މާލީ ބަޔާން: ތިން މެންބަރަކަށް ހަދިޔާގެ ގޮތުގައި ފައިސާ ލިބުނު

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކަށް ހެޔޮއެދޭ މީހުންގެ ފަރާތުން ހަދިޔާގެ ގޮތުގައި ފައިސާ ލިބުނުކަން އެ މެންބަރުން ހުށަހެޅި މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

މަޖިލީހުގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފައިވާ މާލީ ބަޔާންތަކުން އެނގޭ ގޮތުގައި ހަދިޔާގެ ގޮތުގައި ފައިސާ ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހްމަދު ޝަމްހީދު އަދި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއަށެވެ. 

އަބްދުއްރަހީމްގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އޭނާއަށް ހެޔޮއެދޭ މީހުންގެ ފަރާތުން 120،191.76ރ. ލިބިފައިވާއިރު، އެ ފައިސާ ހަރަދުކުރީ ދަތުރުފަތުރު ކުރުމަށާއި، އަދި ކްރެޑިޓް ކާޑުތަކުގެ ފައިސާ ދެއްކުމަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. 

Advertisement

ޝަމްހީދަށް ހެޔޮއެދޭ މީހުންގެ ފަރާތުން ހަދިޔާގެ ގޮތުގައި 36،000 ޑޮލަރު ލިބިފައިވާއިރު، އަބްދުﷲ ރިފާއުއަށް ހެޔޮއެދޭ މީހުންގެ ފަރާތުން ހަދިޔާގެ ގޮތުގައި ތިން ލައްކަ ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް އެ ފައިސާ ހަރަދުކުރި ކަމެއް މާލީ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީއެންސީ މެންބަރުންނަށް ކޮންމެ މަހަކު ރައީސް މުހައްމަދު މުއިއްޒު ހަދިޔާއެއްގެ ގޮތުގައި 50،000ރ. ދޭ ކަމަށް މި ނޫހުން ކުރިން ރިޕޯޓުކޮށްފައިވާނެ އެވެ. އެކަމާ ގުޅޭ ޑޮކިއުމަންޓްރީއެއްވެސް މި ނޫހުން ގެނެސްދިނެވެ. 

ރައްޔިތުންގެ މަޖިލީހުން ބުނެފައިވާ ގޮތުގައި މާލީ ބަޔާން ހުށަހަޅަން ކަނޑައަޅާފައިވާ އޮގަސްޓް 31، ގެ ނިޔަލަށް މާލީ ބަޔާން ހުށަހަޅުއްވާފައިވަނީ 91 މެންބަރުންނެވެ. މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން މާލީ ބަޔާން ހުށަނާޅުއްވަނީ    މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) އާއި ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ  އެވެ. 

މަޖިލީހުން އާންމުކޮށްފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ވަނީ އަހަރެއްގެ ތެރޭގައި ލިބުނު އާމުދަނީ އާއި ބޭންކު އެކައުންޓުތަކުގައި ހުރި ފައިސާ އާއި އަމިއްލަ ނަމުގައި ހުރި ދަރަނި/ލޯނުތަކާއި އަމިއްލަ ނަމުގައި ހުރި މުދަލުގެ ތަފުސީލެވެ.

އެއްވެސް ކުންފުންޏެއްގައި ހިއްސާއެއް އޮތް ނަމަ އޭގެ ތަފުސީލާއި ނަގުދު ފައިސާގެ ގޮތުގައި ހުރި ފައިސާގެ އަދަދާއި ވިއްކާލާފައިވާ ބައެއް ކެޓަގަރީތަކުގެ މުދަލުގެ ތަފުސީލާއި އިންޓެލެކްޗުއަލް ޕްރޮޕަޓީގެ ގޮތުގައި ބެލެވޭ އެއްވެސް އެއްޗެއްގެ ތަފުސީލު ވެސް ބަޔާންތަކުގައި ހިމަނަންޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox