ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ނެގޭ ގޮތް ހަދަން އަންގަނީ

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން:(ކ-ވ) މިލަންދޫ ދާއިރާގެ މެންބަރު، ހަސަން މުދީފު، ކުރެންދޫ ދާއިރާެގެ މެންބަރު، ޝާމިން ހަބީބު، ވިލުފުށި ދާއިރާެގެ މެންބަރު، ހަސަން ވަހީދު، ތިމަރަފުށި ދާއިރާގެ މެންބަރު، އަހުމަދު ރިޔާޒު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން:(ކ-ވ) މިލަންދޫ ދާއިރާގެ މެންބަރު، ހަސަން މުދީފު، ކުރެންދޫ ދާއިރާެގެ މެންބަރު، ޝާމިން ހަބީބު، ވިލުފުށި ދާއިރާެގެ މެންބަރު، ހަސަން ވަހީދު، ތިމަރަފުށި ދާއިރާގެ މެންބަރު، އަހުމަދު ރިޔާޒު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭގޮތް ހަދައިދޭން ބާ ކައުންސިލަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ހުށަހެޅުއްވުން ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެންބަރު، ޝާމިން ހަބީބު އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު، ހަސަން މުފީދު އެވެ.

ޝާމިންގެ ހުށަހެޅުއްވުން ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ބާ ކައުންސިލުގެ ނިންމުން ނިންމާފައި ވަނީ ރަނގަޅު ވިސްނުމެއްގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ކޯހެއްގެ މެދުތެރެއިން އެގޮތަށް ނިންމުމަކީ އެތައް ބަޔަކަށް އޭގެ ގެއްލުން ލިބޭނެ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް މަތީ ތައުލީމު ހާސިލުކުރާ މަރުކަޒަކަށް ހާޒިރުވެގެން ނޫނީ އިމްތިހާނު ނުހެދޭގޮތަށް ބާ ކައުންސިލުން އުސޫލު ބަދަލުކުރީ ބަލަންޖެހޭ މިންވަރަށް އެކަމާ ގުޅުންހުރި ކަންކަމުގެ މައުލޫމާތު ހޯދައި ނުބަލައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"މިހާރު ކޮލެޖުތަކުން ކުރިޔަސް، ވިޔަފާރިއަށް ކުރިޔަސް އޭގެ ހަރުދަނާ ގަވާއިދުތަކެއް ހައްދަވަންވީ، ދެން ކުރިއަށް އޮތް ތަނުގައި ބައިވެރިވާ ކުދިންނަށް ތަނަށް އައިހޭ ވަކި ވައްތަރެއްގެ ގޮނޑިއެއްގައި، ވަކި ވައްތަރެއްގެ މޭޒެއްގައި އިށީނދެގެންނޭ ވަކި ވައްތަރެއްގެ މޭޒެކޭ ހުންނަޖެހޭނީ، މި ގަވާއިދުތައް ހައްދަވަންވީ،" ޝާމިން ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން އެ ކޯހުގައި ބައިވެރިވާނީ އަޅުގަނޑުމެންގެ ދަރިވަރުން އެ ކޯހުގައި ބައިވެރިވާނީ ކޮން ގޮތަކަށް ހަދަންޖެހޭ ޓެސްޓެއްކަން އެނގިހުރެ، އެކަމު މިހާރު މި ބައިވެރިވެގެން އުޅޭ ކުދިން އެ ބައިވެރިވީ ވަކި ގޮތަކަށް ނިންމައިގެން، އޮންލައިންކޮށޭ ޓެސްޓު ހަދާނީ، އެހެންނޭ އޮންނަނީ."

ޝާމިން ވިދާޅުވީ ރާއްޖޭގައި ޑިގްރީ ޕްރޮގްރާމްތަކުގެ އިމްތިހާނުތައް އޮންލައިންކޮށް ހަދާއިރު، އެ ދަރިވަރަކު އިމްތިހާނު ހަދަން އިންނަނީ ކޮންކަހަލަ މާހައުލެއްގައިކަން ކަށަވަރުކުރެވޭނެ ގޮތެއް ނޯންނަކަން ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ގަވާއިދެއް ހަދަންޖެހޭނީ ކުރިއަށް އޮތް ތަނުގައި ކޯސްތަކުގައި ބައިވެރިވާ ދަރިވަރުންގެ މައްޗަށް ހިނގާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި މި މައްސަލަ ދިރާސާ ކުރެވުނީ ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ކުދިން ވަކި ހާއްސަ މަރުކަޒުތަކަކަށް ހާޒިރުވެގެން ނޫނީ އިމްތިހާނު ނުހެދޭ ގޮތަށް ބާ ކައުންސިލުން ގަވާއިދަށް ގެނައި ބަދަލާމެދު ހިތްހަމަނުޖެހިގެން ދަރިވަރުންގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފައިވާ ޕެޓިޝަނަކާ ގުޅިގެންނެވެ.

މިދިޔަ ޖުލައި މަހު، މިނިމަމް ސްޓޭންޑަޑްސް އޮން އެންޓްރީ ކްރައިޓީރިއާ، ޕްރިސްކްރައިބްޑް ލާނިން އައުޓްކަމްސް އެންޑް ސްޓޭޓްމަންޓް އޮފް ޕްރިސްކްރައިބްޑް ނޮލެޖް ފޮރ ކޮލިފައިންގ ލޯ ޑިގްރީސް" އަށް ބާ ކައުންސިލުން ގެނައި ބަދަލުގައި ވާގޮތުން، ކޮލިފައިން ލޯ ޑިގްރީ ޕްރޮގްރާމްތަކުގެ އިމްތިހާނުތައް ހަދަންޖެހޭނީ އިމްތިހާނު މަރުކަޒުތަކަށް ހާޒިރުވެގެންނެވެ.

އެކަމާ ގުޅޭގޮތުން ދަރިވަރުން ކަންބޮޑުވުން ފާޅުކުރުމުން، ބާ ކައުންސިލުން ބުނެފައި ވަނީ ޤާނޫނީ ދާއިރާއިން ކިޔަވާ ދަރިވަރުން އިމްތިހާނު ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށެވެ. 

އޭގެ ބަދަލުގައި ދަރިވަރުން ދިރިއުޅޭ ރަށުގައި ތިބެގެން އިމްތިހާނު ހެދޭނެ މަގުފަހިކޮށްދިނުމަށްޓަކައި، އެ ރަށެއްގެ ސްކޫލް ނުވަތަ ރަށު ކައުންސިލްގެ އިދާރާ މެދުވެރިކޮށް އިމްތިހާނުތައް ކުރިއަށް ގެންދިއުމުގެ އިހުތިޔާރު ގަނޫނީ ތައުލީމުދޭ މަރުކަޒުތަކަށް ދީފައިވާނެ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox