އިނގިރޭސިވިލާތުން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދޭން ނިންމައިފި

Sep 23, 2026, 7:01 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، ވައިގެ މަގުން ތެޔޮ އެޅުމުގެ އެހީތެރިކަން (އެއާ-ޓޫ-އެއާ ރިފިއުލިން) އިނގިރޭސިވިލާތުން ފޯރުކޮށްދޭނެ ކަމަށް ބޮޑު ވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެ އެވެ.

އީރާނުގެ ތާއީދު އޮންނަ ހޫތީން ސައުދީއަށް ދެމުންދާ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށް އިނގިރޭސިވިލާތުން މި ނިންމުން ނިންމީ ސައުދީ ސަރުކާރުގެ އެދުމުގެ މަތިންނެވެ.

މި މަސައްކަތް ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ފަށާނެ ކަމަށް ބެލެވޭއިރު، މީގައި ބޭނުންކުރާނީ ސައިޕްރަސްގައި ހުންނަ އިނގިރޭސި ރޯޔަލް އެއާ ފޯސް (އާރްއޭއެފް) ގެ އަކްރޯޓީރީ ބޭސްގައި އޮންނަ "ވޮޔޭޖާ" މަރުކާގެ ބޯޓެކެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި، ސައުދީ އަރަބިއްޔާއިން އެދުނު "އަސްކަރީ އެހީތެރިކަން" ފޯރުކޮށްދިނުމަށް އޭނާ ނިންމެވީ ޑިފެންސް ސެކްރެޓަރީ ވެސް ސްޓްރީޓިން އާއި ފޮރިން ސެކްރެޓަރީ އެޑް މިލިބޭންޑްގެ ލަފާގެ މަތިންނެވެ.

އިނގިރޭސި ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، މި އެހީތެރިކަމަކީ ވަކި މުއްދަތަކަށް ދެވޭ އެހީއެކެވެ. އަދި ފުރަތަމަ މަރުހަލާގައި މި އެހީތެރިކަން ދެމިގެންދާނީ "މަދު ހަފުތާތަކަކަށް" ކަމަށް ބެލެވެ އެވެ.

ހޫތީންނަކީ ސައުދީ އަރަބިއްޔާގެ ތާއީދު އޮންނަ، ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރާ ދެކޮޅަށް ދާޚިލީ ހަނގުރާމައެއް ކުރަމުންދާ ޖަމާއަތެކެވެ.

ފާއިތުވި ދުވަސްތަކުގައި ހޫތީން ވަނީ ސައުދީގެ ވެރިރަށް ރިޔާދަށާއި، ރަތްކަނޑުގެ އައްސޭރިފަށުގައި ހުރި ހަކަތަ އުފައްދާ މަރުކަޒުތަކަށް ޑްރޯން އަދި ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ.

އިނގިރޭސި އޮފިޝަލުން "ދިފާއީ އެހީތެރިކަން" މާނަކުރައްވަނީ، ހޫތީން ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމަށް ސައުދީ އެއާ ފޯސްގެ ޖެޓްތަކުން ކުރާ މަސައްކަތުގައި އެހީތެރިވުމަށެވެ.

މި މިޝަންގައި ބޭނުންކުރާ ވޮޔޭޖާ މަރުކާގެ ބޯޓަކީ އިނގިރޭސި ރޯޔަލް އެއާ ފޯސްގެ މައި ފްލީޓުގައި ހިމެނޭ ނުވަ ބޯޓުގެ ތެރެއިން ބޯޓެކެވެ. މީގެ ތެރޭގައި އަސްކަރީ ގޮތުން ރަޖިސްޓްރީކޮށްފައިވާ އަށް ބޯޓާއި، މަދަނީ ގޮތުން ރަޖިސްޓްރީކޮށްފައިވާ ބޯޓެއް ހިމެނެ އެވެ.

މީގެ އިތުރުން، ބޭނުން ޖެހިއްޖެ ހާލަތެއްގައި އަސްކަރީ ބޭނުމަށް ނެރުމަށްޓަކައި އިތުރު ފަސް ބޯޓު އާރްއޭއެފްގެ ބެލުމުގެ ދަށުގައި އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox