އެޗްޑީސީގެ ޗެއާމަން ކަމުން ޝަހީރު ވަކިކޮށްފި

އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި އަހުމަދު ޝަހީރު: އޭނާ ވަކިކުރީ އެހެން ކުންފުންޏަކަށް ބަދަލުކުރަން --- ފޮޓޯ: އެސްޓީއޯ

އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި އަހުމަދު ޝަހީރު: އޭނާ ވަކިކުރީ އެހެން ކުންފުންޏަކަށް ބަދަލުކުރަން --- ފޮޓޯ: އެސްޓީއޯ

ދައުލަތުގެ އެންމެ ތަނަވަސް އަދި އާމްދަނީ ލިބޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން ކަމުން އަހުމަދު ޝަހީރު ވަކިކޮށްފި އެވެ.

އަދަދު ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި ޝަހީރު އެ މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ. މިކަން ސާފުކުރަން މި ނޫހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުހައްމަދު ނިޒާރަށް ގުޅުމުން އޭނާ ވަނީ ޝަހީރު ވަކިކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. 

ނިޒާރު ވިދާޅުވީ ޝަހީރު ވަކިކުރީ އެހެން ކުންފުންޏަކަށް ބަދަލުކުރަން ކަމަށެވެ. ނަމަވެސް، އެއީ ކޮން ކުންފުންޏެއް ކަމެއް އަދި އެނގިވަޑައި ނުގަންނަވާ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ޝަހީރަކީ މި ސަރުކާރުގައި އެޗްޑީސީގެ ޗެއާމަން ކަމުން ވަކިކުރި ތިން ވަނަ މީހާ އެވެ. 

މި ސަރުކާރުން އެޗްޑީސީގެ ޗެއާމަނަކަށް ފުރަތަމަ އައްޔަންކުރީ އަހުމަދު ޒުހޫރެވެ. އެއީ ފެބްރުއަރީ 20. 2024 ގައި އެވެ. އޭގެ އެންމެ ތިން މަސް ދުވަސް ފަހުން ޒުހޫރު އެ މަގާމުން ވަކިކުރީ އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ހިޔާނާތުގެ މައްސަލަތަކެއް ފެންމަތި ކުރި ހިސާބުންނެވެ. 

މުއިއްޒުގެ ސަރުކާރުގައި އެޗްޑީސީގެ ޗެއާމަނުން

  • އަހުމަދު ޒުހޫރު - ފެބްރުއަރީ 20، 2024 އިން މެއި 23، 2024 (ތިން މަސް)
  • އަހުމަދު ނާސިފު - ނޮވެމްބަރު 6، 2024 އިން މާޗު 5، 2025 އަށް (ހަތަރު މަސް)
  • އަހުމަދު ޝަހީރު - މެއި 29، 2025 އިން ސެޕްޓެމްބަރު 3، 2026 އަށް (އެއް އަހަރާއި ހަތަރު މަސް)

ޒުހޫރުގެ ފަހުން ހަ މަހެއްހާ ދުވަސް ވަންދެން ޗެއާމަންގެ މަގާމު ހުސްކޮށް ބޭއްވުމަށް ފަހު ނޮވެމްބަރު 6، 2024 ގައި އެ މަގާމަށް އައްޔަންކުރީ، އަހުމަދު ނާސިފެވެ. ނާސިފަށް ވެސް ޗެއާމަން ކަމުގައި ހުރެވުނީ ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ވަންދެނެވެ. މިދިޔަ އަހަރު ކުރީކޮޅު އޭނާ ވަނީ ވެމްކޯއަށް ބަދަލުކޮށްފަ އެވެ.

ނާސިފުގެ ފަހުން އައްޔަނު ކުރި ޝަހީރަކީ މި ސަރުކާރުގައި އެޗްޑީސީގެ މަގާމުގައި އެންމެ ގިނަ ދުވަސް ވަންދެން ހުންނެވި މީހާ އެވެ. މިދިޔަ އަހަރުގެ މެއި 29، ގައި ޗެއާމަން ކަމަށް އައްޔަންކުރި ޝަހީރު މި ވަކިކުރީ ޗެއާމަނަކަށް ހުންނަވާތާ އަހަރަކާއި ހަތަރު މަސް ފަހުންނެވެ. 

އެޗްޑީސީއަށް އައްޔަނުކުރުމުގެ ކުރިން ޝަހީރު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަނަކަށެވެ. އޭނާގެ އެންމެ ފާހަކޮށްލެވޭ ހިދުމަތަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގައި އޭނާ ހޭދަކުރެއްވި 29 އަހަރެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް އަދާކުރައްވާފަ އެވެ.

ޝަހީރަށް ފަހު އެޗްޑީސީގެ ޗެއާމަނަކަށް އައްޔަންކުރަނީ ކާކު ކަމެއް އަދި ނޭނގެ އެވެ.

އެޗްޑީސީއަކީ މި ސަރުކާރުގެ މުހިންމު ޕްރޮޖެކްޓުތަކެއް ހިންގަމުން އަންނަ ކުންފުންޏެކެވެ. އޭގެ ތެރޭގައި ރަސްމާލެ ތަރައްގީކުރުމާއި އެކި ރަށްރަށުގައި ހައުސިން ޕްރޮޖެކްޓުތަކާއި  ހިންގުން ހިމެނެ އެވެ. މިހެން ނަމަވެސް މިއަދާ ހަމައަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނިންމުމުގައި އަދި އެ ކުންފުނީގެ ހަވާލުގެ ދަށުގައިވާ ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ތަރައްގީކުރުމުގައި ވެސް މާ ބޮޑު ކުރިއެރުމެއް ނުހޯދެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox