އީރާނުން ޗައިނާ މެދުވެރިކޮށް ޖާސޫސްކުރިކަމުގެ ރިޕޯޓުތަކަށް ޓްރަމްޕް ސަމާލުކަމެއް ނުދެއްވި

Sep 15, 2026, 8:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިދިޔަ ޖުލައި މަހު ދިން ހަމަލާއެއްގައި އެމެރިކާގެ ތިން ސިފައިން މަރުވި ހާދިސާގެ ކުރިން، ޗައިނާގެ ކުންފުނިތަކެއް މެދުވެރިކޮށް އެ މަރުކަޒުގެ ސެޓެލައިޓް ފޮޓޯތައް އީރާނުން ހޯދާފައިވާ ކަމަށް ބުނާ ރިޕޯޓުތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާބޮޑު ސަމާލުކަމެއް ނުދެއްވި އެވެ.

ވޯލް ސްޓްރީޓް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި، އުރުދުންގެ މަރުކަޒަށް ދިން ހަމަލާއާ ގުޅޭގޮތުން އެމެރިކާ ސަރުކާރުގެ ނަން ހާމަކުރަން ބޭނުންނުވާ އޮފިޝަލުންނާ ހަވާލާދީ މައުލޫމާތު ދީފައިވެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބާއްވާ ބައްދަލުވުމުގައި މި މައްސަލައާ ގުޅޭގޮތުން ސުވާލު ކުރައްވާނެތޯ ނޫސްވެރިން އެހުމުން، ޓްރަމްޕް އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭގެ ބަދަލުގައި ޓްރަމްޕް ވިދާޅުވީ ޗައިނާ އާއި އެމެރިކާއިން ވެސް އެއް ގައުމު އަނެއް ގައުމަށް ފާރަލުމުގެ ހަރަކާތްތައް ހިންގާ ކަމަށެވެ.

ރައީސްގެ ރަސްމީ މަތިންދާބޯޓު "އެއާ ފޯސް ވަން" ގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން ކުރާ ކަންތައްތައް ޗައިނާއިން ވެސް ކުރަމުންދާ ކަމަށެވެ. އަދި ޗައިނާއިން އެމެރިކާއަށް ޖާސޫސްކުރާ ކަމަށް ބުނާ ވާހަކައަކީ ތެދެއް ކަމަށާއި، ހަމަ އެގޮތަށް އެމެރިކާއިން ވެސް ޗައިނާއަށް ޖާސޫސްކުރާ ކަމަށް ވިދާޅުވި އެވެ.

މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު އެމެރިކާގައި ދެ ގައުމުގެ ރައީސުން ބައްދަލުކުރައްވާނެ ކަމަށް ބެލެވުނު ނަމަވެސް، ޗައިނާ ސަރުކާރުން އަދި ރަސްމީކޮށް އެ ބައްދަލުވުން ބާއްވާނެކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ރައީސް ޝީ ޖިންޕިންއާ އެކު ގާތް ގުޅުމެއް އޮންނަ ކަމަށް ވިދާޅުވާ ވާހަކަ ޓްރަމްޕް ވަނީ އާދީއްތަ ދުވަހު އަނެއްކާވެސް ތަކުރާރު ކުރައްވާފަ އެވެ.

ހަފުތާ ބަންދުގައި އަޔަލޭންޑަށް ކުރެއްވި ދަތުރަށްފަހު އެމެރިކާއަށް އެނބުރި ވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ، ޝީ އަމަލުކުރައްވަނީ ވަރަށް ރަނގަޅަށް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެމެރިކާއިން ވެސް އަމަލުކުރަނީ އެގޮތަށް ކަމަށެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައިވާ ގޮތުން، އީރާނަށް ސެޓެލައިޓް ފޮޓޯތައް ފޯރުކޮށްދިން ޗައިނާގެ ކުންފުނިތަކަކީ ކޮބައިކަން ހާމަކުރަން އެމެރިކާގެ އޮފިޝަލުން ވަނީ އިންކާރު ކުރައްވާފަ އެވެ. އަދި މިކަމުގައި ޗައިނާ ސަރުކާރުގެ ސީދާ ބައިވެރިވުމެއް އޮތް ކަމަށް އެ އޮފިޝަލުން ތުހުމަތުކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ޗައިނާއިން ހޯމަ ދުވަހު ބުނީ، އެ ގައުމުން ބައިނަލްއަގުވާމީ ގޮތުން އަދާކުރަންޖެހޭ ޒިންމާތައް ފުރިހަމައަށް އަދާކުރަމުންދާ ކަމަށެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގުއޯ ޖިއާކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެއްވެސް ހެއްކެއް ނެތި ކުރާ ތުހުމަތުތަކާ އެ ގައުމުން ހަރުކަށިކޮށް ދެކޮޅު ހަދާ ކަމަށެވެ.

ޓްރަމްޕްގެ މި ވާހަކަތަކުން ދޭހަވަނީ، އީރާނާ އެކު ޗައިނާއިން ބާއްވާ ގާތް ގުޅުމުގެ ސަބަބުން އެމެރިކާގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، ވޮޝިންޓަނާއި ބެއިޖިންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގައި މިހާތަނަށް އެމެރިކާގެ އަސްކަރިއްޔާގެ 18 މީހަކު ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދޮންބާސް ދޫކޮށްލައިފިނަމަ ނޭޓޯ މެންބަރުކަން ދިނުމުގެ ހުށަހެޅުމެއް

ޔޫކްރެއިންގެ ދޮންބާސް ސަރަހައްދު ރަޝިއާއަށް ދޫކޮށްލުމުގެ ބަދަލުގައި އެ ގައުމަށް ނޭޓޯގެ މެންބަރުކަން ދިނުމުގެ ހުށަހަޅުމެއް އެމެރިކާގެ މަންދޫބުން ހުށަހަޅާފައިވާ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވެއްޖެއެވެ. މިފަދަ އެއްބަސްވުމަކަށް ދާނީ ގައުމުގެ ސަލާމަތާއި އާރާސްތުކުރުމުގެ ފުރިހަމަ ޔަގީންކަން ލިބި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ފާސްވެއްޖެނަމަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔޫގަންޑާގައި އަސްކަރީ ޖެނެރަލުން ހައްޔަރުކޮށްފި

ޔޫގަންޑާގެ ރައީސް މުސެވެނީގެ ދަރިކަލުން އަދި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް މުހޫޒީ ކައިނޭރުގާބާ، އެ ގައުމުގެ އިސް ޖެނެރަލުންތަކެއް ހައްޔަރުކޮށް ނައިބު ރައީސަށް އިންޒާރު ދެއްވުމާ ގުޅިގެން ސިޔާސީ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. މުހައްލިލުން ގަބޫލުކުރާ ގޮތުގައި މިއީ ބައްޕައަށް ފަހު ވެރިކަމަށް ވަޑައިގަތުމަށްޓަކައި، އެކަމަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކުރުމަށް ކައިނޭރުގާބާ ހިންގަވާ ސިޔާސީ ހަރަކާތެކެވެ. މި ހައްޔަރުކުރުންތަކަކީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ކަމެއް ކަމަށް އަސްކަރިއްޔާއިން ބުނި ނަމަވެސް، މިއީ ސީދާ ވެރިކަމުގެ ބާރުތައް ހޯދުމަށް ކުރާ ކަމެއްކަމުގެ ތުހުމަތު ވަނީ އަމާޒުވެފައެވެ.

އެމެރިކާގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް

އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ މުއާސަލާތީ ނިޒާމަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ފްލައިޓްތަކެއް ހުއްޓުމަކަށް އައިސް ގިނަ އަދަދެއްގެ ދަތުރުތައް ވަނީ ކެންސަލްވެފައެވެ. މިއީ ސައިބާ ހަމަލާއެއް ނޫން ކަމަށާއި، މިއީ ނިޒާމަށް ދިމާވި ފަންނީ މައްސަލައެއް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ޓްރަމްޕް، ޝީ އަދި ޕުޓިން އަންނަ ހަފުތާގައި ބައްދަލުކުރަނީ

އަންނަ ހަފުތާގައި ޗައިނާގައި ބާއްވާ އޭޕެކް ސަމިޓުގެ ހަވާސާގައި އެމެރިކާ، ޗައިނާ އަދި ރަޝިޔާގެ ރައީސުން ބައްދަލުކުރައްވައި ނިއުކްލިއާ ހަތިޔާރު މަދުކުރުމާ ގުޅޭގޮތުން ތާރީޚީ މަޝްވަރާތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ނިއުކްލިއާ މައްސަލައިގެ އިތުރުން އީރާނުގެ މައްސަލައާ ގުޅޭގޮތުން ވެސް ވާހަކަދެއްކުމަށް ހަމަޖެހިފައިވާއިރު، މިއީ މި ތިން ގައުމުގެ އިސްވެރިން އެކުގައި ބާއްވާ މިފަދަ ފުރަތަމަ ބައްދަލުވުމެވެ.

މައިކްރޯސޮފްޓްގެ ހިދުމަތްތަކަށް ބުރޫ އަރައިފި

މައިކްރޯސޮފްޓްގެ އިންފްރާސްޓްރަކްޗާއަށް ބާރުބޮޑުވުމުގެ ސަބަބުން، އައުޓްލުކް އާއި ޓީމްސް ހިމެނޭހެން އެ ކުންފުނީގެ ގިނަ ހިދުމަތްތަކަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި މައްސަލަ ހައްލުކޮށް ހިދުމަތްތައް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނިން ދަނީ އަވަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. ބައެއް ސަރަހައްދުތަކަށް މިހާރު ހިދުމަތް ލިބުނު ނަމަވެސް، މައްސަލަ އެއްކޮށް ހައްލުކުރުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ގާޒާގެ ހޮސްޕިޓަލަކަށް ހަމަލާދީ ޑޮކްޓަރަކާއި ކުއްޖަކު މަރާލައިފި

ގާޒާގެ ނާސިރު ހޮސްޕިޓަލަށް އިޒްރޭލުން ދިން ވަރުގަދަ ހަމަލާއެއްގައި ޑޮކްޓަރަކާއި ކުޑަކުއްޖަކު ހިމެނޭހެން ހަ މީހަކު ޝަހީދުވެ، 40 މީހުންނަށް އަނިޔާވެއްޖެއެވެ. އެމެރިކާގައި އުފައްދާފައިވާ ބޮން ބޭނުންކޮށްގެން ދިން މި ހަމަލާގައި ހޮސްޕިޓަލުގެ ސާޖަރީ ޔުނިޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އިޒްރޭލުން ބުނަނީ މިއީ ހަމާސްގެ ކޮމާންޑަރަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.

އެންވީޑިއާގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއާން ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވީ، އޭނާ ބޭއްވި ނަހަމަ ގުޅުންތަކެއްގެ ތެރޭގައި ޗައިނާގެ ޖާސޫސަކު ހިމެނޭ ކަމަށް ތުހުމަތު ކުރެވި ގައުމީ ސަލާމަތަށް ނުރައްކާވުމާ ގުޅިގެންނެވެ. މި ހާދިސާއާ އެކު ކުންފުނީގެ ބާޒާރުގެ އަގުން 550 ބިލިއަން ޑޮލަރު އުނިވެފައިވާއިރު، ވަގުތީ ގޮތުން ކުންފުނި ހިންގުމާ ހަވާލުވެވަޑައިގަތީ ސީއެފްއޯ ކޮލެޓް ކްރެސް އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މިހާރު ދަނީ މި މައްސަލަ ތަހުގީގުކޮށް، ޖެންސަން ކޮންގްރެސްއަށް ހާޒިރުކުރުމަށް މަސައްކަތް ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox