ޓާފް ދަނޑެއްގައި ކުޅެން ޖެހޭތީ ސޫދާނާ ދެކޮޅަށް ސަލާހު ނުފެންނާނެ

Sep 27, 2026, 8:49 AM
މިސްރުގެ މެޗެއްގެ ތެރެއިން ސަލާހު: ސައުތު ސޫދާން މެޗުގައި ނުކުޅެން ވަނީ ނިންމާފައި.

މިސްރުގެ މެޗެއްގެ ތެރެއިން ސަލާހު: ސައުތު ސޫދާން މެޗުގައި ނުކުޅެން ވަނީ ނިންމާފައި.

ގާހިރާ، މިސްރު (ސެޕްޓެމްބަރު 27) - އަންނަ އަންގާރަ ދުވަހު، އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި މިސްރުން ސައުތު ސޫދާނާ ދެކޮޅަށް ކުޅޭ މެޗުގައި މިސްރުގެ ކެޕްޓަން، މުހައްމަަދު ސަލާހު ނުކުޅެން ނިންމައިފި އެވެ. 

އުމުރުން 34 އަހަރުގެ ސަލާހު ވަނީ، މިސްރުން އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކޮލިފައިންގައި އެންގޯލާއާ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ކުޅެފަ އެވެ. ހުކުރު ދުވަހު ކުޅުނު މި މެޗުގައި، ސަލާހު ވަނީ 60 މިނިޓަށް ފަހު ބަދަލުކޮށްފަ އެވެ. 

މިސްރު ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މަހު 29 ވަނަ ދުވަހު (އަންގާރަ ދުވަހު) ސައުތު ސޫދާނާ ދެކޮޅަށް ކުޅޭ މެޗުގައި ސަލާހު ނުކުޅޭނެ ކަމަށެވެ. އަދި، އެ ނިންމުމަކީ، މިސްރުގެ ކޯޗު ހޮސާމް ހަސަންއާ މަޝްވަރާ ކުރުމަށް ފަހު ސަލާހު އެދިގެން ނިންމި ނިންމުމެއް ކަމަށް މިސްރުގެ އެފްއޭއާ ހަވާލާދީ މިސްރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

Advertisement

ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯންސްޕޯރަށް ކުޅެމުން އަންނަ ލިވަޕޫލްގެ ކުރީގެ ތަރި، ސަލާހު މި ގޮތަށް އެދިފައިވަނީ ސައުތު ސޫދާނުގައި ކުޅެން ޖެހޭ މެޗު އޮތީ އާޓިފިޝަލް ޓާފް ދަނޑެއްގައި ކަމަށްވާތީ އެވެ. ޕްރޮފެޝަނަލް ގިނަ ކުޅުންތެރިން މި ފަަހުން އަންނަނީ އަނިޔާގެ މައްސަލަތަކުން ސަލާމަތްވުމުގެ ގޮތުން، އާޓިފިޝަލް ޓާފު ދަނޑުތަކުގައި ކުޅޭ މެޗުތަކުގައިި ނުކުޅެން ނިންމަމުންނެވެ. އެ ގޮތުން، މި ފަހުން، ބްރެޒިލްގެ ތަރި، ނޭމާ ވެސް ސަންޓޯސް އިން ޓާފްގައި ކުޅޭ  ގިނަ މެޗުތަކުގައި ނުކުޅެ އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ސަލާހު ވަނީ އެ ޓީމާ އެކު ބޮޑު ނުވަ މުބާރާތެއްގެ ތަށި އުފުލާލައިފަ އެވެ. އެ ޓީމަށް ކުޅުނު 442 މެޗުން 257 ގޯލު ޖެހި އެވެ. ޓްރަބްޒޯންސްޕޯރާ ގުޅުމަށް ފަހު، ތުރުކީ ސުޕަ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ހަތް ގޯލު ޖަހައި، ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox