ސަލާހުގެ ޑީލް ހައިޖެކް ކުރަން ތުރުކީގެ ޓްރަބްޒޯންސްޕޯރުން މަސައްކަތްކުރަނީ

Aug 2, 2026, 4:24 PM
މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މިސްރު ކުޅުނު މެޗެއްގެ ތެރެއިން ސަލާހު.

މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި މިސްރު ކުޅުނު މެޗެއްގެ ތެރެއިން ސަލާހު.

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 2) - މި ވަގުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައި ނެތް، މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު ގެންދަން ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯސްޕޯ އިން ކުރާ މަސައްކަތް ވަރުގަދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 34 އަހަރުގެ ސަލާހުގެ ސޮއި ހޯދަން ތުރުކީ ސުޕަ ލީގުގެ ކްލަބް ބެސިކްޓާސްގެ މެނޭޖްމަންޓަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ޕްރެޝަރު ބޮޑު ކުރަމުންނެވެ. . 

ރިޕޯޓްތައް ބުނާގޮތުން، ބެސިކްޓާސް އިން ވަނީ ސަލާހަށް އަހަރަކު، 15 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެ ޑީލްގެ ކަންކަން ކުރިއަށްދަނިކޮށް، މަޝްވަރާތައް މަޑުޖެހިފައިވަނީ، ސަލާހު، ފުރަތަމަ ކޮންޓްރެކްޓްގައި ސޮއިކުރާއިރު، ހަމަޖައްސަައިދޭ ބޯނަހުގައި، ސަލާހުގެ އޭޖެންޓް ރަމީ އައްބާސް އަށް 30 ޕަސެންޓްގެ ކޮމިޝަނެއް ހަމަޖައްސައިދޭން ހުށަހެޅުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

Advertisement

އެކަމާ ބެހޭގޮތުން، މިސްރު މީޑިއާ އިން ސުވާލުކުރުމުން، އައްބާސް ބުނެފައިވަނީ، ސަލާހު ކުޅޭނެ ކްލަބެއް ވަރަށް އަވަހަށް ފައިނަލް ވެގެންދާނެ ކަމަށެވެ. އެކަމަކު، އޭގެ ފަހުން، ސަލާހުގެ ޓްރާންސްފާގެ ކަންކަމުގެ އެއްވެސް ހަރަކާތެއް ނުހިނގާތާ ދެ ހަފްތާ އަށް ވުރެން ގިނަ ދުވަސް ވަނީ ވެފަ އެވެ. 

އެއާ އެކު، ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯންސްޕޯރުން ސަލާހުގެ ސޮއި ހޯދުުމުގެ ޑީލަށް ވަނީ ވަދެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން، ޓްރަބްޒޯންސްޕޯރުން ހުށަހަޅަނީ، ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ، ޖުމްލަ އެކު، 25 މިލިއަން ޑޮޮލަރަށް ވުރެން އިތުރު ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ސަލާހު، އެ ކްލަބާ އެކު ކޮންޓްރެެކްޓްގައި ސޮއިކުރާއިރު، މުސާރައިގެ އިތުރުން ބޯނަހެއް ހަމަޖެއްސުމާއި ދެ އަހަރުގެ ކޮންޓްރެކްޓް ފުރިހަމަަކޮށްފިނަމަ އަދި އިތުރު ބޯނަހެއް ލިބޭ ގޮތަށް ވެސް ޓްރަބްޒޯންސްޕޯރުން ވަނީ ޕްރޮޕޯސަލްގައި ހިމަނައިފަ އެވެ. 

ބެސިކްޓާސް އާއި ޓްރަބްޒޯންސްޕޯރުގެ އިތުރުން، ސަލާހުގެ ސޮއި ހޯދުމަށް ރޯމާ އާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން، ސައުދީ ޕްރޯ ލީގާއި އެމްއެލްއެސްގެ ކްލަބްތައް އަންނަނީ ޕްރޮޕޯސަލްތައް ހުށަހަޅަމުންނެވެ. އަދި، ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ ވެސް ސަލާހު އެ ޓީމަށް ގެންދަން ޝައުގުވެރިވާ ކަމަށް އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. 

އެކަމަކު، ސަލާހުގެ ވިސްނުމަކީ ޔޫރަޕްގެ ކްލަބަކަށް ބަދަލުވުންކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ.

ލިވަޕޫލަށް ކުޅެދިން، 442 މެޗުން 257 ލަނޑު ޖެހި ސަލާހު ވަނީ، އެ މެޗުތަކުގައި، 123 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ލިވަޕޫލާ އެކު، ގިނަ ރެކޯޑްތަކެއް ހަދާފައިވާ ސަލާހު ވަނީ އެ ޓީމާ އެކު، ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަލާހަކީ ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox