އޭޑީކޭ ހޮސްޕިޓަލުން 13 ބުރީގެ އާ އިމާރާތެއް އަޅަނީ

May 4, 2026, 11:40 AM
އޭޑީކޭ ހޮސްޕިޓަލުގެ ގޯތި ތެރެ: 13 ފަންގިފިލާގެ އިމާރާތް އަޅަނީ ސޯސަން މަގާ ދިމާލުން ގޯތި ތެރޭގައި --- ފޮޓޯ: އަދަދު ފައިލް

އޭޑީކޭ ހޮސްޕިޓަލުގެ ގޯތި ތެރެ: 13 ފަންގިފިލާގެ އިމާރާތް އަޅަނީ ސޯސަން މަގާ ދިމާލުން ގޯތި ތެރޭގައި --- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގެ އެންމެ ދުވަސްވީ ޕްރައިވެޓް ހޮސްޕިިޓާ ކަމުގައިވާ އޭޑީކޭ ހޮސްޕިޓަލްގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން 13 ފަންގިފިލާގެ އިމާރާތެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ. 

މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުގެ ގޯތި ތެރޭގައި ތަރައްގީކުރާ މި އިމާރާތުގައި ޕާކިންއަށް ހާއްސަ ޖާގަތަކާއި މެޑިކަލް އަދި ކޮންސަލްޓޭޝަން ރޫމްތައް ހުންނާނެ އެވެ. 

އޭޑީކޭއިން ހުށަހަޅާފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައިވާ ގޮތުގައި ބިންގަރާހެއް ހުރެ އެވެ. ތިރީ ބުރީގައި ހުންނަނީ ލޮބީ އާއި މެކޭނިކަލް ޕާކިން އެކްސެސް އާއި އެމްބިއުލާންސް ޕާކިންގެ އިތުރުން ފާމަސީ އެވެ. އެއް ވަން ބުރިން ފެށިގެން ތިން ވަނަ ބުރިއާ ހަމައަށް ހުންނަނީ ކޮންސަލްޓޭޝަން ރޫމުތަކެވެ. އޭގެ މަތީ ބުރިތަކުގައި ހުންނަނީ އެޑްމިޓްކޮށްގެން ފަރުވާދޭ އިންޕޭޝަންޓް ކޮޓަރިތަކެވެ. 

މި އިމާރާތް ތަރައްގީކުރަން ބޭނުންވާ ސަބަބުތައް ކަމަށް އޭޑީކޭއިން ބުނީ:

  • ހޮސްޕިޓަލުގެ އެނދުގެ ކެޕޭސިޓީ އިތުރުކުރުން
  • ހިދުމަތްތައް އިތުރުކުރަން ޖާގަ ހެދުން
  • ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުން
  • ބަލިމީހުންގެ އަރާމުކަމާއި ފަންކްޝަނާލިޓީގެ ފެންވަރު ރަނގަޅުކުރުން

މިއީ 119 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި ތަނުގެ މަސައްކަތް ނިމި ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރެވެނީ 2028 ގެ ފަހުކޮޅު ނޫނީ 2029 ގެ ކުރީކޮޅެވެ. 

އޭޑީކޭ ހޮސްޕިޓަލް މިހާރު ހުރި ބިމުގައި އެ ނަމުގައި ހުޅުވީ މީގެ 20 އަހަރު ކުރިން، 1996 ގައި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox