ގައުމުތަކުން އެކަށީގެންވާ އެހީ ނުލިބެނީ ހާރިޖީ ގުޅުން ރަނގަޅަށް ނުދެމެހެއްޓޭތީ: އަމީތު

މުހައްމަދު އަމީތު: އޭނާ ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް --- ފޮޓޯ: އަދަދު ފައިލް

މުހައްމަދު އަމީތު: އޭނާ ވިދާޅުވީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެފައިވާ ކަމަށް --- ފޮޓޯ: އަދަދު ފައިލް

ގައުމުތަކުން އެކަށީގެންވާ އެހީތެރިކަން ނުލިބެނީ ހާރިޖީ ގުޅުން ރަނގަޅަށް ނުދެމެހެއްޓޭތީ ކަމަށް އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ނައިބު މުގައްރިރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ. 

އަދަދު ނޫހުން ގެނެސްދޭ އެތެރެފުށް ޕްރޮގްރާމުގައި އަމީތު ވިދާޅުވީ ނިމިދިޔަ ދެ ވެރިކަމުގައި ގައުމުތަކާ އެކު އޮތް ގާތް ގުޅުމާއެކު އިގްތިސާދީ ގޮތުން ފައިދާކުރާނެ ބޮޑެތި ކަންކަން ކުރެވުނު ކަމަށާއި މި ވެރިކަމުގައި މިހާތަނަށް އެފަދަ އެއްވެސް ކަމެއް ނުކުރެވިގެން އުޅެނީ ހާރިޖީ ގުޅުން ރަނގަޅަށް ނުދެމެހެއްޓޭތީ ކަމަށެވެ. 

"ރައީސް ޔާމީނުގެ ވެރިކަމުގައި ރަނގަޅު ޗައިނާއާއެކީގައި އޮތް ގުޅުމުގެ ތެރެއިން އަޅުގަނޑުމެންނަށް ބްރިޖެއް ލިބިގެންދިޔަ އަދި އެއީ އަޅުގަނޑުމެންގެ އިގްތިސާދީ ނަފާވެރިކަމާ ގުޅުންހުރި ހަމަ ރަނގަޅު އިންވެސްޓްމަންޓެއް ގޮތުގައި މިއަދު އަޅުގަނޑުމެންނަށް ސިފަކުރެވޭ. ދެން ރައީސް ސޯލިހުގެ ދައުރުގައި އިންޑިއާއާއެކީގައި އޮތް ގާތް ގުޅުމުގެ ތެރޭގައި އަޅުގަނޑުމެންނަށް ހަމަ  ބްރިޖެއް ލިބިގެންދިޔަ. އެ ބްރިޖް ނިމުނީމަ އަޅުގަނޑުމެންނަށް އޭގެ އިގްތިސާދީ ނަފާވެރިކަން ކޮންމެ ގޮތެއްވިޔަސް ފެނިގެންދާނެ،" އަމީތު ވިދާޅުވި އެވެ. 

Advertisement

"ދެން މި ދައުރުގައި މިހާތަނަށް އައިއިރުގައި ކީއްވެގެންތޯ މިއިން އެއްވެސް ގައުމަކުން އެކަށީގެންވާ އެހީތެރިކަމެއް އަޅުގަނޑުމެންގެ ރާއްޖެއަށް ނުލިބެނީ. އެ ނުލިބިގެން މިދާ ދިއުން އަޅުގަނޑުމެން ސިފަކުރަން މިޖެހެނީ ހާރިޖީ ގުޅުން ރަނގަޅަށް ނުދެމެހެއްޓުނީމަ."

އަމީތު ވިދާޅުވީ މި ވެރިކަމުގައި ޗައިނާއާއެކު ހެދި 12 އެއްބަސްވުމުގެ ތެރެއިން ޗައިނާގެ ހިލޭ އެހީގެ ދަށުން ގްރޭޓާ މާލޭގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރާނެ ކަމަށް ބުނި ނަމަވެސް މިހާތަނަށް އެ މަޝްރޫއު ފެށިފައި ނުވާ ކަމަށާއި ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި އެ މަޝްރޫއު ނިންމިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 

ރާއްޖެއަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ނުލިބި ހާރިޖީ ސިޔާސާތު ފެއިލްވެފައިވާ މަންޒަރު ފެންނަ ކަމަށް އަމީތު ވިދާޅުވި އެވެ.

 "ރަނގަޅު ޕްރޮޖެކްޓެއް، ފައިސާގެ އެހީތެރިކަން، ބަޖެޓްރީ ސަޕޯޓް، ލޯނެއް ކަށަވަރުނުވުން ނުވަތަ އަޅުގަނޑުމެންގެ މިހުރި ދަރަނި ރީސްޓްރަކްޗާކުރުމުގެ ފުރުސަތު ލިބިގެން ނުދިއުން މިއީ އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ފެއިލްވެގެންދިޔުން،" އަމީތު ވިދާޅުވި އެވެ.  

އަމީތު ވިދާޅުވީ އިންޑިއާ އަދި ޗައިނާއާއެކު ރަނގަޅު ގުޅުމެއް ނުދެމެހެއްޓޭނަމަ ބޭރުން ރަނގަޅު އިންވެސްޓްތަކެއް ރާއްޖެއަށް ނުލިބޭނެ ކަމަށާއި އޭގެ ނަތީޖާ މިހާރު ވެސް ފެންނަަމުންދާ ކަމަށެވެ. 

އިގްތިސާދީ ގޮތުން ވެސް ރާއްޖެއަށް ދިމާވެގެން މިއުޅޭ ކަންކަމަކީ ހާރިޖީ ސިޔާސަތު ފެއިލްވުންކަން ފާހަގަކުރައްވާ އަމީތު ވިދާޅުވީ މި ސަރުކާރުން ވެރިކަމުގެ ފުރަތަމަކޮޅު ދަރަނި ރީސްޓްރަކްޗާކޮށް، ބަޖެޓްރީ ސަޕޯޓު ހޯދިނަމަ ކަންކަން ރަނގަޅުވީސް ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox