ސްޕެއިންގައި އޮތީ އެންމެ މޮޅު ޓީމޭ ބުނީމަ މިހާރު ޝައްކެއް ނުކުރާނެ: ޑެ ލަ ފުއެންޓޭ

Jul 20, 2026, 11:34 AM
ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން، ޑެ ލަ ފުއެންޓޭ މުބާރާތުގެ ތަށި ހިފައިގެން.

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން، ޑެ ލަ ފުއެންޓޭ މުބާރާތުގެ ތަށި ހިފައިގެން.

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 20) - ސްޕެއިނަކީ މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމު ކަމަށް ބުނުމުން އެކަމާ ދެބަސްވެ، ޝައްކުކުރާނެ މީހެއް މިހާރު ނުހުންނާނެ ކަމަށް ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދިން ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ. 

ސްޕެއިނުން ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ރޭ ހޯދީ ފައިނަލް މެޗުގައި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން، 1-0 އިން އާޖެންޓީނާ ބަލިކޮށްގެންނެވެ. މިއީ، ސްޕެއިނުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދި ދެ ވަނަ ފަހަރެވެ. ސްޕެއިނުން އެންމެ ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ. އޭގެ 16 އަހަރު ފަހުން ދެ ވަނަ ތަށި މި ހޯދީ ވެސް ހަމަ އެއް ނަތީޖާ އަކުން ފައިނަލުގައި މޮޅުވެގެންނެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނުން ނެދަލެންޑްސް ބަލިކުރީ 1-0 އިންނެވެ. 

އަހަންނަށް ސްޕެއިނަކީ ދުނިޔޭގެ އެންމެ މޮޅު ޓީމު: ޑެ ލަ ފުއެންޓޭ

ސްޕެއިންގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ގަބޫލުކުރާ ގޮތުގައި މިވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމަކީ ސްޕެއިނެވެ. ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި އޮސްޓްރިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އޭނާ ބުނީ ޓީމަށް އޮތް އިތުބާރު ބޮޑު ކަމަށާއި، ފޭވަރިޓުން ކަނޑައެޅުމުގެ ބަދަލުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކުރިއަށް އޮތް މެޗަށް ކަމަށެވެ.

ސާޅީސް އަށް ގައުމުގެ މެދުގައި މި ފަހަރުގެ ވޯލްޑް ކަޕް ކުރިއަށްދިޔައިރު، ސްޕެއިނުން ޗެމްޕިއަންކަން ހޯދީ ކުޅުނު އަށް މެޗުގެ ތެރެެއިން ހަތް މެޗުން މޮޅުވެގެންނެވެ. މޮޅުނުވެވުނީ ފުރަތަަމަ މެޗުގައި ކޭޕް ވާޑާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގަ އެވެ. ރޭގެ ފައިނަލަށް ފަހު ޑެ ލަ ފުއެންޓޭ ބުނީ، ސްޕެއިނަށް މި ފަހަރުގެ ވޯލްޑް ކަޕްގެ ކޮންމެ މެޗެއްގައި ވެސް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ. 

Advertisement

"އެއީ އަހަރެމެން ފައިނަލުގައި ތަފާތުކޮށް ފެނުނު ސަބަަބަކީ، އަހަރެމެން ފައިނަލުގައި ވެސް ވަރަށް މޮޅަށް ކުޅެފިން. ދެރަކަމެއް ދެން އަހަރެމެންނަށް ފައިނަލް ތަންކޮޅެއް އަވަހަށް ނިންމައިނުލެވުމަކީ. އެކަމަކު، ގުރުބާނީތަކެއް ވެގެން ކާމިޔާބު ހޯދުމަކީ ވެސް މޮޅު ގޮތެއް،" ޑެ ލަ ފުއެންޓޭ ބުންޏެވެ. 

"ކުރިން އަހަރެން ބުނިން، ސްޕެއިނުގައި މި އޮތީ އަހަންނަށް އެންމެ މޮޅު ޓީމޭ. މިހާރު އެހެން ބުނީމަ އެންމެން ވެސް ގަބޫލުކުރާނެ، ޝައްކެއް ނުކުރާނެ،" 

ޑެ ލަ ފުއެންޓޭ ބުނީ ސްޕެއިނުން މި ފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްޓަކައި، ޕޯޗުގަލް އާއި ފްރާންސް އަދި އާޖެންޓީނާ އަތުން ނޮކައުޓްގެ ފަހު މެޗުތަކުގައި މޮޅުވެފައި އޮތުމަކީ ވެސް މިި ވޯލްޑް ކަޕްގައި ސްޕެއިނުން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ސާބިތުވާ ކަމެއް ކަމަށެވެ. 

އާޖެންޓީނާއާ ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗުގައި އެ ޓީމުގެ ތަރި، ލިއޮނަލް މެސީ ހިފެެހެއްޓުމަށްޓަކައި، ސްޕެއިނުން ވަކިން ހާއްސަ ވިސްނުންތަކެއް ނުގެންގުޅޭ ކަމަށް ޑެ ލަ ފުއެންޓޭ ބުނެފައިވެ އެވެ. އަދި، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސްޕެެއިނުން ކުޅެފިނަމަ، އާޖެންޓީނާ އަށް މެސީގެ ބޭނުމެއް ހިފޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވެސް ޑެ ލަ ފުއެންޓޭގެ ވާހަަކައިގައި ފާހަގަކުރި އެވެ. 

ސްޕެއިން ގައުމީ ޓީމާ މީގެ ހަތަރު އަހަރު ކުރިން ހަވާލުވި ޑެ ލަ ފުއެންޓޭ ވަނީ އެ ޓީމަށް 2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2023 ވަނަ އަހަރުގެ ނޭޝަންސް ލީގު ވެސް ކާމިޔާބުކޮށްފަ އެވެ. މިދިޔަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލް މެޗުން ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް އަތުން ބަލިވި ފަހުން، ސްޕެއިނުން މެޗަކުން ބަލިނުވެ އެވެ. އަދި، ރޭގެ ފައިނަލާ އެކު، ބަލިނުވެ 38 މެޗު ހަމަކޮށް ފުޓްބޯޅައިގައި ރެކޯޑެއް ވަނީ ހަދައިފަ އެވެ. އެއީ، ޖެހިޖެހިގެން އެންމެ ގިނަ މެޗުން ބަލިނުވެ އޮތުމުގެ ރެކޯޑެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ އިޓަލީ އަތުގަ އެވެ. 

މީގެ ކުރިން، ޑެ ލަ ފުއެންޓޭ ވަނީ، 19 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިނަށް ހޯދައިދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox