މުއިއްޒު ވިދާޅުވީ ބޭރުގެ ބަޔަކަށް 99 އަހަރަށް ރަސްމާލެ ދިނުމުން އިޖްތިމާއީ ގޮތުން ކުރިއެރުން ލިބި އެތައް ޖީލަކަށް ފައިދާވާނެ ކަމަށް

ރޭގެ ޕްރޮގްރާމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ރަސްމާލެ 99 އަހަރަށް ބޭރުގެ ބަޔަކަށް ދިނުމުން ގައުމަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޕްރޮގްރާމުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ވިދާޅުވީ ރަސްމާލެ 99 އަހަރަށް ބޭރުގެ ބަޔަކަށް ދިނުމުން ގައުމަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް 99 އަހަރަށް ބޭރުގެ ބަޔަކަށް ރަސްމާލެ ދިނުމުން އިޖްތިމާއީ ގޮތުން ވެސް ދިވެހިރާއްޖެއަށް ފައިދާވާނެ ކަމަށާއި ބޭރުގެ ބަޔަކަށް ރަސްމާލެ ދިނުމުގެ ފައިދާ އެތައް ޖީލަކަށް ކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އިއްޔެ ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއަށް 99 އަހަރަށް ރަސްމާލެ ދިނުމުން "ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް" ލިބޭނެ ކަމަށެވެ. 

"ހަގީގަތުގައި މިއީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެންނާނެ ކަމެއް. ހަމައެކަނި އިގްތިސާދީ ގޮތަކުން ނޫން، އިޖްތިމާއީ ގޮތުން ވެސް އުމްރާނީ ގޮތުން ވެސް މުޅި ގައުމުގެ ފެންވަރު، ދިރިއުޅުމުގެ ފެންވަރު ވެސް ހުރިހާ ގޮތަކުން ވެސް ވަރަށް މަތިކޮށްދޭނެ މަޝްރޫއުއެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓުގެ ސަބަބުން ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވެސް ފައިދާވާނެ ކަމަށެވެ. 

"ބިމެއް ކްރިއޭޓްވުމަކީ އެންމެ ބޮޑު އެސެޓް އެ ލިބެނީ. ބިމުގެ އަގު ވަރަށް ބޮޑުވާނެ ކޮންމެ ތަނެއްގައި ވެސް ބިން ހިއްކީމަ. ހާއްސަކޮށް އިކޮނޮމިކް އެކްޓިވިޓީ ބޮޑު ސަރަހައްދެއްގައި ބިން އެއީ ވަރަށް ބޮޑު އަގުހުރި ރައުސުލްމާލެއް. އެއީ އަންނަން އޮތް ޖީލުތަކަށް އޭގެން ވަރަށް ފައިދާ ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު އޭނާގެ ލިންކްޑިއިންގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ، ބިން ހޯދާށާއި އެ ބިމުގެ ކުލީގެ ގޮތުގައި އީގަލް ހިލްސްއިން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލޭން މި ގޮތަށް ލިބެން ހުރި ފައިސާތައް ސަރުކާރުން ދޫކޮށްލީ، އޭގެ މުގާބިލުގައި ސަރުކާރަށް މުޅި ޕްރޮޖެކްޓުގެ މުއްދަތުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ ގޮތުންނެވެ. އެ ގޮތުން މިހާރު ރިސޯޓުތައް ތަރައްގީކުރަން ދޭ ގޮތާ ހިލާފަށް، ރަސްމާލޭގެ ބިމުގެ ބަދަލުގައި ސަރުކާރަށް ލިބެނީ އާމްދަނީ އާއި ޓެކްސްތަކެވެ. 

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ރަސްމާލޭގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ދޭން ހޮސްޕިޓަލަކާއި ސްކޫލަކާއި މުނިފޫހިފިލުވައިދޭ ތަންތަން ވެސް ބިނާ ކުރާނެ އެވެ. އެތަނުގައި ހިދުމަތް ދޭނީ ހަލާލު ޓޫރިޒަމުގެ މޮޑަލަށް ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުން އެކަން އަދި ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރިން މިނިސްޓަރު އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް. ޖައިޝަންކަރާ ނިއުދިއްލީގައި ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.

ވޯޓުލުމުގެ އިންތިޒާމުތައް ދަށްވެ މެންބަރުންގެ ޝަކުވާ

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގެ އިންތިޒާމުތައް ދަށްވުމުގެ ސަބަބުން، ވޯޓުލުން ލަސްވުމާއި އޮފިޝަލުންނާއި ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ކުރިމަތިވެ ގިނަ ބައެއްގެ ހިތްހަމަނުޖެހުން އަމާޒުވި. މިކަމާ ގުޅިގެން ޕާޓީގެ ޗެއާޕާސަން ރައީސް ނަޝީދު ވިދާޅުވީ، އިންތިޒާމުތަކަށް ދަތިވީ ސަރުކާރުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށް.

ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވިގެން ވޯޓު ފޮށްޓެއް ބަންދުކޮށްފި

އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި، މާފަންނު ދެކުނު ދާއިރާގެ ވޯޓުލާ ލިސްޓުގައި ނުހިމެނޭ ބަޔަކަށް ޒުވާނުންގެ ވޯޓު ކަރުދާސް ދޫކުރެވުނު މައްސަލައެއްގައި އެ ދާއިރާގެ ވޯޓު ފޮށި ވަނީ ބަންދުކޮށްފައި. މި މައްސަލައާ ގުޅިގެން ކުރީގެ ފޮށި ބަންދުކުރުމަށްފަހު އައު ފޮށްޓެއްގައި ވޯޓުލާން ވަނީ ފަށާފައި.

އެމްޑީޕީ އިންތިހާބުގައި ވޯޓުލުން 09:00 ޖަހަންދެން އިތުރުކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފެށުން ލަސްވުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިރޭ 09:00 އާ ހަމައަށް ވަނީ އިތުރުކޮށްފައި. ޖުމްލަ 1،102 މަގާމަކަށް މެންބަރުން އިންތިޚާބުކުރާ މި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

ނުރައްކާތެރި "ރަތްމަޑި" އައްޑޫން ފެނިގެން ރުއް ބޭރުކުރުން މަނާ

ރުކުގެ އާއިލާގެ ގަސްތަކަށް ނުރައްކާތެރި ގެއްލުންދޭ "ރަތްމަޑި" އައްޑޫ ސިޓީން ފެނުމާ ގުޅިގެން، އެ ސިޓީން އެހެން ރަށްރަށަށް ރުއް ބޭރުކުރުން އެގްރިކަލްޗާ މިނިސްޓްރީން ވަނީ މަނާކޮށްފައި. މި މަޑި ފެތުރުން ހުއްޓުވުމަށްޓަކައި އިންސެކްޓިސައިޑް ޖެހުމާއި ރުއްތައް ބަލައި ފާސްކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް އެ މިނިސްޓްރީން މިހާރު ވަނީ ފަށާފައި.

އެމްޑީޕީ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ 1،102 މަގާމަކަށް މެންބަރުން ހޮވުމަށް ބާއްވާ ވޯޓުލުން މިއަދު މެންދުރުފަހު ވަނީ ފަށާފަައި. މި އިންތިޚާބުގައި ޖުމްލަ 1،612 ކެންޑިޑޭޓުން ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ބާރުގަދަ ގުނަން ކަމަށްވާ ގައުމީ މަޖިލީހުގެ 359 ގޮނޑި ހިމެނޭ. އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ގައި.

މަރުގެ އަދަބުން ސަލާމަތްވި ދިވެއްސަކު ނޭޕާލުން ހައްޔަރުކޮށްފި

ލަންކާގައި އިއްވި މަރުގެ ހުކުމުން ދާދިފަހުން ސަލާމަތްވި ދިވެއްސަކު، ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ނޭޕާލުން ހައްޔަރުކުރި. ނޭޕާލް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ ކަތަމަންޑޫގެ ހޮޓަލެއްގައި ހުއްޓާ، އެކި ގައުމުތަކުގެ ފައިސާ ފެނުމާ ގުޅިގެން.

Newsletter

Get the latest news delivered straight to your inbox