އެމްޑީޕީން ވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދަންޖެހޭ: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމްޑީޕީން ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމުގެ މަސައްކަތް ފުރަތަމަ ކަމަކަށް ފަށަން ޖެހޭނީ ޕާޓީގެ އެތެރެއިން ކަމަށް އެމަނިފާނު ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމްޑީޕީން ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމުގެ މަސައްކަތް ފުރަތަމަ ކަމަކަށް ފަށަން ޖެހޭނީ ޕާޓީގެ އެތެރެއިން ކަމަށް އެމަނިފާނު ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝާބިން

އިދިކޮޅު އެމްޑީޕީން ވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ ކޮންގްރެސް ހުޅުވުމުގެ ޖަލްސާގައި ސޯލިހު ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމުގެ މަސައްކަތް ފުރަތަމަ ކަމަކަށް ފަށަން ޖެހޭނީ ޕާޓީގެ އެތެރެއިން ކަމަށެވެ. 

"ދަންނަވަންތޯ އެއްވެސް ފަރުދަކު މި ޕާޓީއަށްވުރެ ބޮޑެއް ނުވާނެ. އަދި އެއްވެސް ޕާޓީއެއް މި ގައުމަށްވުރެ ބޮޑެއް ނުވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީން ވެރިކަން ހޯދުމަށްޓަކައި ކުރަންވީ ކަމަކީ ދިވެހި ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދަންވީ. އެ އިތުބާރު ހޯދަން ބޭނުންނަމަ އަޅުގަނޑުމެން މަސައްކަތް ފަށަންވާނީ ޕާޓީގެ އެތެރެއިން،" ސޯލިހު ވިދާޅުވި އެވެ. 

Advertisement

އެމްޑީޕީން ރައްޔިތުންގެ އިތުބާރު ހޯދަން ރައްޔިތުންގެ އަޑު އަހައި، ކުރިން ހެދިފައި ހުރި ގޯސްތައް ގަބޫލުކޮށް ހަގީގީ ހުށަހެޅުންތަކެއް ހުށަހަޅަން ޖެހޭ ކަމަށެވެ. މިގޮތުން ކޮންގްރެސްގައި ރައްޔިތުންގެ އިތުބާރު ހޯދޭނެ މަގުތައް ހޯދައި، ބޭނުން ނުވާ ތަފާތުތައް ދޫކޮށްލަން ޖެހޭ ކަމަށާއި ރައްޔިތުން ކައިރިއަށް ވޯޓު ހޯދުމުގެ ބަދަލުގައި އިތުބާރު ހޯދަން ދާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"މިއަދު ކުރަންވީ ސުވާލަކީ އެހެން ސިޔާސީ ޕާޓީއަކަށްވުރެ ބޮޑަށް އެމްޑީޕީއަށް އިތުބާރު ކުރަންވީ ކީއްވެތޯ. އަޅުގަނޑު ދެކޭ ގޮތުގައި އިތުބާރު ހޯދޭނީ ރައްޔިތުންގެ އަޑު އަހައިގެން. އިތުބާރު ހޯދޭނީ ކުރިން ހެދިފައި ހުރި ގޯސްތައް ގަބޫލުކޮށްގެން. އިތުބާރު ހޯދޭނީ ހަގީގީ ހައްލު ހުށަހަޅައިގެން. އިތުބާރު ހޯދޭނީ އެކަކު އަނެކަކަށް އިހްތިރާމް ކޮށްގެން. އަދި އެންމެ މުހިންމު ކަމަކީ އިތުބާރު ހޯދޭނީ އަމަލުން. ވީމާ އަޅުގަނޑުގެ އިލްތިމާސަކީ މި ކޮންގްރެސްގައި މިދެންނެވި ކަންތައްތަކާ މެދު ވިސްނާ ބަހުސްކުރުން،" ސޯލިހު ވިދާޅުވި އެވެ. 

"ބޭނުން ނުވާ ތަފާތުތައް ދޫކޮށްލުން. އާ ހިޔާލުތަކަށް ހުޅުވާލުން. އަދި އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ފަށަންވީ. ހަމައެކަނި ވޯޓު ހޯދުމަކަށް ނޫން. ދާންވީ އިތުބާރު ހޯދަން. ހިތްވަރާ އަޒުމާ ޔަގީންކަމާ އެކީ ކުރިއަށްދާންވީ."

އެމްޑީޕީގެ ކޮންގްރެސް މިރޭ ހުޅުވުމަށްފަހު މާދަމާ މެންދުރުފަހުން ފެށިގެން ރޭގަނޑަށް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންވެސްޓްމަންޓް ފޯރަމެވެ. އެއަށްފަހު ހޮނިހިރު ދުވަހު ހެނދުނުން ފެށިގެން ކޮންގްރެސްގެ ރަސްމީ މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox