެންޓަކީ ވެސް ސާންތީ އެވެ އަދި އޭގެ 10 އަހަރު ފަހުން، 2018 ވަނަ އަހަރު، ދެ ވަނަ ފަހަރަށް ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ސާންތީ އަކީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެވެ.

ކްލަބް ފެންވަރުގައި ބަލާއިރު، ސާންތީގެ އެންމެ ބޮޑު މަސައްކަތެއް ފެނުނީ ކްލަބް އީގަލްސް އިންނެވެ. އެ ގޮތުން، މުސްތަގުބަލަށް ފެށި ވަރުގަދަ ޕްރޮޖެކްޓެއްގެ ތެރެއިން، އާ ޒުވާން ކުޅުންތެރިން ސީނިއާ ލެވަލާ ހަމައަށް ގެނެސް، އެ ކުޅުންތެރިންނާއެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރުމަކީ، ރާއްޖޭގެ ފުޓްބޯޅައިގައި މި ފަހުން ޓީމެއް ޑިވެލޮޕްކޮށްގެން ކުރި އެންމެ ކާމިޔާބު މަސައްކަތެވެ. 

ކެންސަރު ބައްޔާ ހަޔާތުގެ ފަހު އަހަރުތަކުގައި، ހަނގުރާމަ ކުރަމުންދިޔައިރު ވެސް ފުޓްބޯޅައިގެ މުހިންމު މަސައްކަތްތަކެއް ސާންތީ އަދާކުރި އެވެ. ފަހުން ސިއްހީ އެކި މައްސަލަތައް ދިމާވި ނަމަވެސް ސާންތީ ފެނުނީ، ވަރުގަދަ ރޫހެއްގައި މީހުންނާ އެކު، ފުޓްބޯޅައިގެ އެކި މަަސައްކަތުގައި ޝާމިލުވެ އުޅުންތަނެވެ.

މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އާއި އެފްއޭމް އިން މި ފަހުން ބޭއްވި ދިވެހި ޔޫތު ލީގުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު އަދާކުރުމާއި 16 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އެފްއޭއެމްގެ އެންމެ ފަހުން އޮތް ނޯމަލައިޒިން ކޮމިޓީގެ ދަށުން އޮތް، ޓެކްނިކަލް ކޮމިޓީ އަށް ވެސް ސާންތީ ޓެކްނިކަލް އެހީ ފޯރުކޮށްދިނުމެވެ. 

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ކުރެއްވި ސާންތީ ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭން 2015 ވަނަ އަހަރު ވާދަކުރިއިރު، ކޮންޓިންޖެންޓްގެ ޝެފް ޑި މިޝަންގެ ޒިންމާ އަދާކޮށްފަ އެވެ. ރާއްޖޭގެ ކުޅިވަރު ތާރީހުގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ގޭމްސް އަކުން ރަން މެޑަލް ހޯދި ގޭމްސްގައި ސާންތީ ހުރީ ރާއްޖޭގެ މުޅި ކޮންޓިންޖެންޓްގެ ޒިންމާ ބޮލުގައި އަޅައިގެންނެވެ.

ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި އިފްރާހު ބޮޑަށް ފާހަގަވާން ފެށީ، މާޒިޔާގަ އެވެ.

ރާއްޖޭގެ އުމުރުފުރާގެ ގިނަ ގައުމީ ޓީމުތަކެއްގެ ގޯލު ބެލެހެއްޓި، އިފްރާހު ވަނީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ. ގިނަ ކޯޗުންގެ ލޮލުގައި އަޅައިގަތް ކުޅަދާނަ ކީޕަރެއްގެ ގޮތުގައި ފެނިފައިވާ އިފުރާހު ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ކުޅެފަ އެވެ.

ރާއްޖޭގެ ގައުމީ ސީނިއާ ޓީމުން އެންމެ ފުރަތަމަ 2007 ގައި ޖާގަ ހޯދި އިފްރާހު ވަނީ ޖެހިގެން އައި އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ވެސް ހިމެނިފަ އެވެ. އެންމެ ފަހުން، ސީނިއާ ގައުމީ ޓީމުގައި އިފްރާހު ހިމެނުނީ މީގެ ހަތް އަހަރު ކުރިން 2018 ގަ އެވެ.

ފުރަތަަމަ ޑިވިޝަނުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓަރީ އަދި ބީޖީ އަށް ވެސް ކުޅެފައިވާ އިފްރާ އަކީ، 2019 ވަނަ އަހަރު ޓީސީން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.

ފުޓްބޯޅަ ކެރިއަރަށް ފަހު، އިފްރާހު، ބޮޑަށް ހަރަކާތްތެރިވަމުން އައީ ސްޕޯޓްސް ފިޝިންގަ އެވެ.

އެފްއޭއެމް އެވޯޑްސް އަށް ނަޒަރެއް

ރާއްޖޭގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތަކުން 2004 ވަނަ އަހަރު އެވޯޑެއް ތައާރަފްކުރި އެވެ.

އެންމެ ފަހުން، މީގެ ހަތް އަހަރު ކުރިން، އެފްއޭއެމް އިން އެވޯޑްސް ބާއްވާފައިވަނީ، ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި، މޯލްޑިވްސް ފުޓްބޯލްއާ ގުޅިގެންނެވެ. އަދި، މިދިޔަ އަހަރު އެފްއޭއެމްގެ ރައީސްގެ މަގާމާ އަހުމަދު ތޯރިގު (ޓޮމް) އިންތިހާބުވެ، އެފްއޭއެމް އެވޯޑްސް އަލުން ބާއްވަން ވަނީ ނިންމައިފަ އެވެ. 

ސަރުކާރުން ދޭން ފެށި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވެސް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ވަނީ އެވޯޑް ދީފަ އެވެ.

މިިދިޔަ ސީޒަނުގެ ކާމިޔާބީތަކަށް ބަލައި، އެފްއޭއެމް އިން އެވޯޑް ހަފްލާ މިރޭ ބާއްވާއިރު، މި އިވެންޓް މީގެ ކުރިން ބާއްވަން ތާވަލުކުރި ތާރީހުގައި ކުރިއަށްނުގެންދެވުނީ ގައުމީ ޓީމުގެ ޝެޑިއުލަށް އައި ބަދަލާއެކުގަ އެވެ.

އެ ގޮތުން، މި އަހަރުގެ ފުޓްބޯޅަ ސީޒަންގައި އެވޯޑް ދިނުމަށް އެފްއޭއެމްއިން ކަނޑައަޅާފައިވަނީ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްބޯޅަ ކޯޗް، އެންމެ މޮޅު ފުޓްބޯޅަ ކުލަބު، 21 އަހަރުންދަށުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ރާއްޖޭއިން ބޭރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، ރަން ބޫޓް (އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ)، ރަން އަންގި (އެންމެ މޮޅު ގޯލްކީޕަރު)، އެންމެ މޮޅު ފުޓްބޯޅަ ރެފްރީ، އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ، އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ އަދި އެންމެ މޮޅު ގޯލެވެ. މިއީ، އެފްއޭއެމް އެވޯޑްސްއެއްގައި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަގާމު ހޮވާ ފުރަތަމަ ފަހަރެވެ.

ރަން ބޫޓު ހޯދާފައިވަނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ގައުމީ ފުޓްބޯޅަ ޓީމުގެ އަލީ ފާސިރު (ސެންޓޭ) އެވެ. އޭނާ ވަނީ 22 ގޯލު ޖަހައިފަ އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ސެންޓޭގެ އިތުރުން، މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ)، ހަމްޒާ މުހައްމަދު (ހަމްޕު)، ކްލަބް އީގަލްސްގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަދި ބުރު ސްޕޯޓްސް ކްލަބްގެ މުހައްމަދު ނާއިމް އެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ، މާޒިޔާގެ އައިމިނަތު ލީޒާ، ޝައްފަ ޝިއުތު، ނިއުގެ މައީޝާ އަބްދުލް ހަންނާން، މަރިޔަމް ނޫރާ އަދި އޮޑިގެ ފާތިމަތު ސާލިޔާ އެވެ.

އެންމެ މޮޅު ގޯލްކީޕަރުގެ މަގާމަށް، މާޒިޔާގެ ހުސެއިން ޝަރީފް (ހުސެން)، އީގަލްސްގެ މުހައްމަދު އަޝްވާން، ނިއުގެ މުހައްމަދު ފައިސަލް އަދި އޮޑީގެ މުހައްމަދު ޝަފީއު (ޗެކް) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ، އޮޑީގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ)، އަހުޒަމް ރަޝީދު (އަހު) އަދި މުޒްދާން ހަސަން، ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އަދި މާޒިޔާގެ މުހައްމަދު އިލާން އިމްރާން އެވެ.

އެންމެ މޮޅު ކްލަބްގެ މަގާމަށް ވާދަކުރަނީ، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ، ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބް އަދި އެފްއޭ ކަޕް ޗެމްޕިއަން ނިއު އެވެ. އެންމެ މޮޅު ރީޖަނަލް ކްލަބަކަށް ވާދަކުރަނީ، ބިސް ބުރު ސްޕޯޓްސް ކްލަބް، ހއ. ދިއްދޫ، ގދ. ގައްދޫ އަދި ހުރާ ކޮމިއުނިޓީ ކްލަބް އެވެ.

މުޅިން އަލަށް ފަށާ ފުޓްސަލް އެވޯޑަށް ވާދަކުރަނީ، ގައުމީ ފުޓްސަލް ޓީމުގެ ފަސް ކުޅުންތެރިންނެވެ. އެއީ، އަހުމަދު ހަމީދު (އައްމަޑޭ)، މުހައްމަދު އިމްރާން (އިންމި)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަހުމަދު (އަސޫ) އެވެ.

މިރޭގެ އެވޯޑް ހަފްލާގައި، މިދިޔަ އަހަރު ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ގައުމީ ފުޓްބޯޅަ ޓީމާއި މުޅިން އަލަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އަގުވަޒަންކުރަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox