ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)
30 ލިޔުން
ފަހުގެ
ލުއިއަދަދުކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް
ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.
ދުނިޔެކޮންގޯގައި 7،000 އަށްވުރެ ގިނަ މީހުންނަށް އެބޯލާ ޖެހިއްޖެ
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި އެބޯލާ ވައިރަސް ޖެހުނު މީހުންގެ އަދަދު 7،000 އަށްވުރެ މައްޗަށް އަރައި، މި ބަލިމަޑުކަން އެ ގައުމުގެ އާ ޕްރޮވިންސަކަށް ވަނީ ފެތުރިފައެވެ. މިއީ އެ ގައުމުގެ ތާރީޚުގައިވެސް ކުރިމަތިވި އެންމެ ނުރައްކާތެރި އައުޓްބްރޭކް ކަމަށްވާއިރު، މި ބަލީގައި މިހާތަނަށް 3،398 މީހުން ވަނީ މަރުވެފައެވެ. އާ ޕްރޮވިންސުން ފެނުނު ކޭހާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
