ބްރިޖަށް އުރުނު ދެ ބޯޓުން ރާއްޖެއަށް އެއްޗެއް އެތެރެކުރިކަމުގެ ހެއްކެއް ނެތް ކަމަށް ބުނެ ދިނީ ޖޫރިމަނާގެ އަދަބު އެކަނި

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު: މި ހާދިސާ ހިނގިއިރު، އެ ބޯޓުތަކުގައި މީހުން ވެސް ތިބި -- ފޮޓޯ: ސްނެޕްޝޮޓް

ރޭގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އުރުނު ދެ ބޯޓު ފެނުނީ ހުއްދައަކާ ނުލައި ރާއްޖެއަށް އެތެރެވިތާ ހަފުތާއެއް ފަހުން ނަމަވެސް، އެ ދެ ބޯޓުން ގަވާއިދާ ހިލާފަށް އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެކުރިކަމުގެ ހެކި ނެތްކަމަށް ބުނެ ހަމައެކަނި ކޮށްފައި ވަނީ ޖޫރިމަނާކަން އެނގިއްޖެ އެވެ.

އިތުބާރު ހިފޭ މަސްދަރުތަކުން އަދަދު އަށް ކަށަވަރުކޮށްދިން ގޮތުގައި، އެ ދެ ބޯޓަކީ އެއްވެސް ހުއްދައަކާ ނުލައި އޭޕްރިލް 26، ގައި ރާއްޖެއަށް ވަތް ދެ ތެޔޮ ޓޭންކަރެވެ. ނަމަވެސް، އެ ދެ ބޯޓުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް އެނގުނީ އޭގެ ހަފުތާއެއް ފަހުން، މާލެ ކައިރީގައި އެ ބޯޓުތައް އަޅާފައި އޮއްވަ އެވެ.

އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުނީ އެއްވެސް ހުއްދައެއް ނެތި އެ ބޯޓުތައް ރާއްޖޭގެ ސަރަހައްދަށް އެތެރެވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތާއި ކަސްޓަމްސް ސާވިސް ގުޅިގެން ތަހުގީގު ކުރި ކަމަށެެވެ.

Advertisement

ބްރިޖަށް އުރުނު ދެ ބޯޓުގެ ހާލަތާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެކަން ދޮޅުމަސްކުރިން ސަރުކާރަށް އެނގޭ

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ހުއްދަނެތި ރާއްޖެއަށް ވަދެފައިވާ، އަދި ނުރައްކަލެއް ދިމާވެދާނެތީ ތިލަފުށްޓަށް ބަދަލުކުރަން މީގެ ދޮޅުމަސް ކުރިން ނިންމާފައިވާ ދެ ބޯޓެވެ. މި ބޯޓުތަކުގައި ނެވިގޭޝަން ލައިޓާއި ނަގިލި ފަދަ ވަސީލަތްތައް މަދުވުމުގެ ޝަކުވާ ލިބިފައިވާއިރު، ބޯޓުތައް ބަދަލުކުރުމުގެ ހުއްދަ އެޗްޑީސީން އޮތީ ޖުލައި މަހު ދީފައެވެ.

ނަމަވެސް، ގާނޫނާ ހިލާފަށް އެ ބޯޓުތަކުން ރާއްޖެއަށް އެއްވެސް އެއްޗެއް އެތެރެކުރިކަން ނުވަތަ ދިވެހީންގެ ބަޔަކާ ގުޅިގެން ގާނޫނާ ހިލާފުކަމެއް ކުރަން އުޅުނުކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ފުލުހުން ބުނި ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

އަދި، އެ ބޯޓުގައި ތިބި މީހުންގެ މައްޗަށް ހަމައެކަނި ސާބިތުވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ދިވެހި ސަރުކާރުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ރާއްޖޭގެ އެތެރޭގެ ކަނޑަށް ވަނުމުގެ ކުށް ކަމަށް ކަނޑައަޅައި އެ ދެ ބޯޓު ވެސް ޖޫރިމަނާކުރި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ.

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ އެމްޓީ ކޭޖީ 1 އަދި އޭއެލް 1 ނަމަކަށް ކިޔާ ދެ ބޯޓެވެ. އެ ދެ ބޯޓަކީ ވެސް ރިޕަބްލިކް އޮފް ހައިޓީގެ ރެޖިސްޓްރީގައި އޮތް، އެހެންނަމަވެސް، ވެރިފަރާތް ކަށަވަރު ނުކުރެވޭ ދެ ބޯޓުކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ރާއްޖޭގެ ސަރަހައްދަށް ހުއްދަ ނެތި ވަނުމުގެ ކުށުގައި އެ ދެ ބޯޓު ވެސް ޖޫރިމަނާކުރީ ކޮންމެ ބޯޓެއް 310،000ރ. އިން ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހުން މި ނޫހަށް ކިޔައިދިނެވެ. ޖޫރިމަނާ ދައްކަންޖެހޭ އެންމެ ފަހު ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތީ، ޖޫން 29، 2026 އެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރު، ވެސް އެ ބޯޓުތަކުން ޖޫރިމަނާ ދައްކާފައިނުވާކަން މި ނޫހަށް އެނގިފައިވެ އެވެ.

ބޯޑަރު ބެލެހެއްޓުން ދޯހަޅިވެ ގޮތް ނޭނގޭ ދެ ބޯޓެއް ވަގަށް ވަދެފައިވާކަން ސިފައިންނަށް އެނގުނީ ހަފުތާއެއް ފަހުން

ހުއްދަނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މާލެ ކައިރީގައި ދެ އުޅަނދެއް ބަނދަރުކޮށްގެން އޮންނަތާ ހަފުތާއެއްވީ ފަހުން ސަލާމަތީ ހިދުމަތްތަކަށް އެކަން އެނގިއްޖެއެވެ. އިންޑިއާގެ ކެޕްޓަނުން ތިބި މި ދެ އުޅަނދު ފާސްކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމާ މެދު ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ރޭގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ގޮސް ސިނަމާލެ ބްރިޖުގެ ތަނބަކަށް އެ ދެ ބޯޓު އުރިފައިވާއިރު، އެ ބޯޓުތަކުގެ ހާލަތު ހުރި ގޮތާއި އެ ބޯޓުތައް އަޅާފައި އޮތް ތަނުގެ ސަބަބުން ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ކަމަށް ބަލައި އެ ދޭތި ތިލަފުށްޓަށް ބަދަލުކުރަން އޮތީ މީގެ ދޮޅު މަސްކުރިން ނިންމައިފަ އެވެ.

އެކަން ކުރަން ނިންމާފައި އޮތީ ސިފައިންނާއި އެމްޕީއެލްގެ ބެލުމުގެ ދަށުން ކަމަށާއި، އެކަމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ނަމަ، ފުލުހުންގެ އެހީތެރިކަން ހޯދަން ވެސް އޭރު ނިންމާފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox