އޭޑީކޭގެ އޮންލައިން ޕޯޓަލް "މައިކެއާ" އިފްތިތާހުކޮށްފި

Aug 4, 2026, 8:30 AM
އޭޑީކޭގެ  "މައިކެއާ" ޕޯޓަލް އިފްތިތާހުކޮށްފި

އޭޑީކޭގެ "މައިކެއާ" ޕޯޓަލް އިފްތިތާހުކޮށްފި

އޭޑީކޭ ހޮސްޕިޓަލުން ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކާއި ބަލިމީހުންގެ މެޑިކަލް މައުލޫމާތުތައް ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބަލާލެވޭނެ ރައްކާތެރި އޮންލައިން ޕޯޓަލް "މައިކެއާ" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މިއީ އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީ އީޖާދުތަކުގެ އެހީގައި ބަލިމީހުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.

އޭޑީކޭގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ބޭނުންކުރެވޭ މި ޕޯޓަލްއަކީ ސިއްހީ ގިނަ ހިދުމަތްތަކެއް އެއް ވެބްސައިޓަކުން ފޯރުކޮށްދޭ ރައްކާތެރި މަންސައެކެވެ. މީގެ ސަބަބުން ފޯނު ކިއޫގައި މަޑުނުކޮށް ނުވަތަ ހޮސްޕިޓަލަށް ހާޒިރުނުވެ، ކޮންމެ ތަނެއްގައި ހުރެގެންވެސް އާންމު ހިދުމަތްތައް ހޯދުމުގެ ފުރުސަތު ބަލިމީހުންނަށް ލިބިގެންދާނެ އެވެ.

"މައިކެއާ" ޕޯޓަލް މެދުވެރިކޮށް ލިބޭނެ މުހިންމު ހިދުމަތްތައް:

  • ފަސޭހަކަމާއެކު އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެއްދުމާއި ކުރިއަށް ހުރި އެޕޮއިންޓްމަންޓްތަކުގެ މައުލޫމާތު ބަލާލުން.
  • މެޑިކަލް ހިސްޓްރީ ކޮންމެ ވަގުތަކުވެސް ބަލާލެވުން.
  • ބޭސްސިޓީތައް ބަލާލުމާއި ފޯނަށް ޑައުންލޯޑް ކުރުން.
  • ލެބޯޓްރީ ޓެސްޓުތަކާއި ރޭޑިއޮލޮޖީ ރިޕޯޓްތައް ވަގުތުން ބަލާލުން.
  • ހޮސްޕިޓަލުގެ ބިލްތަކާއި އިންވޮއިސްތައް ބަލާލުން.

އޭޑީކޭ ހޮސްޕިޓަލުން މީގެ ކުރިން ހިދުމަތް ހޯދާފައިވާ ބަލި މީހުންނަށް ޕޯޓަލްއަށް ވަނުމަށް ދެ ގޮތެއް ވަނީ ހަމަޖައްސައިދީފަ އެވެ. އެއީ އީފާހުންނާއި ހޮސްޕިޓަލުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރަށް ފޮނުވާ އޯޓީޕީ ބޭނުންކޮށްގެންނެވެ. 

"މައިކެއާ" ޕޯޓަލްގެ ސަބަބުން އާންމު ކަންކަމުގައި ހޮސްޕިޓަލަށް ގުޅުމާއި ހާޒިރުވާންޖެހޭ މިންވަރު މަދުވެ، ދުވަހުން ދުވަހަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުން ވަރަށް ބޮޑަށް ލުއިފަސޭހަވެގެންދާނެއެވެ. ލެބޯޓްރީ ރިޕޯޓްތައް ޗެކްކުރުމާއި، ބޭސްސިޓީ ބަލާލުމާއި، އެޕޮއިންޓްމަންޓް ކަށަވަރުކުރުން ފަދަ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި މިހާރު ނިންމާލެވޭނެއެވެ.

މި ޕޯޓަލް ތައާރަފުކުރުމަކީ ބަލިމީހުންނަށް ދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ހިދުމަތްތައް ހޯދުމުގައި ހުރި ދަތިތައް ނައްތާލުމަށް އޭޑީކޭ ހޮސްޕިޓަލުން ޑިޖިޓަލް ޓެކްނޮލޮޖީއަށް ކުރަމުންދާ އިންވެސްޓްމަންޓެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. 

ހިދުމަތް ހޯދުމާއި އިތުރު މައުލޫމާތު

  • ޕޯޓަލް ބޭނުންކުރުމަށް: www.adkhospital.com އަށް ޒިޔާރަތްކުރުމަށްފަހު "MyCare" ބަޓަނަށް ފިއްތާލައްވާށެވެ.
  • ހޮޓްލައިން: 1440
  • ވައިޓްސްއެޕް: 7671440

ކޮމެންޓް

ފަހުގެ ޚަބަރު

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

Newsletter

Get the latest news delivered straight to your inbox