ބޭރުގެ ބަޔަކަށް ރަސްމާލެ ދޫކޮށްލުމާ ގުޅޭ ގޮތުން އަދާލަތު ޕާޓީގެ އިސްވެރިންނަށް މުއްތަލިބު ޕްރެޒެންޓޭޝަނެއް ދެއްވައިފި

ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު އާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އަދާލަތު ޕާޓީ

ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު އާއެކު އަދާލަތު ޕާޓީގެ ލީޑަޝިޕުން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: އަދާލަތު ޕާޓީ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭގެ ދެބައިކުޅަ އެއްބައި ދޫކޮށްލުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ ލީޑަޝިޕަށް ސަރުކާރުން ޕްރެޒެންޓޭޝަނެއް ދީފި އެވެ.

އަދާލަތު ޕާޓީގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން އެ ޕާޓީން ސާފުކުރަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބާ ބައްދަލުކޮށްފައިވާ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް، މުހައްމަދު ޝިފާންގެ އިތުރުން ވެސް އެ ޕާޓީގެ ބައެއް އެހެން އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކާއި ހިއްސާކުރި މައުލޫމާތުގެ ތަފުސީލެއް އެ ޕާޓީން ނުދެ އެވެ.

ސަރުކާރުގެ ފަރާތުން އަދާލަތު ޕާޓީއަށް ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައި މިވަނީ، އެ މަޝްރޫއުއާ ގުޅޭގޮތުން ކަންބޮޑުވުމެއް އޮތްތޯ ބެލުމުގެ މަސައްކަތްތަކެއް ކުރަން ނިންމާފައިވާކަން އެ ޕާޓީން އިއުލާނުކުރި ފަހުންނެވެ.

ރަސްމާލެ ދިނީ 99 އަހަރަކަށް ނޫން, ތާއަބަދަށް!

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ."

އަދާލަތު ޕާޓީގެ އިތުރުން، ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ސަރުކާރުން މިހައިތަނަށް ހާމަނުކޮށް ހުރި މައުލޫމާތުތައް ހާމަކޮށްދިނުމަށް އެދި ޕީއެންއެފްއިން ވެސް ވަނީ ރައީސް މުހައްމަދު މުއިއްޒުއަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޕީއެންއެފްއިން ފޮނުވާފައިވާ ސިޓީގައި ބުނީ ރަސްމާލެ ޑީލްގައި ގޮތް ނޭނގޭ އެތައް ކަމެއް ހުރި ކަމަށެވެ. އަދި، އެ މުއާމަލާތުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

އެހެންކަމުން މިހައިތަނަށް އެ މުއާމަލާތާ ބެހޭގޮތުން ސަރުކާރުން ހާމަނުކޮށް ހުރި 34 ކަމެއް ސާފުކޮށްދިނުމަށް އެ ސިޓީގައި ރައީސްގެ ކިބައިން އެދިފައިވެ އެވެ.

ރަސްމާލެ އުމުރަށް ދޫކޮށްލަން ހެދި އެއްބަސްވުމުގެ ހަގީގަތް އޮޅުވާލަން މިނިސްޓަރު މުއްތަލިބު މަސައްކަތް ކުރައްވަނީ

"ރަސްމާލޭން ޕްރޮޕަޓީ ގަންނަ ފަރާތުގެ މިލްކަކީ އެ ޕްރޮޕަޓީއެކެވެ. އެ ޕްރޮޕަޓީ ހިމެނޭ ބިމަކީ ދިވެހި ދައުލަތުގެ މިލްކެއް. އެ ޕްރޮޕަޓީއެއް ވިއްކާލާ ނަމަ، ނުވަތަ އެފަރާތެއް މަރުވުމުން ވާރުތަވާ ނަމަ، ވާރުތަވާނީ ދިވެހި ސަރުކާރުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހުއްދަކުރާނަމަ،" މުއްތަލިބު ވިދާޅުވި އެވެ.

އީގަލް ހިލްސްއަށް ރަސްމާލެ ދޭން ސިއްރު އެގްރިމެންޓެއްގައި ސޮއި ކުރީ މިދިޔަ މަހުގެ 21 ގަ އެވެ. އެ އެގްރިމެންޓު ހާމަނުކޮށް ސަރުކާރުން ބުނަމުން އައީ ރަސްމާލެ ދިނީ 99 އަހަރަށް ކަމަށެވެ. އެތަން ދިނީ، ލީސް އެކުއިޒިޝަން ކޮސްޓެއް އަދި ކުއްޔެއް ވެސް ނުނަގާ ގޮތަށް މުޅިން ހިލެ އެވެ. 

މި މައްސަލައިގައި ސަރުކާރަށް އިންތިހާއަށް ފާޑުކިޔުން އަމާޒުވި ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ މިއީ ރަނގަޅު މުއާމަލާތެއް ކަމުގައި ދައްކާށެވެ. އެ ގޮތުން މިއީ އާންމު އުސޫލުން ރިސޯޓުތައް ދޭ ގޮތަށް ދީފައިވާ ތަނެއް ކަމަށާއި މި އިންވެސްޓުމަންޓުން ރާއްޖެ ނުދެކޭ ވަރުގެ އާމްދަނީ ވަންނާނެ ކަމަށް އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު އާ ލީސްއެއް ލިބޭނެ

މުއްތަލިބު މިރޭ ދެއްކި ވާހަކަ، އީގަލްސް ހިލްސް އިން ދެއްކި ވާހަކައާ ފުށުއެއް ނާރަ އެވެ. މުއްތަލިބު ވިދާޅުވީ ރަސްމާލެއިން ތަނެއް ގަންނަ މީހަކަށް ލިބޭ ކުލީގެ މުއްދަތު 99 އަހަރަށްވުރެ އިތުރު ކުރުމުގެ ފުރުސަތު އޭނާއަށް ނޯންނާނެ ކަމަށެވެ. ނަމަވެސް އޭނާ އެތަން ވިއްކާލައިފި ނަމަ ގަންނަ ފަރާތަށް ލިބޭނީ އާ ލީސްއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި މިނިސްޓަރު މުއްތަލިބުގެ ވާހަކަ ދިމައެއްނުވި

ނަމަވެސް މީހަކު އެތަނުން ޕްރޮޕަޓީއެއް ވިއްކާލަން ބޭނުންވެއްޖެ ނަމަ ސަރުކާރުން ކުޅޭނީ ހަމައެކަނި މެދުވެރިއެއްގެ ރޯލު ކަމަށް، ރަސްމާލެ ވިއްކާލަން އީގަލްސް ހިލްސްއާއެކު ކޮމާޝަލް ޓާމްސް އެގްރިމެންޓުގައި ސޮއި ކުރެއްވި މުއްތަލިބު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދެއް ފެނުގެ ތެރޭގައި

ހުއްޓުމެއްނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާއިރު، އެމްއެންޑީއެފުން ދަނީ ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެކަމަށް ލަފާކޮށްފި

ބޭ އޮފް ބެންގާލް އާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން، ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވިއްސާރަކޮށް، ކުރިއަށް އޮތް ތިން ދުވަހު ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޖިންސީ ތުހުމަތެއް އަމާޒުވީ ގާޒީ އިހްސާން އިސްތިއުފާ ދެއްވައިފި

"ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒު އަބްދުﷲ އިހްސާން 21 އޮކްޓޫބަރު 2026 އިން ފެށިގެން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާ ކޮމިޝަނަށް ހުށަހަޅުއްވާފައިވާތީ، މިއަދުން ފެށިގެން އަލްއުސްތާޒު އަބްދުﷲ އިހްސާން ފަނޑިޔާރުކަމުގެ މަގާމުން ވަނީ ވަކިވެފަ،" ޖޭއެއްސީ އިން ބުނެފައިވެ އެވެ.

އައްޑޫ ޑިޖިޓަލް ހަބް އޮކްސީކާއާ ހަވާލުކޮށްފި

އައްޑޫ ސިޓީ ކައުންސިލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް ޒަމާނީ ކުރުމަށްޓަކައި "އައްޑޫ ޑިޖިޓަލް ހަބް" ފަރުމާކޮށް ތަރައްގީކުރުމުގެ މަސައްކަތް ދިވެހި ކުންފުންޏެއް ކަމަށްވާ އޮކްސީކާއާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ ދަށުން 65 އަށްވުރެ ގިނަ ޚިދުމަތް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖެހި، ކައުންސިލަށް ދާންޖެހޭ ދިއުމާއި ކަރުދާހުގެ މަސައްކަތްތައް މަދުވެ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.

ދެކުނު ރަށެއްގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

މި މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހާދިސާ ހިނގި ރަށާއި ހައްޔަރުކުރި މީހާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Newsletter

Get the latest news delivered straight to your inbox