ފައިސަލް އާއި އާޒިމް ވިދާޅުވީ ޕްރައިމަރީއަށް ނުކުންނެވީ ސޯލިހުގެ އެއްބާރުލުމާއެކު ކަމަށް

ކުރީގެ ނައިބުރައީސް ފައިސަލް (ކ) އާއި ކުރީގެ ރައީސް ސޯލިހު (މ) އަދި މާލޭގެ މޭޔަރު އާދަމް އާޒިމް (ވ) -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ނައިބުރައީސް ފައިސަލް (ކ) އާއި ކުރީގެ ރައީސް ސޯލިހު (މ) އަދި މާލޭގެ މޭޔަރު އާދަމް އާޒިމް (ވ) -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެއްބާރުލުމާއެކު ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އާއި މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. 

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ފައިސަލް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާ ގުޅޭގޮތުން އެމްޑީޕީގެ އެކި ބޭފުޅުންނާއި ގިނަ ރައްޔިތުންނާ މަޝްވަރާ ކުރި ކަމަށެވެ. އޭގެތެރެއިން ސޯލިހުއާ ކުރެވުނު މަޝްވަރާތަކަށްފަހު އެމަނިކުފާނުގެ އެއްބާރުލުން ލިބުމަކީ ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަމަކަށްވި ކަމަށް ފައިސަލް ވިދާޅުވި އެވެ. 

"އާދެ މިކަމުގައި އަޅުގަނޑުމެންނަށް ހަމަ ޕާޓީގެ ވަރަށް ގިނަ ބޭފުޅޫންނާ އެއްކޮށް މަޝްވަރާ ކުރެވުނު އެނގޭތޯ. ވާހަކަތަކެއް ދެކެވުނު ވަރަށް ހަމަ ގިނަ ބޭފުޅުން އަދި އާންމު ރައްޔިތުންނާ އެކުވެސް،" ފައިސަލް ވިދާޅުވި އެވެ. 

"ދެން ހަމަ އެއާއެކު މީގައި އެންމެ އިސްކަމެއް ގޮތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަޅުގަނޑުމެންނާ ވަރަށް ބޮޑަށް މަަޝްވަރާ ކުރެވި، ރައީސް ސޯލިހުގެ ވަރަށް ބޮޑު އެއްބާރުލުމެއް އެނގޭތޯ މިކަމުގައި އޮވެގެން އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ. އެއީ އަޅުގަނޑު ގަބޫލުކުރަނީ ވަރަށް މުހިންމު ކަމެއް ގޮތުގައި އެގޮތަށް އަޅުގަނޑުމެންނަށް ކުރިއަށްގެންދެވެންޏާ."

ފައިސަލް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ސޯލިހަކީ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅަކަށްވާއިރު، ރިޔާސީ ޕްރައިމަރީގެ ދަތުރު ފަށަނީ ޓީމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ ދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެ ކަމަށެވެ. 

"އެނގިވަޑައިގަންނަވާނެ ރައީސް ސޯލިހަކީ އެއީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ގޮތުގައި ގިނަ ބަޔަކު ހަމަ ގައިމުވެސް ރާއްޖޭގައި ގިނަ ބަޔަކު  އެބަ ގަބޫލުކުރައްވާ. އެހެންވީމަ މިގޮތަށް އަޅުގަނޑުމެންނަށް މި ދަތުރު ފެށޭއިރުވެސް ހާއްސަކޮށް ޓީމެއްގެ ގޮތުގައި. އަޅުގަނޑުމެން މި ނުކުންނަނީ ފަސޭހަ ކަމެއް ކުރާކަށް ނޫން،" ފައިސަލް ވިދާޅުވި އެވެ. 

މީގެއިތުރުން އާޒިމްވެސް ވިދާޅުވީ ރިޔާސީ ޕްރައިމަރީއަށް އޭނާ އާއި ފައިސަލް ނުކުންނަވަނީ ސޯލިހުގެ ފުރިހަމަ އެއްބާރުލުމާއެކު ކަމަށެވެ. އޭނާ ވިދާޅުވީ ސޯލިހަށް ގަބޫލުކުރެވޭ ގޮތުގައި އެމަނިކުފާނު ސަރުކާރުގައި ފެށި މަޝްރޫއުތައް ދެން އަންނަ ސަރުކާރެއްގައި ނިންމައި، މިދިޔަ ސަރުކާރުގައި ރާއްޖެ ކުރިއަށްގެންދިޔަ ބާރު މިނުގައި ކުރިއަށްގެންދެވޭނީ ފައިސަލްއަށް ކަމަށެވެ. 

"އޭރުގައި އަޅުގަނޑުމެން އެ ސަރުކާރުގައި ފަށާފައި ހުރި ޕްރޮޖެކްޓްސްތައް ރައީސް ސޯލިހު ފަށާފައި ހުރި ޕްރޮޖެކްޓްސްތައް ހުއްޓި ވިނަފަޅައި ހަލާކުވެދާން ދޫކޮށްލަން އަޅުގަނޑުމެން ބޭނުމެއް ނުވޭ. އެހެންވެ ޕްރޮޖެކްޓްސްތަކާ އެއްޗެހި ބަރާބަރަށް ކުރިއަށް ގެންދިއުމަށްޓަކައި ރައީސް ސޯލިހު ހަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލަފައެއް ދެއްވި ކަންތައްތައް ބާރަށް ބަރާބަރަށް ކުރިއަށް ގެންދިއުން މުހިންމު ކަމަށާއި އެކަން އެންމެ ފަސޭހައިން ރަނގަޅަށް ކުރެވޭނެ ދެމީހުންނަކީ ދެން އަންނަ ސަރުކާރުގައި ތިމަންނާ ކައިރީގައި އެންމެ އަރިހުގައި އަމާނާތްތެރިކަމާއެކު ތެދުވެރިކަމާއެއްކޮށް ނައިބުރައީސްކަން ކޮށްދެއްވި ފައިސަލް އާއި އަދި އަޅުގަނޑު،" އާޒިމް ވިދާޅުވި އެވެ. 

"ރައީސްގެ ވައުދުތައް ފުއްދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ދެމީހުން އެއްކޮށް ނުކުމެ މިކަން ކޮށްފި ކަމަށްވަންޏާމުން އޭރުގައި ރާއްޖެ ކުރިއަށްދިޔަ ބާރު މިނުގައި މިކަންކަން ފަސޭހަވާނެ ކަމަށާއި އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށްޓަކައި ރައީސް ސޯލިހު ދެއްވާފައިވާ ގޯތިތަކަށް މީހުންނަށް ދެވޭނެ ގޮތް ހެދުމަށްޓަކައިވެސް އެންމެ މުހިންމު ދެމީހުންނަކީ ފައިސަލް އާއި އަޅުގަނޑު ކަމަށް ރައީސް ވިދާޅުވަމުން ވަޑައިގެންނެވީ."

ފައިސަލްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވި ހަތަރު ބޭފުޅާ އެވެ. ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި މަޖިލިސް މެންބަރު އަހުމަދު ޝަމްހީދު ވެސް ވަނީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox