ކޮވިޑުގެ ސަބަބުން ތަރައްގީގައި ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް

މުޅި ދުނިޔޭގައި ފެތުރުނު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަތަހަށް ސޮއްސާލި ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ.

އދ. އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވަލް ހަފްތާގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި އިރުތިޝާމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ވޭތުވެދިޔަ 15 އަހަރުގެ ތަރައްގީގެ ކުރިއެރުންތައް ފަހަތަށް ދިޔަ ކަމަށެވެ. 

ސިޑްސް ގައުމުތަކަށް ދެމެހެއްޓެނިވި މާލީ އެހީތެރިކަމާއި، ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި އެވެ.

Advertisement

މީގެ އިތުރުން އިރުތިޝާމް ވިދާޅުވީ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތަކާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، އަދި ބަލިތައް މޮނިޓާކުރާ ލެބޯޓްރީ ނެޓްވޯކްތަކަށް އިންވެސްޓްކުރުން މުހިންމު ކަމަށެވެ. 

ކުރިމަގުގައި އަތުވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވުމަށްޓަކައި މާލީ ވަސީލަތްތައް ކަށަވަރުވެފައި އޮތުމާއި، ނިޒާމުތައް އެކަތިގަނޑަކަށް ގުޅިލާމެހިފައިވުމާއި، ބޭނުންވާ ތަކެއްޗާއި ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ މަގު ފަހިވެފައި އޮތުމުގެ އިތުރުން މުޖުތަމައުގެ ފުރިހަމަ ތައްޔާރީ ހާލަތު އޮތުމަކީ އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ކޮންމެހެން މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

މި ބައްދަލުވުމަކީ އދ. ގެ އާންމު މަޖިލީހުގެ ގަރާރު ނަންބަރު 79/333 ގެ ދަށުން ބާއްވަމުންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ބަލިމަޑުކަމުން ރައްކާތެރިވުމާ ގުޅޭގޮތުން 2023 ވަނަ އަހަރު ފާސްކުރި "ޕޮލިޓިކަލް ޑެކްލެރޭޝަން އޮން ޕެންޑެމިކް ޕްރިވެންޝަން ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް" ތަންފީޛުކުރެވެމުންދާ މިންވަރު މުރާޖައާކުރުމެވެ. 

 މި ބައްދަލުވުމުގެ މަޝްވަރާތައް ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި މިދާއިރާއިން ލިބިފައިވާ ކުރިއެރުންތައް ދެނެގަތުމަށާއި، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަލިތަކަށް އިޖާބަދެވޭފަދަ ވަރުގަދަ ސިއްހީ ނިޒާމުތަކެއް ބިނާކުރުމުގެ މައްޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox