"ދިވެހީންގެ ރާއްޖޭ" ނަމުގައި ވެރިކަމަށް އައި ސަރުކާރުން މިއަދު އުޅެނީ ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަން: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"ދިވެހީންގެ ރާއްޖޭ" ނަމުގައި ވެރިކަމަށް އައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދިވެހީންގެ އަތުން ރާއްޖެ ފޭރިގަންނަން ކަމަށް ވައިކަރަދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރަސްމާލޭގެ ބިމުން 500 ހެކްޓަރު ބޭރުގެ ބަޔަކަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ ރަސްމާލޭގެ ބިމުގެ އެއްބައި ބޭރުގެ ބަޔަކަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާނެ ކަމެއް ކަމަށެވެ.

"މިއަދާ ހަމައަށް ދިވެހިރާއްޖެ މިނިވަންކަންމަތީގައި މި އޮވެވުނީ ދިވެހީން އެކަނި މި ތަނުގައި ދިރިއުޅޭތީ އިއްޒަތްތެރި ރައީސް، ވަޒަންވެރިވެގެން ދިވެހީން ރައްޔިތުން، މިއަދު އަޅުގަނޑުމެން ފުރުސަތު މި ދެނީ 20 ވަނަ މަޖިލީހުން އެހެން ގައުމެއްގެ ބައެއް މި ތަނުގައި ވަޒަންވެރިވާން،" ޒިޔާދު ވިދާޅުވި އެވެ.

Advertisement

ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅުހަދަން ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނަށް ކެރިވަޑައިނުގަންނަވަނީ އެ ބޭފުޅުންގެ އަޅުވެތިކަން ބޮޑުކަމުން ކަމަށް ޒިޔާދު ތުހުމަތުކުރެއްވި އެވެ.

މުޅި ރާއްޖޭގެ އިގުތިސާދު އަނދަވަޅަކަށް ވައްޓާލައިފައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ އެ ތަނުން ދިވެހީންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"މި މަޝްރޫއު ފެށުމުގެ ސަބަބުން ދިވެހީން މިއަދު އުފުލަން ޖެހުނު ހުރިހާ ތަކުލީފެއް އުފުލަން ޖެހުނީ، ތަކުރާރުކޮށް ރައީސުލްޖުމްހޫރިއްޔާ ބުނަމުންދިޔައީ ދިވެހީން ފަސްޓްއޭ، ދިވެހީންނަށޭ އިސްކަން ދޭނީ ދިވެހީންގެ ރާއްޖެޔޭ، އެހެންނަމަވެސް، އާހިރުަގައި ދިވެހީން މިވީ ޑަސްޓްއަށް،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަސްމާލެއިން ދިވެއްސަކަށް ބިންކޮޅެއް ލިބެނީ އެ މީހެއްގެ ވަންހަދިލަކޮޅުން ވާރުތަވަމުން އައި މުދާ ދޫކޮށްލާފައި ކަމަށެވެ. އެހެންނަމަވެސް، ރަސްމާލޭގެ ދެބައިކުޅަ އެއްބައި ބޭރުގެ ބަޔަކަށް ލިބުމުން، ފަސޭހަކަމާއެކު އެ ތަނުން ޕްރޮޕަޓީތައް ގަނެގެން ބޭރުގެ މީހުންނަށް އެ ތަނުގައި ވަޒަންވެރިވުމުގެ ފުރުސަތު ހުޅުވިގެންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދިނުމަކީ ރިސޯޓުތައް ތަރައްގީކުރަން ރަށްތަށް ދޫކުރުމާ އެތައް ގޮތަކުން ތަފާތުކަމެއްކަން ޒިޔާދު ފާހަގަކުރެއްވި އެވެ.

އެގޮތުން، ރާއްޖޭގައި ތަރައްގީކުރާ ރިސޯޓުތަކަށް އަންނަނީ ފަތުރުވެރިން ކަމަށާއި އެ މީހުންނަކީ ޗުއްޓީ ހޭދަކޮށްލުމަށްފަހު އެނބުރި ދާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ރަސްމާލޭގެ ބިން ބޭރުގެ ބަޔަކަށް ދެނީ އެ ތަނުގައި އެ މީހުންނަށް ވަޒަންވެރިވެ ދިރިއުޅެވޭ ގޮތަށް ކަމަށް ޒިޔާދު ވިދާޅުވި އެވެ.

"މާދަމާ މި ތަނުގައި 500 ހެކްޓަރު، އެއީ ފުވައްމުލަކަށްވުރެ ބޮޑު ތަނެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އިއްޒަތްތެރި ރައީސް، އެ ތަނުގައި ދިރިއުޅޭ މީހުންގެ ހައްގުގައި އެ ތަނެއްގެ ރައްޔިތުންގެ ހައްގުގައި އެ ގައުމުތަކުން އައިސް މި ތަނުގައި ބާރު ހިންގާނެ،" ޒިޔާދު ވިދާޅުވި އެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޒިޔާދު ދެއްކެވީ ފަލަސްތީނުގެ ވާހަކަ އެވެ. އޭނާ ވިދާޅުވީ އެ ތަނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންނަކީ ވެސް އެއް ޒަމާނެއްގައި އެ ތަނަށް ގެންގޮސް ވަޒަންވެރިވުމުގެ ފުރުސަތު ދެވުނު ބައެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުން މުއިއްޒުއާ ބައްދަލުކޮށްފި

ރަސްމާލެއިން ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން އާންމުންގެ ކަންބޮޑުވުން އޮތް ނަމަވެސް، ޖަމިއްޔަތުއް ސަލަފުގެ އިސްވެރިން ރައީސް މުއިއްޒުއާ ބައްދަލުކުރައްވައި އެކަމުގައި އެއްވެސް ކަންބޮޑުވުމެއް ފާޅުކޮށްފައެއް ނުވެއެވެ. މި މަޝްރޫއު ދިރާސާކުރަމުންދާ ކަމަށް ކުރިން ބުނި ނަމަވެސް، ގައުމީ މިފަދަ ބޮޑު ކަމެއްގައި އެ ޖަމިއްޔާއިން ހަނު އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާރީ ބިސްކޯދު އުފެއްދުން ހުއްޓާލަނީ

މެލޭޝިއާގެ މަޝްހޫރު "ލީ ބިސްކަޓްސް" ކުންފުނިން 92 އަހަރަށްފަހު ބިސްކޯދު އުފެއްދުން މިއަހަރުގެ އޮކްޓޫބަރު މަހު އެއްކޮށް ހުއްޓާލަން ނިންމައިފިއެވެ. މި ނިންމުމަކީ ކުންފުނީގެ ވިޔަފާރި އަލުން ތަރުތީބުކޮށް، ރަބަރާއި ޕާމް އޮއިލް ފަދަ އަސާސީ ވިޔަފާރިތަކަށް އިސްކަންދިނުމަށް ނިންމި ނިންމުމެކެވެ. ފެކްޓްރީ ބަންދުކުރުމާ ގުޅިގެން 300 އެއްހާ މުވައްޒަފުންގެ ވަޒީފާ ގެއްލޭއިރު، ދެން މި ބިސްކޯދު ލިބެން ހުންނާނީ ބާޒާރުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެނެވެ.

ރަސްމާލެ ވިއްކާލުމާ ދެކޮޅު ހަރަކާތަށް އެމްސީސީން އެއްބާރުލުންދެނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ކުރިއަށްގެންދާ "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތަށް މާލެ ސިޓީ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މި ހަރަކާތަކީ ރަސްމާލެއިން ހިއްކާ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމާ ދެކޮޅަށް ސިޔާސީ އެކި ފަރާތްތައް ގުޅިގެން ފަށާފައިވާ ގައުމީ ހަރަކާތެކެވެ.

މުސާރަ ބޮޑުކުރާ ނިންމުން އަނބުރާ ގެންދަން ގޮވާލައިފި

މަޖިލިސް ރައީސާއި ވަޒީރުންގެ މުސާރަ ބޮޑުކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުން އަނބުރާ ގެންދިއުމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ގޮވާލާފައެވެ. އެ ޕާޓީން ބުނާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 40 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެތީ، އަމިއްލަ މަންފާއަށްވުރެ ރައްޔިތުންނަށް މުހިންމު ކަންކަމަށް އިސްކަންދޭންޖެހެއެވެ.

ުހުވަދޫ ރޭޕް މައްސަލައިގައި ހައްޔަރުކުރީ ތިނަދޫ ވެމްކޯ މެނޭޖަރު

ހުވަދޫގައި ހިނގި ރޭޕްގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ނުވަ މީހުންގެ ތެރޭގައި ތިނަދޫ ސިޓީގެ ވެމްކޯ މެނޭޖަރު އަލީ ހުޒާމް ސައީދު ހިމެނޭއިރު، އޭނާގެ ބަންދަށް ކޯޓުން ވަނީ 90 ދުވަސް ޖަހާފައެވެ.

ހުވަދޫ ރޭޕްގެ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުން ބަންދަށް

ހުވަދޫ އަތޮޅުގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފިއެވެ. މީގެ ތެރެއިން ދެ މީހަކު 90 ދުވަހަށް ބަންދުކޮށްފައިވާއިރު، ބާކީ ތިބި މީހުން 5 ދުވަހާއި 30 ދުވަހާ ދެމެދުގެ މުއްދަތުތަކަށް ވަނީ ބަންދުކޮށްފައެވެ. މި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

"އަކުރު ޓައިޕް" އަށް މޯލްޑިވްސް އެކްސްޕޯގައި ދެ އެވޯޑެއް

މޯލްޑިވްސް އެކްސްޕޯ 2026 ގައި "އަކުރު ޓައިޕް" އިން އައިސީޓީ ދާއިރާއިން ދެ އެވޯޑެއް ހާސިލްކޮށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތެރޭގައި "އަދަރ އިނޮވޭޝަންސް އިން ޓެކް" އިން އެއްވަނަ އަދި މުޅި އައިސީޓީ ކެޓަގަރީން ތިންވަނަ ހިމެނެއެވެ. ދިވެހި ފޮންޓުތައް އެއްތަނަކުން ލިބޭ މި ޕްލެޓްފޯމުގެ އުފެއްދުންތައް ނޮވެމްބަރު 4 ގެ ނިޔަލަށް އެކްސްޕޯގެ ޑިޖިޓަލް ޕެވިލިއަންއިން ފެންނާނެއެވެ.

Newsletter

Get the latest news delivered straight to your inbox