ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް، ބައެއް ބައިތައް ބަދަލު ކުރަން ލަފާ ދިނިން: ބަންޑާރަނައިބު

ބަންޑާނައިބު އަހުމަދު އުޝާމް: ވިދާޅުވީ އެގްރިމެންޓުން ބައެއް ބައިތައް ބަދަލު ކުރަން އެންގެވި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބަންޑާނައިބު އަހުމަދު އުޝާމް: ވިދާޅުވީ އެގްރިމެންޓުން ބައެއް ބައިތައް ބަދަލު ކުރަން އެންގެވި ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ އީގަލްސް ހިލްސްއަށް ރަސްމާލޭގެ 500 ހެކްޓަރު ދޫކޮށްލަން ހެދި ޕްރީ-އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ވާހަކައެއް ނެތް ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. 

އަދަދު އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އުޝާމް ވިދާޅުވީ ރަސްމާލެ އެގްރިމެންޓުގައި ސެޕްޓެމްބަރު 21، ގައި ސޮއި ކުރުމުގެ ކުރިން އެ އެގްރިމެންޓުގެ ކަންކަމުގައި ހައުސިން މިނިސްޓްރީއަށް ބަންޑާރަނައިބުގެ ހައިސިއްޔަތުން ލަފަޔެއް ދީފައިވާނެ ކަމަށެވެ.

އެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށް އުޝާމް ވިދާޅުވި އެވެ. ނަމަވެސް، އެގްރިމެންޓުގެ ބައެއް ކަންކަން ބަދަލު ކުރަން އޭނާ އަންގަވާފައިވާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. 

Advertisement

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ. 

ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށެވެ. ރަސްމާލެއިން ސަރުކާރަށް ލިބެނީ، އެ ތަނުގައި އަޅާ އިމާރާތް ޑިވެލޮޕަރު ފުރަތަމަ ފަހަރު ވިއްކާލުމުން ލިބޭ 10 ޕަސެންޓުގެ ފީއަކާއި ގަންނަ ފަރާތުން ދައްކަންޖެހޭ ހަތަރު ޕަސެންޓުގެ ފީއެކެވެ. އެތަނުގެ އޯނާޝިޕް ޓްރާންސްފާ ކުރާ ކޮންމެ ފަހަރަކު ވެސް ހަތަރު ޕަސެންޓުގެ ފީއެއް ލިބޭނެ އެވެ. 

 ރަސްމާލެ ދޫކޮށްލީ 99 އަހަރަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެގްރިމެންޓު ފްރޭމްކޮށްފައި އޮތް ގޮތުން އެތަން އެއްކޮށް ގެއްލޭނެ އެވެ. ރަސްމާލެއިން ޕްރޮޕަޓީސް ގަންނަ މީހާއަށް ލިބޭ މީހާ އެތަން ވިއްކާލުމުން، އަލުން 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. އަދި ހިބައިން ދިނަސް އަނެއްކާ 99 އަހަރުގެ އާ ލީސް މުއްދަތެއް ފެށޭނެ އެވެ. މިކަން ވަނީ އީގަލް ހިލްސް އިން ޔަގީންކޮށްދީފަ އެވެ. 

ރަސްމާލެ ހިއްކަން ފެށީ އެތަނަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް ހިއްކާ ރަށެއް ކަމަށް ބުނެ އެވެ. އަދި ރަސްމާލޭ ބޭރުގެ ބަޔަކަށް ކުއްޔަށް ވެސް ނުދެއްވާނެ ކަމަށް ސީދާ ރައީސް މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

"އެތަނުން [ރަސްމާލެއިން] ހިއްކާ ކޮންމެ ބިމެއްގެ، ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް ކުއްޔަށް ދޭން، ނޫނީ ހިލޭ ވެސް ލިބޭނެ ބިމެއްނޫން، ދެން އެތަނުން ހިކިގެން ދާނީކީއެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox