40 އަހަރުގެ ސިލްވާ ރިޓަޔަަމަންޓް އުވާލައި ހޮންގް ކޮންގް ޓީމަކަށް

Oct 8, 2026, 4:01 PM
ސްޕެއިނުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ

ސްޕެއިނުގެ މިޑްފީލްޑަރު ޑޭވިޑް ސިލްވާ

ހޮންގް ކޮންގް، ޗައިނާ (އޮކްޓޫބަރު 8) - މީގެ ތިން އަހަރު ކުރިން ފުޓްބޯޅަ ކުޅުން ހުއްޓާލި ސްޕެއިނުގެ ލެޖެންޑް، ޑޭވިޑް ސިލްވާ، ރިޓަޔަމަންޓް އުވާލައި، ހޮންގް ކޮންގްގެ ކްލަބް ޝާ ޓިން އާ ގުޅިއްޖެ އެވެ. 

އުމުރުން 40 އަހަރުގެ ސިލްވާ ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރީ 2023 ވަނަ އަހަރުގެ ޖުލައި މަހު އެވެ. އެއީ، އެ ފަހަރުގެ ޕްރީ ސީޒަނުގައި، ރެއާލް ސޮސިއެޑާޑްގެ ޓްރެއިނިންގެ ތެރެއިން ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި އެވެ. އެކަމަކު، އެންޓޭރިއާ ކްރޫޝިއޭޓް ލިގަމެންޓް (އޭސީއެލް) އަށް ލިބުނު އަނިޔާގެ ސަބަބުން ސިލްވާ އަށް ގަބޫލުކުރެވުނީ ފުޓްބޯޅަ ކެރިއަރު ނިންމާލުމަށެވެ. 

އެކަމަކު، އެ ނިންމުން ނިންމިތާ ތިން އަހަރު ފަހުން، ސިލްވާގެ ވިސްނުން މި ވަނީ ބަދަލުވެފަ އެވެ. 

Advertisement

ފުޓްބޯޅަ ކެރިއަރުގައި އެންމެ ފުރަތަމަ ވެލެންސިއާ އިން ފެށި ސިލްވާ، އިންސްޓަގްރާމް އަށް ދޫކޮށްލި ވީޑިއޯއެއްގައި ބުނެފައިވަނީ، ހޮންގް ކޮންގްގެ މާހައުލުގައި އެ ގައުމުގެ ސަގާފަތާއި ކަންކަން ދަސްކޮށް ފުޓްބޯޅަ ކުޅުމަށްޓަކައި ތައްޔާރަށް ހުރި ކަމަށެވެ. 

ސިލްވާ، ބަދަލުވާ ޝާ ޓިން މި ވަގުތު އޮތީ ހޮންގް ކޮންގްގެ ލީގުގެ އަށް ވަނައިގަ އެވެ. އެއީ، ކުޅުނު ފުރަތަމަ ހަތަރު މެޗަށް ފަހު އެވެ. ޝާ ޓިން  އިން ދެން އެންމެެ އަވަހަށް ކުޅޭ މެޗު މީގެ 10 ދުވަސް ފަހުން އޮތްއިރު، އެ މެޗުގައި ސިލްވާ ފެނުމާމެދު ސީދާ ގޮތެއް އެނގޭނީ އޭނާ ޓްރެއިނިންގައި ބައިވެރިވެ، ފިޓްނަސް ކަންކަމަށް ބަލައިފަ އެވެ. 

ސިލްވާގެ ކެރިއަރުގެ އެންމެ ގިނަ ކަންކަން ހާސިލްކުރީ މެންޗެސްޓާ ސިޓީގަ އެވެ. ވެލެންސިއާ ދޫކޮށް 2010 ވަނަ އަހަރު ސިޓީ އަށް ބަދަލުވުމަށް ފަހު، އެ ކްލަބްގައި 10 އަަހަރު ހޭދަކުރިއިރު، ސިލްވާ ވަނީ އެ ޓީމާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހަތަރު ފަހަރެއްގެ މަތިން ހޯދައިފަ އެވެ. އެ ޓީމާ އެކު ސިލްވާ 11 ތަށި ހޯދި އެވެ. 

އެކާވީސް ވަނަ ގަރުނުގައި އުފެދުނު ޓެކްނިކަލީ އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށްވާ ސިލްވާ އަކީ ސްޕެއިނުގެ ރަން ޖީލުން ހޯދި ކާމިޔާބީތަކުގައި ވެސް އިސް ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. އެ ގޮތުން، ސްޕެއިން އިން 2008 އާއި 2012 ގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި ވެސް ސިލްވާ ހިމެނުނެވެ. ސިލްވާ ވަނީ ސްޕެއިން ގައުމީ ޓީމަށް 125 މެޗު ކުޅެދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox