މާފުށީގެ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި

Oct 7, 2026, 11:17 AM
މާފުއްޓާއި އެ ރަށުގެ ފަޅުން ހިއްކާފައިވާ އާ މާފުށީ: މިއީ ދިރިއުޅޭނެ ގޯތި ދޫކުރަން ހިއްކާފައިވާ ބިމެއް -- އަދަދު ފައިލް ފޮޓޯ

މާފުއްޓާއި އެ ރަށުގެ ފަޅުން ހިއްކާފައިވާ އާ މާފުށީ: މިއީ ދިރިއުޅޭނެ ގޯތި ދޫކުރަން ހިއްކާފައިވާ ބިމެއް -- އަދަދު ފައިލް ފޮޓޯ

ކ. މާފުށީގެ އަލަށް ހިއްކި ސަރަހައްދު (އާ މާފުށި) ގެ ފެނާއި ނަރުދަމާ ނިޒާމު ތަރައްގީކުރުމުގެ މަސައްކަތް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްފި އެވެ.

އެމްޑަބްލިޔުއެސްސީއާ ސޮއިކުރި އެއްބަސްވުމުގެ ދަށުން މާފުށީގެ އަލަށް ހިއްކާފައިވާ ސަރަހައްދުގައި ފެނާއި ނަރުދަމާގެ ވިއުގަ ގާއިމުކުރުމުގެ އިތުރުން، މައި ރަށުގައި މިހާރު ހުރި ނަރުދަމާ ނިޒާމު އިތުރަށް ތަރައްގީކުރުން ހިމެނެ އެވެ. 

މާފުށީގެ ފެނާއި ނަރުދަމާގެ ހިދުމަތް މިހާރު ވެސް ފޯރުކޮށްދެމުންދަނީ އެމްޑަބްލިޔުއެސްސީންނެވެ.

މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ، އަދި ލޯކަލް ޓޫރިޒަމްގެ ދާއިރާގައި އެންމެ ކާމިޔާބު އެއް ރަށެވެ. އެ ރަށުގެ މައި ރަށުގައި 41.2 ހެކްޓަރުގެ ބިން އޮތްއިރު، އަލަށް ހިއްކާފައިވާ ރަށުގައި 30.7 ހެކްޓަރުގެ ބިން އޮވެ އެވެ.

މާފުށީގައި ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 2،274 ކަމަށް ވިޔަސް، އެ ރަށުގެ ކައުންސިލުން އަންދާޒާކުރާ ގޮތުގައި އެ ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު 5،000 އަށް ވުރެ ގިނަ އެވެ.

އާ މާފުއްޓަކީ މައިގަނޑު ގޮތެއްގައި މާފުށީގެ ރައްޔިތުން ދިރިއުޅޭނެ ގޯތި ދޫކުރަން ހިއްކާފައިވާ ބިމެކެވެ. އެ ތަނުގައި 2000 އަކަފޫޓުގެ 308 ގޯތި އޮންނާނެ އެވެ. 

އާ މާފުށީގައި މި ޕްރޮޖެކްޓު ފަށާއިރު، ރާއްޖޭގެ ގިނަ ރަށްރަށުގައި ބިން ހިއްކާފައި ހުރި ނަމަވެސް އަސާސީ ހިދުމަތްތައް ގާއިމުނުކުރެވޭތީ އެ ބިންތައް ބޭނުންނުކުރެވޭ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށުގެ ބިން ވަނީ ހިއްކާފަ އެވެ. ނަމަވެސް މީގެ ތެރެއިން މީހުން އާބާދުކުރެވޭ ވަރަށް ވަސީލަތްތައް ގާއިމުކުރެވިފައި ވަނީ ވަރަށް މަދު ތަނެއްގަ އެވެ.

މާލޭ ސަރަހައްދަށް ބަލާއިރު ވެސް، ގުޅީފަޅާއި ހުޅުމާލެ ފޭސް 3 ގެ އިތުރުން ގިރާވަރުފަޅާއި ރަސްމާލެ ހިމެނޭހެން ގިނަ ބިންތަކެއް ހިއްކާ، އަދި މިހާރު ވެސް އަންނަނީ ހިއްކަމުންނެވެ. ނަމަވެސް، މިއިން އެއްވެސް ތަނެއްގައި ފެނާއި، ކަރަންޓާއި، ނަރުދަމާގެ އިތުރުން މަގުތައް ތަރައްގީކުރެވިފައި ނުވާތީ، އެ ތަންތަނުގައި މީހުންނަށް ދިރިއުޅެވޭނެ ގޮތެއް އަދި ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox