ކުށް ސާބިތުވުމުގެ ކުރިން ވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭ ގޮތަށް ފަރުމާކޮށް މަޖިލީހަށް ބިލެއް ހުށަހަޅައިފި

ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު: އޭނާ ހުށަހެޅުއްވި ބިލުގައި ވަނީ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ހުރިހާ އުސޫލެއް ބަޔާންކޮށްފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފުވައްމަލުކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު: އޭނާ ހުށަހެޅުއްވި ބިލުގައި ވަނީ ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ ހުރިހާ އުސޫލެއް ބަޔާންކޮށްފައި ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު، އަލީ ފަޒާދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި މީހެއްގެ މައްޗަށް ކުށް ސާބިތުވުމުން ކުށް ކޮށްގެން ހޯދާފައިވާ މުދާ ދައުލަތައް ނެގުމުގެ އުސޫލުތަކާއި އިސްތިސްނާ ހާލަތްތަކެއްގައި ކުށް ސާބިތުނުވަނީސް ވެސް ކުށް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ އުސޫލުތައް ހިމަނާފައިވެ އެވެ.

އެ ބިލުގައިވާ ގޮތުން، އެ ބިލު ގާނޫނަކަށްވުމުގެ ކުރިން ކުށް ކޮށްގެން ހޯދާފައިވާ މުދާ ވެސް ދައުލަތަށް ނެގޭނެ އެވެ. 

އެ ބިލުގައި މުދާ ނެގޭނެ ކުށްތަކުގެ ގޮތުގައި 15 ކުށެއް އެ ބިލުގައި ހިމަނައިފައިވެ އެވެ. އެއީ:

  • ޓެރަރިޒަމްގެ ކުށް
  • ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ކުށް
  • މީހަކު މެރުމުގެ ކުށް
  • މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • މީހުން ޓްރެފިކް ކުރުމުގެ ކުށް
  • އެކްސްޕްލޮއިޓޭޝަންގެ އަމަލު އެކުލެވޭ ޖިންސީ ކުށް
  • ހަތިޔާރު ޓްރެފިކް ކުރުމުގެ ކުށް
  • ފައިސާ އަދި އަހުގުރި އެއްޗެހި ކައުންޓާފީޓް ކުރުމުގެ ކުށް
  • އިންސައިޑާ ޓްރޭޑިން އަދި މާކެޓް މެނިޕިއުލޭޝަންގެ ކުށް
  • ކޮރަޕްޝަންގެ ކުށް
  • އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށް
  • 500،000ރ. އިން ފެށިގެން މަތީނެ ފައިސާގެ އަދަދު ހިމެނޭ ޓެކްސް ދެއްކުމުގެ އެއްކިބާވުމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ފޭރުމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ވައްކަމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ހިޔާނާތުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ ވަގަށް ނަގާފައިވާ ތަކެތި ޓްރެފިކް ކުރުމުގެ ކުށް
  • 100،000ރ. އަށްވުރެ މަތީގެ ފައިސާ ހިމެނޭ މުދާ ސްމަގްލް ކުރުމުގެ ކުށް
  • ޖިނާއީ ބޮޑު ކުށެއް ކަމުގައި ގާނޫނެއްގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތެރެއިން އެ ކުށެއް ކޮށްގެން މުދާ ހޯދޭ ކޮންމެ ކުށެއް

ބޭރު ގައުމުތައް މެދުވެރިކޮށް ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގެ އުސޫލާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކަށް ނިސްބަތްވާ މީހުން ކުށް ކޮށްގެން ހޯދާ މުދާ ހިފެހެއްޓުމާއި ދައުލަތަށް ނެގުމުގައި އެ މީހުން ނިސްބަތްވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާބެހޭ އުސޫލުތައް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.

އޭގެ އިތުރުން، ކުށް ކޮށްގެން ހޯދާ މުދަލުން މުއާމަލާތުކުރުން ހުއްޓުވުމަށްޓަކައި، އެ މުދާ ހިފެހެއްޓޭނެ އުސޫލުތަކާއި އެގޮތަށް ހިފެހެއްޓޭ އަދި ދައުލަތަށް ނެގޭ މުދާ ބެލެހެއްޓުމާއި އެ މުދާ ބޭނުންކުރެވޭނެ އުސޫލުތައް ވެސް އެ ބިލުގައި ހިމަނައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox