ޕީއެންސީގެ ބަޔަކު ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައި އެ ރަށުގައި މާރާމާރީ ހިންގައިފި

ރާއްކެ ޓީވީގެ ޕްރޮގްރާމެއް ދ. މީދޫގައި ނަގަމުންދިޔަ މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ: ސްނެޕްޝޮޓް

ރާއްކެ ޓީވީގެ ޕްރޮގްރާމެއް ދ. މީދޫގައި ނަގަމުންދިޔަ މަންޒަރު ފެންނަ ފޮޓޯއެއް -- ފޮޓޯ: ސްނެޕްޝޮޓް

ދ. މީދޫގައި ޕްރޮގްރާމްއެއް ޝޫޓުކުރަމުން ދަނިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދުގެ ބޮޑުބޭބެ އާއި ޕީއެންސީގެ ބަޔަކު ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައި މާރާމާރީ ހިންގައިފި އެވެ.

ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމް މި ނޫހަށް ވިދާޅުވީ އެ މީހުންނަށް މީދޫއިން ހުރަސްއެޅީ ރާއްޖެ ޓީވީން ގެނެސްދޭ ހާލު ކިހިނެއް ޕްރޮގްރާމް ޝޫޓިން ކުރިއަށް ގެންދަނިކޮށް ކަމަށެވެ.

"ޝޫޓިންގައި ތިއްބާ ރައީސްގެ އަނބިކަނބަލުން، ސާޖިދާގެ އާއިލާގެ ބައެއް މީހުން، އަބްދުﷲ ލަތީފްއަކާއި ޕީއެންސީގެ [ދ. މީދޫ] ސްޓިއަރިން ކޮމިޓީގެ ރައީސް، ހާލިދަކާއި ދެން، މީދޫ ކައުންސިލުގެ ކުރީގެ ނައިބުރައީސް، އަލީ ޝަރީފްއަކާއި އެ މީހުންނާ އެއްކޮށް ދެން ގްރޫޕެއް އައީ،" އާމިރު ވިދާޅުވި އެވެ.

"އައިސް އަޅުގަނޑުމެން ތިބިތަނުގައި އިށީނދެ އަޑުގަދަކޮށް ހަޅޭއްލަވައި އަވަގުރާނަ ގޮވައި، ދެން ފަހުން މާރާމާރީއަކާ ހަމައަށް ދިޔައީ."

އާމިރު ވިދާޅުވީ އެ މީހުން އެ ސަރަހައްދަށް ގޮސް، ރާއްޖެ ޓީވީގެ ކެމެރާމަން، މުހައްމަދު އަނިލް އިށީނދެގެން އިން ގޮނޑީގައި ސައިކަލުން ވެސް ޖެއްސި ކަމަށެވެ. އަދި، އާމިރުމެންނަށް ހަމަލާދޭން ވެސް އެ މީހުން މަސައްކަތް ކުރި ކަމަށް އާމިރު ވިދާޅުވި އެވެ.

ނަމަވެސް، މާރާމާރީ ހިންގާފައި ވަނީ، މީދޫގައި އާމިރުމެންނާއެކު އުޅުނު އެ ރަށުގެ ރައްޔިތުންނާ ކަމަށް އާމިރު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު އެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ވެސް މިހާރު ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ނަމަވެސް، އެކަމާ ގުޅިގެން މިހައިތަނަށް ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox