ޑެ ލަ ފުއެންޓޭ 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް ސްޕެއިނުގެ ކޮންޓްރެކްޓް އާ ކުރަނީ

Sep 15, 2026, 10:49 PM
ޑެ ލަ ފުއެންޓޭ، ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން.

ޑެ ލަ ފުއެންޓޭ، ވޯލްޑް ކަޕް ޓްރޮފީ ހިފައިގެން.

މެޑްރިޑް (ސެޕްޓެމްބަަރު 15) - ލުއިސް ޑެ ލަ ފުއެންޓޭ، ސްޕެއިނުގެ ކޯޗަކަށް 2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަަލަށް މަޑުކުރަން އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ނިންމައިފި އެވެ. 

އުމުރުން 65 އަހަރުގެ ޑެ ލަ ފުއެންޓޭ، މި ވަގުތު ސްޕެއިނުގެ ކޯޗަކަށް ހުރީ 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށެވެ. އެކަމަކު، ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ޑެ ލަ ފުއެންޓޭގެ އެއްބަސްވުން އާ ކުރަން ހުށަހެޅި ޕްރޮޕޯސަލް ބަލައިގަންނަން އޭނާ ވަނީ ނިންމައިފަ އެވެ. 

ގަތަރުގައި 2022 ވަަނަ އަަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ބުރުން މޮޮރޮކޯ އަތުން ޕެނަލްޓީ ޖަހައިގެން ކެޓި ފަހުން ސްޕެއިންގެ ކޯޗުކަމުން ލުއިސް އެންރީކޭ ވަކިކޮށް، ޑެ ލަ ފުއެންޓޭއާ އެ ޓީމު ހަވާލުކުރި ފަހުން، އޭނާ ވަނީ އެ ޓީމާ އެކު، 2023 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގު، 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އަދި މި އަހަރުގެ ޖޫން/ޖުލައި ގައި އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

ޑެ ލަ ފުއެންޓޭގެ ކޮންޓްރެކްޓް އާ ކުރަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ބޮޑަށް ނިންމީ ވެސް މި ފަހަރުގެ ވޯލްޑް ކަޕްގެ ނަަތީޖާތަކުގެ ރިވިއު މީޓިން އެއް ބޭއްވުމަށް ފަހު އެވެ. ސްޕެއިނަށް މިހާތަނަށް 49 މެޗުގައި ކޯޗުކޮށްދީފައިވާ ޑެ ލަ ފުއެންޓޭ ވަނީ އެ ޓީމަށް 39 މެޗުން ކާމިޔާބު ހޯދައިދީފަ އެވެ. ހަތް މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ ބަލިވެފަ އެވެ. 

ނޭޝަންސް ލީގުގެ ފައިނަލް މެޗުން، މިދިޔަ އަހަރު ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް އަތުން ބަލިވި ފަހުން، ސްޕެއިނުން މެޗަކުން ބަލިނުވެ އެވެ. އަދި، ވޯލްޑް ކަޕްގެ ފައިނަލާ އެކު، ބަލިނުވެ 38 މެޗު ހަމަކޮށް ފުޓްބޯޅައިގައި ރެކޯޑެއް ވަނީ ހަދައިފަ އެވެ. އެއީ، ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވެ އޮތުމުގެ ރެކޯޑެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ އިޓަލީ އަތުގަ އެވެ. 

ފްރާންސް ފުޓްބޯލްގެ ބެލޮންޑިއޯ އެވޯޑްސްގައި މޮޅު ކޯޗަކަށް ނޮމިނޭޓްވެފައިވާ، ޑެ ލަ ފުއެންޓޭ ވަނީ، 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދީފަ އެވެ. 

ދެން އޮންނަ ވޯލްޑް ކަޕް ބާއްވާން ކަނޑައަޅާފައިވަނީ، ސްޕެއިނާއި ޕޯޗުގަލް އަދި މޮރޮކޯ އިން ގުޅިގެންނެވެ. އެ ވޯލްޑް ކަޕް އޮތް ތާރީހަކީ، އެންމެ ފުރަތަމަ ވޯލްޑް ކަޕެއް ކުޅުުނުތާ 100 އަހަރު ފުރޭ އަހަރު ކަމަށްވާތީވެ، ފީފާ އިން ވަނީ، އިތުރު ތިން ގައުމެއްގައި ވެސް ވޯލްޑް ކަޕްގެ މެޗުތަކެއް ކުޅެން ނިންމައިފަ އެވެ. އެއީ، ދެކުނު އެމެރިކާގެ ތިން ގައުމު ކަމަށްވާ އާޖެންޓީނާ އާއި އުރުގުއޭ އަދި ޕެރަގުއޭގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox