ބުރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ހިނގައްޖެ ކަމަށް ސިފައިން ބުނެފި

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ރޭގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓު ދިޔަވެ އަޑިއަށް ހިނގައްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ބުނެފި އެވެ.

މީޑިއާތަކަށް އެމްއެންޑީއެފުން ފޮނުވި މެސެޖެއްގައި ބުނީ އެ ދެ ބޯޓު އަޑިއަށް ގޮސްފައި ވަނީ ރާޢްޖޭގެ ސަރަހައްދުން 30 ނޯޓިކަލް މޭލު ބޭރަށް ކަމަށެވެ.

"ތެޔޮއުފުލާ މި 2 ބޯޓަކީ ވަރަށް ބައުވެފައިވާ 2 ބޯޓަށް ވުމާއިއެކު، މި 2 ބޯޓުވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފައެވެ،" އެމްއެންޑީއެފުން ފޮނުވި މެސެޖުގައި ބުންޏެވެ.

އެ ދެ ބޯޓު އޮޔާ ގޮސް ފުރަތަމަ އުރުނީ މާލޭގެ އިރުމަތީ ފަރާތު ފަރަށެވެ. އޭގެފަހުން، ސިނަމާލެ ބްރިޖުގެ ތަނބަކަށް ގޮސް އުރުނީ އޭގެ ފަހުންނެވެ. އޭރު އޭގައި ނުވަ މީހުން ތިބި ކަމަށް ސިފައިން ބުންޏެވެ. ނަމަވެސް، ރޭގެ ވަގުތެއްގައި އެ ހުރިހާ އެންމެން ސިފައިން ވަނީ ސަލާމަތްކޮށްފަ އެވެ.

ބްރިޖަށް އުރުނު ދެ ބޯޓުގެ ހާލަތާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަން ދޮޅުމަސްކުރިން ސަރުކާރަށް އެނގޭ

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ހުއްދަނެތި ރާއްޖެއަށް ވަދެފައިވާ، އަދި ނުރައްކަލެއް ދިމާވެދާނެތީ ތިލަފުށްޓަށް ބަދަލުކުރަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވާ ދެ ބޯޓެވެ. މި ބޯޓުތަކުގައި ނެވިގޭޝަން ލައިޓާއި ނަގިލި ފަދަ ވަސީލަތްތައް މަދުވުމުގެ ޝަކުވާ ލިބިފައިވާއިރު، ބޯޓުތައް ބަދަލުކުރުމުގެ ހުއްދަ އެޗްޑީސީން އޮތީ ޖުލައި މަހު ދީފައެވެ.

އެ ހާދިސާ ހިނގާފައި ވަނީ އެފަދަ ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރަށް އެ ދެ ބޯޓު ރައްކާތެރި ތަނަކަށް ގެންގޮސް ބަނދަރުޖަހަން މީގެ ދޮޅު މަސްކުރިން ނިންމާފައި އޮއްވަ އެވެ.

އެކަން ކުރަން ނިންމާފައި އޮތީ ސިފައިންނާއި އެމްޕީއެލްގެ ބެލުމުގެ ދަށުން ކަމަށާއި، އެކަމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ނަމަ، ފުލުހުންގެ އެހީތެރިކަން ހޯދަން ވެސް އޭރު އޮތީ ނިންމައިފަ އެވެ.

އިތުބާރު ހުރި މަސްދަރުތަކުން މި ނޫހަށް އެނގިފައިވާގޮތުން، އެ ދެ ބޯޓު ތިލަފުށްޓަށް ބަދަލުކުރަން ނިންމާފައި އޮތީ ޖުލައި 16، ގަ އެވެ. ތިލަފުށީގައި އެ ދެ ބޯޓު ބަނދަރުޖެހުމުގެ ހުއްދަ އެޗްޑީސީން ވެސް އޮތީ ދީފަ އެވެ.

ނަމަވެސް، އެ ދެ ބޯޓު ތިލަފުށްޓަށް ނުގެންގޮސް މާލެ ކައިރީގައި އަޅާފައި އޮތް ސަބަބެއް ނޭނގެ އެވެ.

އެ ދެ ބޯޓުގައި ވެސް ދަތުރުކުރާއިރު ދިއްލަން ލާޒިމުކުރާ ނެވިގޭޝަން ލައިޓުތައް ނުދިއްލޭ ކަމަށާއި އޭގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރަމުންދިޔަކަމަށް ވެސް މި ނޫހަށް އެނގިފައިވެ އެވެ.

ބްރިޖަށް އުރުނު ދެ ބޯޓުން ރާއްޖެއަށް އެއްޗެއް އެތެރެކުރިކަމުގެ ހެއްކެއް ނެތް ކަމަށް ބުނެ ދިނީ ޖޫރިމަނާގެ އަދަބު އެކަނި

ހައިޓީގައި ރަޖިސްޓްރީކޮށްފައިވާ މި ދެ ބޯޓުން ކުރެ ކޮންމެ ބޯޓެއް 310,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވީ ނަމަވެސް، ކަނޑައެޅި މުއްދަތު ހަމަވިއިރުވެސް އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އަދި، އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނަގިއްޔެއް ނެތްކަމަށާއި، އިންޖީނު ވެސް މަސައްކަތް ކުރަނީ އެންމެ ބޯޓެއްގައިކަމަށް މި ނޫހަށް މައުލޫމާތު ވަނީ ލިބިފަ އެވެ. 

އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދިން ގޮތުގައި، އެ ދެ ބޯޓަކީ އެއްވެސް ހުއްދައަކާ ނުލައި އޭޕްރިލް 26، ގައި ރާއްޖެއަށް ވަތް ދެ ބޯޓެވެ. ނަމަވެސް، އެ ދެ ބޯޓުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް އެނގުނީ އޭގެ ހަފުތާއެއް ފަހުން، މާލެ ކައިރީގައި އެ ބޯޓުތައް އަޅާފައި އޮއްވަ އެވެ.

ދެ ބޯޓަކީ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓެވެ. އެ ދެ ބޯޓަކީ ވެސް ރިޕަބްލިކް އޮފް ހައިޓީގެ ރެޖިސްޓްރީގައި އޮތް، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުކުރެވޭ ދެ ބޯޓުކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox