ބިދޭސީން މަހުޖަނުންނަށް 99 އަހަރަށް ރަސްމާލެ ދިނުމާ ދެކޮޅު ވަނީ ގައުމީ ވިސްނުން ނުހުންނަ މީހުން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ރޭގެ ޕްރޮގްރާމުގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ބިދޭސީން ދިރިއުޅެން ރަސްމާލެ 99 އަހަރަށް ދިނުމުގެ ފައިދާ އެތައް ޖީލަކަށް ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރޭގެ ޕްރޮގްރާމުގައި ރައީސް ވާހަކަ ދައްކަވަނީ: ވިދާޅުވީ ބިދޭސީން ދިރިއުޅެން ރަސްމާލެ 99 އަހަރަށް ދިނުމުގެ ފައިދާ އެތައް ޖީލަކަށް ކުރާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ބިދޭސީ މަހުޖަނުން ދިރިއުޅެން 99 އަހަރަށް ރަސްމާލެ ދިނުމާ ދެކޮޅު ވަނީ ގައުމީ ވިސްނުން ނުހުންނަ މީހުން ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި، ރަސްމާލެއަކީ ގައުމަށް ކުރިއެރުން ލިބޭނެ ޕްރޮޖެކްޓެއް ކަމަށާއި އެކަމާ ދެކޮޅު ހަދަނީ ގައުމީ ވިސްނުން ނުހުން މީހުން ކަމަށެވެ. 

"ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރާއިރުގައި، އިދިކޮޅު ފަރާތްތަކުގައި ނުހުރޭ އެއްވެސް ވަރަކަށް، އަޅުގަނޑުމެން އަބަދުވެސް މި ދައްކަނީ ފުރަތަމަ ގައުމު އިސްކުރުމުގެ ވާހަކަ، ގައުމީ ވިސްނުމެއް ނުހުރޭ އެނގޭތޯ. ހިތާމަހުރިކަމެއް އެހެންނަމަވެސް އެއީ ހަގީގަތް،" ރައީސް ވިދާޅުވި އެވެ. 

މުއިއްޒު ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓު އަދި އެމަނިކުފާނާ ދެކޮޅުވާ މީހުން ތިބެނީ "ފުރަތަމަ ދިވެއްސެއްކަން" ހަނދާން ނެތޭ މީހުން ކަމަށެވެ. 

"އެއީ ސިޔާސީ ވިސްނުން އިސް ކުރެވިގެންދާ ލެވެލްއަކީ ތިމަންނައަކީ ފުރަތަމަ ދިވެއްސެއްކަން ވެސް ހަނދާން ނެތޭ ހިސާބަށްދާތަން އަޅުގަނޑުމެންނަށް މި ފެންނަނީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ބިދޭސީން ދިރިއުޅުމަށް 99 އަހަރަށް ރަސްމާލެ ދިނުމުން އިޖުތިމާއީ ގޮތުން ވެސް ރާއްޖެއަށް ފައިދާވާނެ ކަމަށް ވިދާޅުވެފަ އެވެ. 

"ހަގީގަތުގައި މިއީ ރާއްޖެއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެންނާނެ ކަމެއް. ހަމައެކަނި އިގްތިސާދީ ގޮތަކުން ނޫން، އިޖްތިމާއީ ގޮތުން ވެސް އުމްރާނީ ގޮތުން ވެސް މުޅި ގައުމުގެ ފެންވަރު، ދިރިއުޅުމުގެ ފެންވަރު ވެސް ހުރިހާ ގޮތަކުން ވެސް ވަރަށް މަތިކޮށްދޭނެ މަޝްރޫއުއެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން، ރަސްމާލެ 99 އަހަރަށް ބިދޭސީންނަށް ދިނުމުން ދިވެހިންގެ އެތައް ޖީލަކަށް އޭގެ ފައިދާ ލިބޭނެ ކަމަށް ވެސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ. 

"ބިމެއް ކްރިއޭޓްވުމަކީ އެންމެ ބޮޑު އެސެޓް އެ ލިބެނީ. ބިމުގެ އަގު ވަރަށް ބޮޑުވާނެ ކޮންމެ ތަނެއްގައި ވެސް ބިން ހިއްކީމަ. ހާއްސަކޮށް އިކޮނޮމިކް އެކްޓިވިޓީ ބޮޑު ސަރަހައްދެއްގައި ބިން އެއީ ވަރަށް ބޮޑު އަގުހުރި ރައުސުލްމާލެއް. އެއީ އަންނަން އޮތް ޖީލުތަކަށް އޭގެން ވަރަށް ފައިދާ ކުރާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު އޭނާގެ ލިންކްޑިއިންގައި ހިއްސާކުރެއްވި ލިޔުމެއްގައި ވަނީ، ބިން ހޯދާށާއި އެ ބިމުގެ ކުލީގެ ގޮތުގައި އީގަލް ހިލްސްއިން އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެ ކަމަށެވެ.

މުއްތަލިބު ވިދާޅުވި ގޮތުގައި، ރަސްމާލޭން މި ގޮތަށް ލިބެން ހުރި ފައިސާތައް ސަރުކާރުން ދޫކޮށްލީ، އޭގެ މުގާބިލުގައި ސަރުކާރަށް މުޅި ޕްރޮޖެކްޓުގެ މުއްދަތުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތެއް ހޯދުމުގެ ގޮތުންނެވެ. އެ ގޮތުން މިހާރު ރިސޯޓުތައް ތަރައްގީކުރަން ދޭ ގޮތާ ހިލާފަށް، ރަސްމާލޭގެ ބިމުގެ ބަދަލުގައި ސަރުކާރަށް ލިބެނީ އާމްދަނީ އާއި ޓެކްސްތަކެވެ. 

ރަސްމާލެ ތަރައްގީ ކުރަން ނިންމާފައި ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގަ އެވެ. އެތަން ތަރައްގީ ކުރަނީ ބިދޭސީންނަށް އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ގޮތަށެވެ. ރަސްމާލޭގައި ބިނާ ކުރާ އެޕާޓްމަންޓުތަކާއި ވިލާތައް ބިދޭސީންނަށް ވިއްކަން އީގަލް ހިލްސް އިން މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. 

ރަސްމާލޭގައި ދިރިއުޅޭ މީހުންނަށް ހިދުމަތް ދޭން ހޮސްޕިޓަލަކާއި ސްކޫލަކާއި މުނިފޫހިފިލުވައިދޭ ތަންތަން ވެސް ބިނާ ކުރާނެ އެވެ. އެތަނުގައި ހިދުމަތް ދޭނީ ހަލާލު ޓޫރިޒަމުގެ މޮޑަލަށް ކަމެއް އަދި ނޭނގެ އެވެ. ސަރުކާރުން އެކަން އަދި ހާމައެއް ނުކުރެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox