ބްރިޖަށް އުރުނު ދެ ބޯޓުގެ ހާލަތާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަން ދޮޅުމަސްކުރިން ސަރުކާރަށް އެނގޭ

ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓު: މި ދެ ބޯޓަކީ ހުއްދަ ނެތި ރާއްޖެ ސަރަހައްދަށް ވަދެ އޮއްވައި މެއި 3، ގައި ފެނުނު ދެ ބޯޓު -- ފޮޓޯ: ސްނެޕްޝޮޓް

ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓު: މި ދެ ބޯޓަކީ ހުއްދަ ނެތި ރާއްޖެ ސަރަހައްދަށް ވަދެ އޮއްވައި މެއި 3، ގައި ފެނުނު ދެ ބޯޓު -- ފޮޓޯ: ސްނެޕްޝޮޓް

ރޭގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓުގެ ހާލަތާއި އެ ދެ ބޯޓުމާލެ ކައިރީގައި އަޅާފައި އޮތުމުގެ ނުރައްކާ ބޮޑުކަމުން، ރައްކާތެރި ތަނަކަށް ގެންގޮސް އެ ބޯޓުތައް އަޅަން މީގެ ދޮޅުމަސްކުރިން ނިންމާފައިވާކަން އެނގިއްޖެ އެވެ.

އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދިން ގޮތުގައި، އެ ދެ ބޯޓަކީ އެއްވެސް ހުއްދައަކާ ނުލައި އޭޕްރިލް 26، ގައި ރާއްޖެއަށް ވަތް ދެ ބޯޓެވެ. ނަމަވެސް، އެ ދެ ބޯޓުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް އެނގުނީ އޭގެ ހަފުތާއެއް ފަހުން، މާލެ ކައިރީގައި އެ ބޯޓުތައް އަޅާފައި އޮއްވަ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހަކު މި ނޫހަށް ބުނީ ރޭގައި ހިނގި ފަދަ ހާދިސާއެއް ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރަށް އެ ދެ ބޯޓު ރައްކާތެރި ތަނަކަށް ގެންގޮސް ބަނދަރުޖަހަން މީގެ ދޮޅު މަސްކުރިން އޮތީ ނިންމާފައި ކަމަށެވެ.

އެކަން ކުރަން ނިންމާފައި އޮތީ ސިފައިންނާއި އެމްޕީއެލްގެ ބެލުމުގެ ދަށުން ކަމަށާއި، އެކަމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ނަމަ، ފުލުހުންގެ އެހީތެރިކަން ހޯދަން ވެސް އޭރު ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ. 

އެ ދެ ބޯޓުގައި ވެސް ދަތުރުކުރާއިރު ދިއްލަން ލާޒިމުކުރާ ނެވިގޭޝަން ލައިޓުތައް ނުދިއްލޭ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރަމުންދިޔަކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.

އަދި، އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްކަމަށާއި، އިންޖީނު ވެސް މަސައްކަތް ކުރަނީ އެންމެ ބޯޓެއްގައިކަމަށް މި ނޫހަށް މައުލޫމާތު ވަނީ ލިބިފަ އެވެ. 

މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުނީ ރައްކާތެރިކޮށް ބަނދަރުޖެހުމަށް އެ ދެ ބޯޓު ގެންދަން ނިންމާފައި އޮތީ ތިލަފުށްޓަށެވެ. އަދި، އެކަމަށް ބޭނުންވާ ހުއްދަ އެޗްޑީސީން އޮތީ ޖުލައި މަހުގެ ތެރޭގައި ދީފައި ކަމަށް އެ މީހުން ބުންޏެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވާ ރޭގެ ވަގުތެއްގައި ނަގިލި ކަނޑައިގެން ގޮސް، ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓެވެ. އެ ދެ ބޯޓަކީ ވެސް ރިޕަބްލިކް އޮފް ހައިޓީގެ ރެޖިސްޓްރީގައި އޮތް، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުކުރެވޭ ދެ ބޯޓުކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox