ރިޔާދުގެ މައި އެއާޕޯޓު ކައިރިން ބާރުގަދަ ގޮވުންތަކާއެކު ބޮޑު ދުންގަނޑެއް

Sep 19, 2026, 10:34 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ސައުދީގެ ވެރިރަށް ރިޔާދުގެ މައި އެއާޕޯޓު ކައިރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވި، ބޮޑު ދުންގަނޑެއް ހޮނިހިރު ދުވަހު ފެނިއްޖެ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ ރިޔާދަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބުނެ، ސައުދީ ސަރުކާރުން ރޭގަނޑުގެ ވަގުތެއްގައި އިންޒާރުތަކެއް ނެރެފައި ވަނިކޮށެވެ.

ރޮއިޓާސް އިން އާންމުކޮށްފައިވާ ވީޑިއޯ އަދި ފޮޓޯތަކުން ފެންނަ ގޮތުގައި، އެއާޕޯޓު ހައިވޭ އާއި މައި ޓާމިނަލް އިމާރާތުގެ ފަހަތުން ކަޅު ދުން މައްޗަށް އަރަމުންދެ އެވެ. އަދި އެ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތަންތަން ކަމަށް ބެލެވޭ ތަނެއްގެ ފަހަތުން އަލިފާންގަނޑެއް އަރަމުންދާ މަންޒަރު ވެސް ވީޑިއޯއިން ފެނެ އެވެ.

އެ ސަރަހައްދުން ފެނުނު ދުމާއި، ރޭގަނޑު ނެރުނު އިންޒާރުތަކާ ގުޅޭގޮތުން ރޮއިޓާސް އިން ސުވާލު ކުރުމުން، ސައުދީ ސަރުކާރުގެ މީޑިއާ އޮފީހުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ސައުދީ ސިވިލް ޑިފެންސް އިން ވަނީ ރިޔާދަށާއި، ވެރިރަށުގެ އިރުމަތީގައި އޮންނަ އަލް-ޚަރްޖު ސިޓީއަށް ވައިގެ މަގުން ހަމަލާއެއް އަތުވެދާނެ ކަމުގެ އިންޒާރު ފޯނު މެދުވެރިކޮށް ރޭގަނޑު ފޮނުވާފަ އެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ހެނދުނު ވަނީ އެ ނުރައްކާ ފިލާފައިވާ ކަމަށް އަންގާފަ އެވެ.

ރިޔާދުގެ އޮލަޔާ ސަރަހައްދުގައި ހުރި ރޮއިޓާސްގެ ނޫސްވެރިއަކަށް، ނުރައްކާ ފިލާފައިވާ ކަމުގެ މެސެޖު ލިބުމުގެ ކުރިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވެ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިއަހަރުގެ ކުރީކޮޅު ވެސް ރިޔާދަށް މިފަދަ ބައެއް އިންޒާރުތައް ނެރެފައިވެ އެވެ. ނަމަވެސް، ޖުލައި މަހުން ފެށިގެން ހޫތީންނާ ދެމެދު ހަމަލާތައް ވަރުގަދަވި ފަހުން، މިއީ މިފަދަ އިންޒާރުތަކެއް ނެރުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox