އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓު ބޭނުންކޮށްގެން ދެ މީހެއްގެ ކަކުލުހުޅު ބަދަލުކޮށްފި

ރޮބޮޓިކްސްގެ އެހީގައި އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ރާއްޖޭގެ ފުރަތަމަ ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ރޮބޮޓިކްސްގެ އެހީގައި އޭޑީކޭ ހޮސްޕިޓަލުން ކުރިއަށް ގެންދިޔަ ރާއްޖޭގެ ފުރަތަމަ ކަކޫ ބަދަލުކުރުމުގެ އޮޕަރޭޝަންގެ ތެރެއިން -- ފޮޓޯ: އޭޑީކޭ ހޮސްޕިޓަލް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް އެސިސްޓެންސް ބޭނުންކޮށްގެން ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކެއް ކާމިޔާބުކަމާއެކު އޭޑީކޭ ހޮސްޕިޓަލުން ކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސެޕްޓެމްބަރު 6، 2026 ގައި ކުރިއަށްދިޔަ މި އޮޕަރޭޝަންތައް ކޮށްފައިވަނީ އުމުރުން 64 އަހަރާއި 74 އަހަރުގެ އެންހެނެއްގެ އެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ސަބްސިޑިއަރީއެއް ކަމަށްވާ ޑިޕިއު ސިންތެސްގެ އެންމެ ފަހުގެ "ވެލިސް" ރޮބޮޓިކް-އެސިސްޓެޑް ސޮލިއުޝަން ބޭނުންކޮށްގެން ހާސިލްކުރި ތާރީހީ މި ކާމިޔާބީއަކީ އޭޑީކޭ ހޮސްޕިޓަލުން ސިއްހީ ހިދުމަތް ޒަމާނީކުރުމަށް އަދި ޓެކްނޮލޮޖީގެ ބޭނުންކުރުމަށް ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތުގެ މުހިންމު ބައެއް ކަމަށް އަފްއާލް ވިދާޅުވި އެވެ. 

ރާއްޖޭގައި ކަކުލުހުޅު ބަދަލުކުރުމުގެ ފުރަތަމަ އޮޕަރޭޝަން ޖެނުއަރީ 16، 2002 ގައި ކޮށްފައިވަނީ ވެސް އޭޑީކޭއިންނެވެ. 

"ރޮބޮޓުގެ އެހީގައި ކަކޫ ބަދަލުކުރުމުގެ ހިދުމަތަކީ އޭޑީކޭ ހޮސްޕިޓަލުގެ ވަސީލަތްތަކާއި، ޓެކްނޮލޮޖީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ކުރަމުންދާ އިތުރު އިންވެސްޓްމަންޓެއް." އަފްއާލް ވިދާޅުވި އެވެ. 

މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑރ. ޝަކީލް އެވެ. އޭނާއާއެކު  ޗެންނާއީގެ އެމްޖީއެމް ހެލްތުކެއާގެ އޯތޯޕީޑިކް ސަޖަން އަދި ކަކޫ ބަދަލުކުރުމުގެ ހާއްސަ ޑޮކްޓަރު ޑރ. ގޯވިންދަރާޖް ވެސް ބައިވެރިވި އެވެ. 

މި އޮޕަރޭޝަންތަކުގައި ރޮބޮޓުގެ އެހީ ބޭނުންކުރި ނަމަވެސް މިއީ ޑޮކްޓަރުންގެ ބަދަލުގައި ރޮބޮޓް އަމިއްލައަށް ކުރާ އޮޕަރޭޝަނެއް ނޫން ކަމަށާއި މައިގަނޑު ބޭނުމަކީ ޑޮކްޓަރުންގެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުން ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. 

ކަކުލުގެ އާދަޔާހިލާފު ތަދާއި އުނދަގޫ ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ވެލިސް ޓެކްނޮލޮޖީގެ ސަބަބުން އޮޕަރޭޝަނަށް ފަހު ރަނގަޅުވުން އަވަސްވެ އެވެ. 

"ބަލިމީހުންނަށް މީގެން ލިބޭނެ މުހިންމު ފައިދާތަކުގެ ތެރޭގައި އޮޕަރޭޝަނަށްފަހު އަޅާ ތަދު ކުޑަވުމާއި، އަވަހަށް ހިނގާބިނގާވެ އުޅެވުމުގެ ގާބިލުކަން ލިބުމުގެ އިތުރުން ހޮސްޕިޓަލުގައި ހޭދަކުރަންޖެހޭ މުއްދަތު ކުރުވުން ހިމެނޭ،" އަފްއާލް ވިދާޅުވި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox