އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް ހަމަޖައްސައިފި

އޭޑީކޭ ޑީއެމްޑީ ޑރ. އަދީލް: އޭނާ މަގާމަށް ހަމަޖެއްސީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް، ކުރިމަގުގައި ގެންނަން ނިންމާފައިވާ ބަދަލުތަކާއި ތަރައްގީގެ އައު މަރުހަލާއަށް ތައްޔާރުވުމަށް -- ފޮޓޯ: އޭޑީކޭ

އޭޑީކޭ ޑީއެމްޑީ ޑރ. އަދީލް: އޭނާ މަގާމަށް ހަމަޖެއްސީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް، ކުރިމަގުގައި ގެންނަން ނިންމާފައިވާ ބަދަލުތަކާއި ތަރައްގީގެ އައު މަރުހަލާއަށް ތައްޔާރުވުމަށް -- ފޮޓޯ: އޭޑީކޭ

އޭޑީކޭ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ) ގެ މަގާމަށް ޑޮކްޓަރު އަދީލް ޝަރީފް ހަމަޖައްސައިފި އެވެ. 

އޭޑީކޭ ހޮސްޕިޓަލުން ބުނީ ޑީއެމްޑީގެ މަގާމަށް ޑރ. އަދީލް ހަމަޖެއްސީ އެ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް، ކުރިމަގުގައި ގެންނަން ނިންމާފައިވާ ބަދަލުތަކާއި ތަރައްގީގެ އައު މަރުހަލާއަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. 

އެ ހޮސްޕިޓަލުން ބުނީ ހޮސްޕިޓަލަށް 40 އަހަރު ފުރެން ގާތްވެފައިވާއިރު، ޑރ. އަދީލްފަދަ ގާބިލު މީހަކު އިސް މަގާމަށް ހަމަޖެއްސުމަކީ ހޮސްޕިޓަލުގެ ތާރީހީ ކާމިޔާބީތައް ދަމަހައްޓައި، ޒަމާނީ ސިއްހީ ހިދުމަތްތަކަށް އަންނަ ބަދަލުތަކާ އެއްގޮތަށް ހޮސްޕިޓަލުގެ ހިންގުން ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. 

ޑރ. އަދީލަކީ ސިއްހީ ދާއިރާގެ ތައުލީމާއި، އަމަލީ ތަޖުރިބާގެ އިތުރުން ހިންގުމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރެކެވެ. އޭނާ އެންމެ ފުރަތަމަ އޭޑީކޭ ހޮސްޕިޓަލާ ގުޅުނީ ޗައިނާގެ ދާލިއަން މެޑިކަލް ޔުނިވާސިޓީން މެޑިކަލް ޑިގްރީ ހާސިލުކުރުމަށްފަހު މެޑިކަލް އޮފިސަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގެ ދަށުން ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސްއިން ގްލޯބަލް ހެލްތާއި، ހެލްތު ލީޑާޝިޕް އެންޑް މެނޭޖްމަންޓުގެ ދާއިރާއިން ދެ މާސްޓާސް ޑިގްރީ އޭނާ ހާސިލުކުރި އެވެ.

ތައުލީމީ ދާއިރާގައި ޑރ. އަދީލް ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، 2023 ވަނަ އަހަރު އޮސްޓްރޭލޭޝިއަން އެޕިޑެމިއޮލޮޖިކަލް އެސޯސިއޭޝަނުން ދޭ އެންމެ މޮޅު ދަރިވަރުގެ އެވޯޑު ހާސިލުކުރި އެވެ. އަދި 2024 ވަނަ އަހަރު އޮސްޓްރޭލިއަން ފައިނޭންޝަލް ރިވިއުއިން ހޮވި، އޮސްޓްރޭލިއާގެ ޔުނިވާސިޓީތަކުން ފާހަގަވި އެންމެ އުންމީދީ 100 ލީޑަރުންގެ ތެރޭގައިވެސް އޭނާ ހިމެނުނެވެ.

ވޭތުވެދިޔަ ދެ އަހަރު ދުވަހު ޑރ. އަދީލް އަދާކުރަމުން ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް ސްޓްރެޓެޖީ އެންޑް އިނޮވޭޝަންގެ މަގާމެވެ. އެ މުއްދަތުގައި ހޮސްޕިޓަލުގެ ހިދުމަތްތައް ޑިޖިޓަލްކުރުމާއި، އިސްތިރާޖީ ރޭވުންތައް އެކުލަވައިލުމާއި، ހޮސްޕިޓަލުގެ ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.

މީގެ އިތުރުން، އޭނާއަކީ މިހާރުވެސް އެ ހޮސްޕިޓަލުގެ ހައިޕާބަރިކް ޓްރީޓްމަންޓް ޔުނިޓުގައި ޑައިވް މެޑިސިން އެންޑް ހައިޕާބަރިކް ފިޒީޝަނެއްގެ ގޮތުގައި އަމަލީ ގޮތުން ބަލިމީހުންނަށް ފަރުވާ ދެމުންދާ ޑޮކްޓަރެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޑރ. އަދީލަކީ އޭނާގެ މަސައްކަތުގެ ދާއިރާގެ ކުރީކޮޅުން ފެށިގެން ދަންނަ، އޭނާގެ ހުނަރާއި ތައުލީމީ ގާބިލުކަމަށް ފުރިހަމަ އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ޑރ. އަދީލް މަސައްކަތް ކުރާނީ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލްގެ އިރުޝާދުގެ ދަށުންނެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކަށް ވާނީ ހޮސްޕިޓަލުގެ އުމްރާނީ ތަރައްގީއާއި، ޓެކްނޮލޮޖީގެ ކުރިއެރުމާއި، ބަލިމީހުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމުގެ އިތުރުން، ހޮސްޕިޓަލުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ. 

އޭޑީކޭ ހޮސްޕިޓަލަކީ 1987 އަހަރުން ފެށިގެން ރާއްޖޭގެ ސިއްހީ ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އަމިއްލަ ހޮސްޕިޓަލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox