އެޗްޑީސީގެ ޗެއާމަންކަމުން ވަކިކުރި ޝަހީރު އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފި

އެމްޓީޑީސީގެ ޗެއާމަންކަމަށް އައްޔަނުކުރި އަހްމަދު ޝަހީރު: އޭނާ ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން، ފެނަކަ އާއި އެޗްޑީސީގެ ޗެއާމަން ކަން ވެސް ކުރައްވައިފައި -- ފޮޓޯ: އެސްޓީއޯ

އެމްޓީޑީސީގެ ޗެއާމަންކަމަށް އައްޔަނުކުރި އަހްމަދު ޝަހީރު: އޭނާ ވަނީ މި ސަރުކާރު ވެރިކަމަށް އައިފަހުން، ފެނަކަ އާއި އެޗްޑީސީގެ ޗެއާމަން ކަން ވެސް ކުރައްވައިފައި -- ފޮޓޯ: އެސްޓީއޯ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރި އަހުމަދު ޝަހީރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕެމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ އޭނާ އެ މަގާމަށް އައްޔަނުކޮށްފައި ވަނީ އިއްޔެ ކަމަށެވެ.

އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނުކޮށްފައި މި ވަނީ، އަޔާޑާ ރިސޯޓު ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް ނުއަގުގައި ވިއްކާލުމުގެ ޑީލަށް މަގުފަހި ކުރުމަށްޓަކައި މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިތުރު ހިއްސާ ވިއްކަން އެ ކުންފުނިން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

ރައިޓްސް އިޝޫއަކަށް ގޮސް، ކުންފުނީގެ މިހާރުގެ ހިއްސާ ދާރުންނަށް އިތުރު ހިއްސާ އަގުހެޔޮކޮށް ގަތުމުގެ ފުރުސަތު ހުޅުވާލަން ނިންމީ އެ ކުންފުނީގެ ބޯޑުންނެވެ. 

އެމްޓީޑީސީގެ މެނޭޖުމަންޓުން އޮޅުވާލާ ކަމަށް ބުނެ ބޯޑުން އަސާމީ އިސްތިއުފާ ދީފި

އެމްޓީޑީސީގެ މެނޭޖުމަންޓުން ބޯޑުގެ ނިންމުންތަކާ ޚިލާފަށް އަމަލުކޮށް، އާންމު ހިއްސާދާރުންގެ މަސްލަހަތު ގެއްލޭ ފަދަ ނިންމުންތައް ނިންމާ ކަމަށް ބުނެ އެ ކުންފުނީގެ ބޯޑު މެންބަރު އަސާމީ ރުޝްދީ އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އަޔާޑާ ރިސޯޓުގެ މައްސަލައާއި ކުންފުނީގެ ހިއްސާ އިތުރުކުރުމުގެ ނިންމުމުގައި މެނޭޖުމަންޓުން ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެއްވުމަށްފަހުއެވެ.

މަގުއްދުވާގެ ހެޑް ލީސް ހޯލްޑަރަކީ އެމްޓީޑީސީ އެވެ. ލީސްގެ މުއްދަތު ހަމަވާނީ 2031 އަށެވެ. އެމްޓީޑީސީ އިން އުޅެނީ ރަށުގެ ހެޑް ލީސް އަޔާޑާ ހިންގާ އަހްމެޓް އައިޑެނިޒް ކުންފުންޏަށް އެންމެ 1.5 މިލިއަން ޑޮލަރަށް ވިއްކާލާށެވެ. 

އެކަމަކު، އަޔާޑާ އާއި އެމްޓީޑީސީއާ ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން، ބާކީ އޮތް މުއްދަތުގައި ކޮންމެ އަހަރަކު ހަތަރު މިލިއަނެއްހާ ޑޮލަރު ކުލީގެ ގޮތުގައި ދައްކަންޖެހެ އެވެ. އެހެންކަމުން ލީސް ވިއްކާލަން މި އުޅެނީ ކުންފުންޏަށް 20 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބޭ ގޮތަށެވެ. 

ނަމަވެސް، އަޔާޑާ ހިންގާ ގދ. މަގުއްދުވާގެ ހެޑްލީސް އެ ރިސޯޓު ތަރައްގީކުރި ތުރުކީ ކުންފުންޏަށް ވިއްކާލަން އުޅޭ ވާހަކަ އެމްޓީޑީސީން ވަނީ ދޮގުކޮށްފަ އެވެ. އަދި، އެ ރަށް ހިމެނޭހެން އެ ކުންފުނީގެ އެއްވެސް މުދަލެއް ވިއްކާލަން ނޫޅޭ ކަމަށް ބުނެ އެ ކުންފުނިން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

އެ މައްސަލައިގައި އެމްޓީޑީސީގެ ބޯޑުގައި ހިމެނުނު އަސާމީ ރުޝްދީ ވަނީ އިސްތިއުފާދެއްވައިފަ އެވެ. އޭނާ އިސްތިއުފާދެއްވަމުން ވިދާޅުވީ ރައިޓްސް އިޝޫއަކަށް ދާން ބޯޑުން ރުހުން ދިން ކަމަށް މެނޭޖުމަންޓުން ދެއްކި ވާހަކަތައް ދޮގުކުރެއްވުމަށްފަހު އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައި ވަނީ ރައިސްޓް އިޝޫ ދާން ބޯޑުން ރުހުން ދިނީ ޝަރުތުތަކަކާއެކު ކަމަށެވެ. ނަމަވެސް ބޯޑުން ކުރި ޝަރުތުތަކުގެ އަޕްޑޭޓް ނުދީ، ހިއްސާ ވިއްކަން ބޯޑުން ހުއްދަ ދިން ކަަމަށް އާންމުކުރުމަކީ ހިއްސާދާރުންނާއި އާންމު ރައްޔިތުން ބޯޑު މެންބަރުންނާ މެދު ގޯސް ތަސައްވުރެއް އުފެދޭނެ ކަމެއް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox