އެމެރިކާއިން ހާލަތު ގޯސްކޮށްފި ނަމަ ބަދަލުހިފާނެ ކަމަށް އީރާނުން އިންޒާރު ދީފި

Sep 21, 2026, 7:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ސައުދީ އަރަބިއްޔާއަށް ޑްރޯނާއި މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެން މުޅި ސަރަހައްދުގެ މަސްރަހު ނުތަނަވަސްވެފައި ވަނިކޮށް، އެމެރިކާ އާއި އެ ގައުމުގެ ބައިވެރިން ބޮޑު ހަމަލާއެއް ދޭން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، އެފަދަ ފިޔަވަޅެއް ނޭޅުމަށް އީރާނުން އާދީއްތަ ދުވަހު އިންޒާރު ދީފި އެވެ.

އީރާނުގެ އަސްކަރިއްޔާގެ މަރުކަޒީ ކޮމާންޑުން އެ ގައުމުގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބުނީ، އެމެރިކާއިން އާ ހަމަލާއެއް ދީފި ނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތު އޮތް ތަންތަނަށް މެދުނުކެނޑި ބަދަލުހިފުމުގެ ހަމަލާތައް ދޭނެ ކަމަށެވެ. އަދި އެފަދަ ހަމަލާއެއްގައި ބައިވެރިވާ އެމެރިކާގެ ސަރަހައްދީ އެކުވެރި ގައުމުތަކަކީ ވެސް އެ ހަނގުރާމައިގެ ބައިވެރިންގެ ގޮތުގައި ބަލާނެ ކަމަށް އީރާނުން ބުންޏެވެ. ނަމަވެސް، އެމެރިކާއިން ދޭން އުޅޭ ކަމަށް ބުނާ ހަމަލާއާ ގުޅޭގޮތުން ލިބިފައިވާ މައުލޫމާތުގެ އިތުރު ތަފްސީލެއް އީރާނުން ހާމައެއް ނުކުރެ އެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހީނުކުރާ ފަދަ ގޮތަކަށް ހަމަނުޖެހުންތައް އިތުރުވެދާނެ ކަމަށް ބުނެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހޮނިހިރު ދުވަހު ވަނީ ސަލާމަތީ އިންޒާރެއް ނެރެފަ އެވެ. އެގޮތުން އެ ސަރަހައްދުގައި ތިބި އެމެރިކާ ރައްޔިތުން އިތުރަށް ސަމާލުވުމަށާއި، ފްލައިޓްތައް ކެންސަލްވުމާއި ވައިގެ ސަރަހައްދު ބަންދުކުރުން ފަދަ ކަންކަމަށް ތައްޔާރުވެ ތިބުމަށް އެ އިންޒާރުގައި ބުނެފައިވެ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް ހަތް މަސް ދުވަސް ވެފައިވާއިރު، ހަނގުރާމަ ހުއްޓާލުމަށްޓަކައި ދޫދޭން އެއްވެސް ފަރާތަކުން ބޭނުންވާ ކަމަކަށް ނުފެނެ އެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާއިރު، މި ހަމަނުޖެހުންތަކުގެ އަސަރު ސަރަހައްދީ އެހެން މައްސަލަތަކަށް ވެސް ދަނީ ފޯރަމުންނެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ މި މަހު އަލުން ވަރުގަދަވެ، ރަތް ކަނޑުގެ އައްސޭރިފަށުގެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ހޯދާފައިވާ، އީރާނުގެ މަދަދުލިބޭ ހޫތީން ހޮނިހިރު ދުވަހު ބުނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށާއި، ރަތް ކަނޑުގެ އައްސޭރީގައި އޮންނަ ޔަންބޫ ބަނދަރުގެ ތެޔޮ މަރުކަޒަކަށް ހަމަލާދީފައިވާ ކަމަށެވެ.

ރޭގަނޑުގެ ވަގުތެއްގައި ރިޔާދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުމަށްފަހު، އެ ސިޓީގެ މައި ބައިނަލްއަގުވާމީ އެއާޕޯޓް ހިމެނޭ ސަރަހައްދުން ބޯ ކަޅު ދުން އަރަމުންދާ މަންޒަރު ރޮއިޓާސްގެ ވީޑިއޯތަކުން ފެނެ އެވެ.

މި ހާދިސާއާ ގުޅޭގޮތުން ނުވަތަ ހޫތީންގެ ދައުވާތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރާ ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނީ، ސައުދީއަށް ދޭން އުޅުނު އެހެން ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައިވާ ކަމަށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު އިންޒާރުގައި ވެސް ވަނީ އާންމު އެއާޕޯޓްތައް ހިމެނޭހެން ސައުދީއަށް ހޫތީން ދެމުންދާ ހަމަލާތަކަށް އިޝާރާތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

ކްރައިމިއާ ބްރިޖަށް ހަމަލާދީ ބޮޑު ބައެއް ވައްޓާލައިފި

ރަޝިއާއިން ހިފާފައިވާ ކްރައިމިއާއާ ގުޅުވައިދޭ މުހިންމު ބްރިޖަށް ޔޫކްރޭނުން ވަރުގަދަ ހަމަލާއެއްދީ، ބްރިޖުގެ ބޮޑު ބައެއް ކަނޑަށް ވައްޓާލައި ރަޝިއާގެ ސިފައިންނަށް ބޭނުންވާ މައިގަނޑު ސަޕްލައި މަގަށް ބޮޑު ހުރަހެއް ކުރިމަތިކުރުވައިފިއެވެ. މި ހަމަލާއާ ގުޅިގެން ރަޝިއާއިން ބަދަލުހިފުމުގެ ގޮތުން ޔޫކްރޭނުގެ ވެރިރަށް ކީވްގެ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މިއީ ދެ ގައުމުގެ ދެމެދުގައި އޮތް ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

ޓްރަމްޕް ފިލިޕީންސަށް ވަޑައިގެންފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ފިލިޕީންސަށް ވަޑައިގެން، އިންޑިއާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނޭ ކުއަޑް ގްރޫޕުގެ ލީޑަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ އަމާންކަމާއި ގުޅުން ބަދަހިކުރުމާ ގޮތުން މަޝްވަރާކުރެއްވިއިރު، އެމެރިކާގެ އަމާޒަކީ ޗައިނާގެ ނުފޫޒު ކުޑަކޮށް މި ގައުމުތަކާއެކު އޮންނަ އިގްތިސާދީ އަދި ޓެކްނޮލޮޖީގެ ގުޅުން ވަރުގަދަކުރުމެވެ.

ހަގިން ފޭސްއަށް ދިން ހަމަލާއާ ގުޅިގެން ދައުވާކޮށްފި

އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި އޭއައި މޮޑެލްތައް ތަރައްގީކޮށް އާންމުން ނުރައްކަލަށް ހުށަހެޅި ކަމަށް ބުނެ، ކެލިފޯނިއާގެ އެޓާނީ ޖެނެރަލް އޯޕަންއޭއައިއާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ. މި ދައުވާގެ މައިގަނޑު އަސާސަކީ އޯޕަންއޭއައިގެ އެޖެންޓުންތަކެއް "ހަގިން ފޭސް" ގެ ނިޒާމަށް ވަދެ ދިން ހަމަލާއަކަށްވާއިރު، މިއީ އެމެރިކާގެ ސްޓޭޓަކުން އޭއައި ކުންފުންޏަކާ ދެކޮޅަށް ކުރި ފުރަތަމަ ދައުވާއެވެ.

އިންޑިއާ: އޭއައި ބޭނުންކޮށް ބިމާއި މަގުގެ މައްސަލަތަކަށް ހައްލު

އިންޑިއާގެ ސްޓާޓްއަޕްތަކުން އޭއައި ބޭނުންކޮށްގެން ބިމުގެ ރެކޯޑުތައް ބެލެހެއްޓުމާއި، މަގުތަކުގައި ހުންނަ ވަޅުގަނޑުތައް ދެނެގަތުން ފަދަ އިޖުތިމާއީ ބޮޑެތި މައްސަލަތަކަށް އަންނަނީ ހައްލު ހޯދައިދެމުންނެވެ. މީގެ އިތުރުން ސިއްހީ ދާއިރާގައި ލެބް ރިޕޯޓުތައް ތަރުޖަމާކުރުމާއި ބަލިމަޑުކަން ދެނެގަތުމަށް ވެސް މި ޓެކްނޮލޮޖީގެ އެހީގައި ލުއިފަސޭހަ ނިޒާމުތަކެއް ވަނީ ގާއިމުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox