އޭޑީކޭ އިތުރު ހަރުފަތަކަށް؛ ކޮނޑުހުޅު ބަދަލުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ދިވެހި ޑޮކްޓަރުން ކާމިޔާބުކަމާއެކު ކޮށްފި

Jul 9, 2026, 7:00 AM
އޭޑީކޭ ޑޮކްޓަރުން ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންކުރިއަށް ގެންދަނީ

އޭޑީކޭ ޑޮކްޓަރުން ކޮނޑުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންކުރިއަށް ގެންދަނީ

އޭޑީކޭ ހޮސްޕިޓަލުގެ ދިވެހި އޮތޯޕީޑިކް ސާޖަނުންގެ ޓީމަކުން އިސްނަގައިގެން، ކޮނޑުހުޅު ބަދަލުކުރުމުގެ ކުރިއަރާފައިވާ އޮޕަރޭޝަނެއް ކަމަށްވާ "ރިވާސް ޝޯލްޑަރ ރިޕްލޭސްމަންޓް" ސާޖަރީއެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި އެވެ.

މިއީ ރާއްޖޭގައި ތިބެގެން އޮތޯޕީޑިކްސްގެ ހާއްސަ ފަރުވާތައް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގައި ގިރާކުރި އިތުރު ހަރުފަތެކެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔައީ އޭޑީކޭ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް އިން އޮތޯޕީޑިކްސް ޑރ. މުހައްމަދު މިޝްވާރު އަޝްފާގާއި، ކޮންސަލްޓަންޓް އިން އޮތޯޕީޑިކްސް ޑރ. މުހައްމަދު ރައްޒާން ރަމީޒެވެ.

Advertisement

މީގެ ކުރިން ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ކުރަމުން އައި މިފަދަ އުނދަގޫ އޮޕަރޭޝަންތައް، މިހާރު އަމިއްލައަށް ފުރިހަމަކުރުމުގެ ގާބިލުކަން އެ ހޮސްޕިޓަލުގެ ދިވެހި ޑޮކްޓަރުންގެ ޓީމަށް ލިބިފައިވާކަން މި ސާޖަރީން ވަނީ ސާބިތުކޮށްދީފަ އެވެ.

"ރިވާސް ޝޯލްޑާ ރިޕްލޭސްމަންޓް" އަކީ ކޮނޑުހުޅުގެ އާތުރައިޓިސް ބަލި ބޮޑުވުމާއި، ކޮނޑުހުޅުގެ މަސްތައް (ރޮޓޭޓަރ ކަފް) މަރާމާތު ނުކުރެވޭ ވަރަށް ވީދުމުގެ ސަބަބުން ދާއިމީކޮށް ރިއްސާ، އަތް ހަރަކާތްކުރުމަށް ދަތިވާ ބަލިމީހުންނަށް ކުރާ ހާއްސަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ހަލާކުވެފައިވާ ހުޅުގެ ބަދަލުގައި ހާއްސަ އިމްޕްލާންޓްތަކެއް ލެއްވުމުން، ކޮނޑުގެ ރިހުން ކުޑަވެ، އަތުގެ ހަރަކާތްތައް އަލުން އިއާދަވެ، ބަލިމީހާއަށް އަމިއްލައަށް ކަންކަން ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

މި އޮޕަރޭޝަނުގެ މައުލޫމާތު ދެއްވަމުން ޑރ. މިޝްވާރު ވިދާޅުވީ، ކޮނޑުހުޅު ބަދަލުކުރުމަކީ ކަކުލުހުޅު ބަދަލުކުރުމާ އަޅާބަލާއިރު އާންމުކޮށް ކުރާ ކަމެއް ނޫން ނަމަވެސް، މިއީ ކޮނޑުގައި ރިއްސުމާއި އަތް ހަރަކާތް ނުކުރެވުމުގެ ސަބަބުން ތަހައްމަލުކުރާ އުނދަގޫތަކަށް ބޮޑު ލުޔެއް ލިބި، ބަލިމީހާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ފަރުވާއެއް ކަމަށެވެ.

"މީގެ ކުރިން މިފަދަ އޮޕަރޭޝަންތައް ކުރަމުން އައީ މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުގެ ޕްރޮފެސަރުންގެ އެހީތެރިކަމާއެކު. ނަމަވެސް މިއަދު އަޅުގަނޑުމެންގެ އޮތޯޕީޑިކް ޓީމަށް މިވަނީ ބޭރުގެ މާހިރުންނަށް އިންތިޒާރުކުރުމެއް ނެތި، އަމިއްލައަށް މި ފަރުވާ ދިނުމުގެ ތަޖުރިބާ އާއި ހުނަރު ލިބިފައި،" ޑރ. މިޝްވާރު ވިދާޅުވި އެވެ.

ޑރ. ރައްޒާން ކިޔައިދެއްވި ގޮތުގައި "ރިވާސް ޝޯލްޑާ ރިޕްލޭސްމަންޓް" ހަދާއިރު، ކޮނޑުހުޅުގެ އާންމު އޮނިގަނޑު ކަމަށްވާ 'ބޯލް އެންޑް ސޮކެޓް' ބަދަލުކޮށްލެވެއެވެ. މިގޮތަށް ހެދުމުން، ހަލާކުވެފައިވާ މަސްތަކުގެ ބަދަލުގައި ކޮނޑުގެ އެހެން މަސްތައް ބޭނުންކޮށްގެން އަތް ހަރަކާތްކުރުމުގެ ބާރާއި ހަމަޖެހުން ލިބިދެ އެވެ.

"ހަލާކުވެފައިވާ ހުޅުގެ ބައިތަކުގެ ބަދަލުގައި މެޓަލިކް އިމްޕްލާންޓްތަކެއް ލައްވައިގެން އާ ހުޅެއް އުފެއްދުމުން، ރިހުން ވަރަށް ބޮޑަށް ކުޑަވެ، ކޮނޑުގެ ހަރަކާތްތަކާއި އޭގެ މަސައްކަތްތައް ރަނގަޅުވެގެންދޭ،" ޑރ. ރައްޒާން ވިދާޅުވިއެވެ.

މި ފަހުން ކުރި އޮޕަރޭޝަނަށް ފަހު ބަލިމީހާ ރަނގަޅުވަމުން އަންނަ މިންވަރު ވަރަށް އުންމީދީ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ ގޮތން އޮޕަރޭޝަން ނިމުނުތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރިހުން އެއްކޮށް ކަހަލަ ގޮތަކަށް ފިލައިދިޔައިރު، އޮޕަރޭޝަނަށްފަހު ފުރަތަމަ ދުވަހުވެސް ބަލިމީހާއަށް ވަނީ އަތް 90 ޑިގްރީއަށް ހިއްލާލެވިފަ އެވެ. މީގެ ކުރިން އޭޑީކޭގައި މި އޮޕަރޭޝަން ކުރި ބަލިމީހުންގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އެގޮތުން ފިޒިއޮތެރަޕީއަށް ފަހު ބައެއް މީހުންނަށް 160 ޑިގްރީއަށް އަތް ހިއްލޭ މިންވަރަށް ކުރިއެރުން ލިބިފައިވާކަން ފާހަގަކުރެވުނެވެ.

މި ކުރިއެރުމާއެކު ލިބުނު އެންމެ ބޮޑު ފަސޭހައަކީ، ބޭރުގެ ޑޮކްޓަރުން އަންނާނެ ދުވަހަކަށް އިންތިޒާރުކުރުމެއް ނެތި، ބަލިމީހާގެ ހާލަތަށް ބަލައި ކޮންމެ ވަގުތެއްގައި ވެސް އޭޑީކޭ ހޮސްޕިޓަލުން މި ހިދުމަތް ލިބެން ހުރުމެވެ.

މިއީ އޭޑީކޭ ހޮސްޕިޓަލުން ސާޖަރީގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެވެ. މީގެ ސަބަބުން ދުނިޔޭގެ ފެންވަރުގެ އޮތޯޕީޑިކް ފަރުވާ ރާއްޖެއިން ލިބި، ދިވެހި ބަލިމީހުންނަށް އަމިއްލަ ގައުމުގައި ތިބެގެން ފަސޭހަކަމާއެކު ހާއްސަ ފަރުވާ ހޯދުމުގެ މަގު ވަނީ ތަނަވަސްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox