ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

Sep 22, 2026, 1:26 PM
ވައިޓް ހައުސްގައި ހުންނަ ސީއެންއެންގެ ބޫތު

ވައިޓް ހައުސްގައި ހުންނަ ސީއެންއެންގެ ބޫތު

އެމެރިކާގެ ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައު ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް އެ މީޑިއާތަ އައުޓްލެޓްތަކުން ބުނެފި އެވެ.

ޓްރަމްޕްގެ ޓީމާ ބެހޭގޮތުން އެ މީޑިއާތަކުން ފަތުރަނީ "ޚިޔާލީ ވާހަކަތަކެއް" ކަމަށް ތުހުމަތުކުރައްވައި، އެ މުއައްސަސާތައް ވައިޓް ހައުސްއަށް ވަނުން މަނާކުރިކަން އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހު އެވެ. އެ ކުންފުނިތަކުން ބުނި ގޮތުގައި ހޮނިހިރު ދުވަހު އެ ތަންތަނުގެ ރިޕޯޓަރުން ވައިޓް ހައުސްގެ އިމާރާތަށް ވަނުމަށް ވަނީ ހުރަސްއަޅާފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެ ތިން މީޑިއާ އައުޓްލެޓުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނޫސްވެރިން ރިޕޯޓްކުރާނެ އެއްޗެއް ނިންމުމުގެ ބާރު ސަރުކާރަށް ލިބިގެންނުވާ ކަމަށް ބުނާ އަސާސް ދިފާއުކުރުމަށްޓަކައި ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް ނިއު ޔޯކަށް ފުރާވަޑައިގަތުމާ ގުޅިގެން، އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން ވަނީ ވައިޓް ހައުސްގެ "ޕޫލް ކަވަރޭޖް" ނުވަތަ ގުޅިގެން ކުރިއަށްގެންދާ ކަވަރޭޖް މެދުކަނޑާލާފަ އެވެ.

މި ދައުވާއާ ގުޅިގެން ޓްރަމްޕް ވަނީ އެ މީޑިއާ މުއައްސަސާތަކަކީ ފެންވަރު ދަށް ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެއީ އެމަނިކުފާނުގެ ކާމިޔާބީތަކުގެ އަގުވައްޓާލައި އިހާނެތިކޮށް ހިތާ "ފަސާދަވެފައިވާ ނޫސްވެރިކަމެއް" ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަމައެކަނި ނޭދެވޭ ވާހަކަތައް ލިޔާ "ފޭކް ނިއުސް" ފަތުރާ މީހުންނާއި، ގޮތް ނޭނގޭ މަސްދަރުތަކާ ހަވާލާދީ ދޮގު އަދި އަބުރާ ބެހޭ ވާހަކަތައް ފަތުރައި ގައުމީ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކަށް، ދުނިޔޭގެ އެންމެ މުހިންމު އޮފީހަށް ވަނުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ޓީމުން މި މައްސަލަ އިސްތިއުނާފު ކުރާނެކަން "ޔަގީނާ ގާތަށް" އެނގޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހު (ފަސްޓް އެމެންޑްމަންޓް) އިން ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުން ސަރުކާރަށް މަނާކުރެ އެވެ. ކޯޓުތަކުން މީގެ ކުރިން މި މާއްދާ މާނަކޮށްފައިވަނީ، މީޑިއާތަކުން ރިޕޯޓްކުރާ ކޮންޓެންޓަށް ބަލައި، ވަކި މީޑިއާއަކާ މެދު ތަފާތުކުރުން ގެންގުޅުން ސަރުކާރަށް މަނާކުރާ ގޮތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާބަނޑު ގައިދީއަކު ހޮސްޕިޓަލަށް ގެންދިޔަ އުޅަނދުން ފިލައިފި

އެމެރިކާގެ ނިއު މެކްސިކޯގައި މާބަނޑު ގައިދީއަކު ޑޮކްޓަރަށް ދައްކާފައި އަނބުރާ ޖަލަށް ގެންދިޔަ މަގުމަތީގައި، ފުލުހުންގެ އުޅަނދެއްގެ ކޮންޓްރޯލް ހޯދައިގެން ފިލައިފިއެވެ. އޭނާ ފިލަން ބޭނުންކުރި ކާރާއި ޖަލު ޔުނީފޯމް ފެނިފައިވީ ނަމަވެސް، އޭނާ ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން އަދިވެސް ދަނީ ކުރަމުންނެވެ.

ކުވޭތަށް ދިން ހަމަލާއެއްގައި އިޓަލީގެ ދެ ރައްޔިތަކު މަރުވެއްޖެ

އީރާނުން ކުވައިތަށް ދިން ޑްރޯން ހަމަލާތަކެއްގައި، ޖަރުމަނުގެ ހަތިޔާރު އުފައްދާ ކުންފުންޏެއްގައި މަސައްކަތްކުރާ އިޓަލީގެ ދެ ޓެކްނީޝަނުން މަރުވެއްޖެއެވެ. މި ހަމަލާގައި އިތުރު ދެ މީހަކަށް އަނިޔާވެފައިވާއިރު، މިއީ އެމެރިކާ އާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން ބަދަލުހިފުމުގެ ގޮތުން ދީފައިވާ ހަމަލާއެކެވެ.

ޕާކިސްތާނުގެ ޓީވީ ޝޯއެއް އިންޑިއާގައި ދެއްކުމަށް ހުރަސްތަކެއް

ޕާކިސްތާނުގެ މަގުބޫލު ޑްރާމާ ސިލްސިލާއެއް އިންޑިއާގެ ބެންގަލޫރުގައި ދެއްކުމަށް ރޭވި ހަރަކާތްތަކެއް، ދެ ގައުމުގެ ސިޔާސީ ނުތަނަވަސްކަމާއި ސޯޝަލް މީޑިއާގެ ފާޑުކިޔުންތަކާ ގުޅިގެން ކެންސަލްކޮށްފިއެވެ. މި ހަރަކާތްތަކަށް ހުރަސް އެޅުނީ ފުލުހުންގެ ސަމާލުކަމަށް އެކަން އައުމުންނެވެ. މިއީ ޕާކިސްތާނުގެ އުފެއްދުންތަކަށް އިންޑިއާގައި ޝައުގުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ކުރިމަތިވި ހުރަހެކެވެ.

ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކަށް އާ ޓެރިފް ކަނޑައަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވިޔަފާރި ސިޔާސަތުގެ ދަށުން، ޗައިނާ އާއި އީޔޫ ހިމެނޭހެން 14 ސަރަހައްދަކުން އެތެރެކުރާ މުދަލުން ބޮޑު ޓެރިފެއް ނަގަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މި އާ އުސޫލުގެ ދަށުން އެންމެ ބޮޑު ޓެކްސްއެއް ނަގާނީ ޗައިނާއިން ކަމަށްވާއިރު، އަންނަ އަހަރު މި ޓެރިފްތަކަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދުމުގެ މަރުހަލާ ކުރިއަށްދާނެއެވެ.

އަންހެނުންގެ ވޯޓުގެ ހައްގު އަތުލަން ބޭނުންވާ ނުފޫޒުގަދަ ފާދިރީ

އެމެރިކާގެ ނުފޫޒުގަދަ ފާދިރީއެއް ކަމަށްވާ ޑަގް ވިލްސަން، އަންހެނުންގެ ވޯޓުލުމުގެ ހައްގު އަތުލައި، އެމެރިކާގެ ވެރިކަން ނަސާރާ ދީނުގެ ހަރުކަށި އުސޫލުތަކަށް ބަދަލުކުރުމަށް ވަކާލާތު ކުރަމުންދެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މުޖުތަމައު ހިންގަންވާނީ ފިރިހެނުން އިސްވެ ތިބެގެން ކަމަށްވާއިރު، މިއީ އަންހެނުން އަޅުވެތިކުރުމަށް ބާރުދޭ ޑިމޮކްރަސީއާ ހިލާފު ވިސްނުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ފަލަސްތީނުގެ ދަރިވަރު މިނިވަންކުރުމަށް ގޮވާލައި މުޒާހަރާ

އެއްވެސް ދައުވާއެއް ނުކޮށް އިޒްރޭލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ދަރިވަރެއް ކަމަށްވާ މަހުދީ ތޫންސީ މިނިވަންކުރުމަށް ގޮވާލައި، އިޒްރޭލުގެ އެކްޓިވިސްޓުންނާއި ދަރިވަރުން މުޒާހަރާކޮށްފިއެވެ. ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މި ދަރިވަރު، އެއްވެސް ދައުވާއެއް ނުކޮށް މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބެހެއްޓުމަށް އިޒްރޭލުން މަސައްކަތް ކުރަމުންދާއިރު، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ އަމަލެއް ކަމަށް އެކަޑެމީ ދާއިރާގެ ބޭފުޅުން ތުހުމަތުކުރެއެވެ.

ފިޔަވަޅުތަކާ ކުރިމަތިލާން އީރާނު ތައްޔާރު ކަމަށް ބުނެފި

އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅިނަމަވެސް، އެހެން ބޯޑަރުތައް މެދުވެރިކޮށް މުދާ އެތެރެކުރެވޭތީ އެކަމާ ކަންބޮޑުނުވާ ކަމަށް އީރާނުން ބުނެފިއެވެ. ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އަސާސީ މުދަލުގެ އަގުތައް ހިފެހެއްޓުމަށާއި ފަގީރު އާއިލާތަކަށް އެހީތެރިވުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އެ ގައުމުން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox