އަންނަ އަހަރު ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރަން އުންމީދުކުރައްވާ ކަމަށް މުއްތަލިބު ވިދާޅުވެއްޖެ

އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަހާ ފޯރަމްގައި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރަސްމާލެއިން ދޫކުރަން ސަރުކާރުން ނިންމާފައިވާ ގޯތިތައް އަންނަ އަހަރު ދެބައިވާއިރު، ހަވާލުކުރަން އުއްމީދުކުރައްވާ ކަމަށް ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދޫކޮށްލުމުގެ ޕްރޮޕޯޒަލް ސަރުކާރަށް ލިބުމާއެކު އެ ތަނުގައި ދިވެހީންނަށް ހާއްސަކުރާ ބައިގެ މާސްޓާ ޕްލޭން ހެދުމުގެ މަސައްކަތް ކުރަން ފެށި ކަމަށެވެ.

"އަޅުގަނޑުމެން އެ މާސްޓާޕްލޭން ހެދުމުގައި އެންމެ ބޮޑަށް ބަލާނީ އާއިލީ ބޯހިޔާވަހިކަމުގައި ގޯއްޗަށް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދެވޭނެ މަގުން އެތަން ޕްލޭން ކުރުން، އަދި ޕްލޭން ކުރާއިރުގައި މުސްތަގުބަލުގައި އެ ތަނުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ފްލެޓް އިމާރާތްތަކާ މި ހުރިހާ އެއްޗެއް ވެސް ހިމެނިގެން ދާގޮތަށް،" މުއްތަލިބު ވިދާޅުވި އެވެ.

Advertisement

"އެހެންވީމާ އެ ޕްލޭން ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އަޅުގަނޑުމެން އުއްމީދުކުރަނީ މަސައްކަތް ނިންމައި އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް."

އޭނާ ވިދާޅުވީ ރަސްމާލޭގެ އެއްބައި އީގަލް ހިލްސް ކުންފުންޏަށް ދެވިއްޖެ ނަމަ، އެއީ އެ ތަނުގައި ދިވެހީންނަށް ހާއްސަކުރާ ސަރަހައްދު ތަރައްގީވެ މީހުން އާބާދުވުމުގެ ދުވެލި އަވަސްވެގެންދާނެ ކަމެއް ކަމަށެވެ.

ސަބަބެއްކަމަށް މުއްތަލިބު ވިދާޅުވީ، ރަސްމާލޭގެ އެއްބައި އީގަލް ހިލްސްއަށް ދޫކޮށްލައިފި ނަމަ، އެ ކުންފުނިން ތަރައްގީކުރާ ސަރަހައްދުން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ލިބި އިތުރު ވިޔަފާރިތަކުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަމަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް އެ ތަނުން ގޯތި ލިބޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އޮކްޓޫބަރު 28، ގައި ވިދާޅުވެފަ އެވެ.

އެންމެނަށް ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއިރު، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފަ އެވެ. މި ފޯމުތައް އިވެލުއޭޓުކޮށް ނިންމުމަށްފަހު، ގޯތި ލިބޭ މީހުންގެ ލިސްޓު އަންނަ ޑިސެމްބަރު މަހު އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox