ޕެރިހުގެ ކޯޓަކުން ކިމްއަށް ބަދަލުގެ ގޮތުގައި އެންމެ ޔޫރޯއެއް

Sep 22, 2026, 6:30 AM
ފޮޓޯ: އޭޕީ

ފޮޓޯ: އޭޕީ

2016 ވަނަ އަހަރު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައި ކިމް ކާޑޭޝިއަންގެ އަތުން ގިނަ އަދަދެއްގެ ގަހަނާ ފޭރުނު މައްސަލައިގައި، އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި އެންމެ ޔޫރޯއެއް (1.15 ޑޮލަރު) ދިނުމަށް ޕެރިހުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ހިމެނޭ ވަކީލަކު ވިދާޅުވި ގޮތުގައި، ބަދަލުގެ ގޮތުގައި މި ކުޑަ އަދަދު ކަނޑައެޅީ ކާޑޭޝިއަން އަމިއްލައަށް އެދިފައިވާ ގޮތުގެ މަތިންނެވެ.

މި ހާދިސާއަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި "އެންމެ ބިރުވެރި ތަޖުރިބާ" ކަމަށް ކާޑޭޝިއަން ސިފަކޮށްފައިވާއިރު، މިދިޔަ އަހަރު ކޯޓުން ވަނީ މި ވައްކަމުގައި ބައިވެރިވި އަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފަ އެވެ. ކާޑޭޝިއަން އާއި އޭނާގެ ސްޓައިލިސްޓް ސިމޯން ހަރޫޝް ނެރުނު ގުޅިފައިވާ ބަޔާނެއްގައި، ފަރަންސޭސިވިލާތުގެ ކޯޓުތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދިން ބަޔާނުގައި ބުނެފައިވަނީ، އެ ހާދިސާއަކީ ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރި ކަމެއް ކަމަށާއި، އޭގެ ނޭދެވޭ އަސަރު އަދިވެސް ދެމިއޮތް ކަމަށެވެ. އަދި ކޯޓުގެ ނިންމުމަކީ ފައިސާގެ ބަދަލަށްވުރެ ބޮޑަށް، ކުށްވެރިން ޒިންމާދާރުކުރުވުމާއި އިންސާފު ގާއިމުވުން ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން، މި މަރުހަލާގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން، މިހާރު ބޭނުންވަނީ އެ ހިތްދަތި ހަނދާންތަކުން އަރައިގަނެ ކުރިއަށް ދިއުމަށް ކަމަށްވެސް ބުނެފައިވެ އެވެ.

ކާޑޭޝިއަން މަޑުކޮށްގެން ހުރި "ހޮޓެލް ޑި ޕޯޓަލޭސް" ގެ ރިސެޕްޝަނިސްޓަކަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 109,516 ޔޫރޯ (126,472 ޑޮލަރު) ދިނުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި ވައްކަން ހިންގި ގުރޫޕުން ކާޑޭޝިއަންއަށް އަމާޒުކޮށް ހަމަލާދިން އިރު، އެ ރިސެޕްޝަނިސްޓް ވެސް އެތަނުގައި ހުއްޓެވެ.

އޮކްޓޯބަރު 2، 2016 ގައި ޕެރިސް ފެޝަން ވީކް ތެރޭގައި ހިންގި މި ބޮޑު ވައްކަމުގެ ސަބަބުން ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިސެޕްޝަނިސްޓް ބުނެފައިވެ އެވެ. އޭނާ ބަދަލުގެ ގޮތުގައި 550,000 ޔޫރޯ (634,868 ޑޮލަރު) ހޯދުމަށް އެދިފައިވީ ނަމަވެސް، އޭނާގެ ވަކީލު މުހަންދު އުއިޖާ ވިދާޅުވީ ކޯޓުގެ މި ނިންމުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ކޯޓުން ވަނީ އެ ހޮޓަލަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50,000 ޔޫރޯ (57,741 ޑޮލަރު) ދިނުމަށް އަމުރުކޮށްފަ އެވެ. އަދި ވައްކަން ކުރި ވަގުތު ކާޑޭޝިއަންއާއެކު ހުރި އޭނާގެ ސްޓައިލިސްޓް ހަރޫޝް އެދުނު ގޮތަށް، އޭނާއަށް ވެސް ބަދަލުގެ ގޮތުގައި އެންމެ ޔޫރޯއެއް ދިނުމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިކަން ހިނގީ ފުލުހުންގެ ހެދުމުގައި ތިބި ދެ މީހަކު ކާޑޭޝިއަން ހުރި ކޮޓަރިއަށް ވަދެގަނެ، އޭނާގެ އަތާއި ފައި ބަނދެ އަނގަ ބަންދުކުރުމަށް ފަހު، 6 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ގަހަނާ ފޭރިގަނެގެންނެވެ. އޭގެ ތެރޭގައި އެރޭ ޝޯއަށް އޭނާ އެޅި އަލިމަސް އަނގޮޓި ވެސް ހިމެނެ އެވެ.

މި ވައްކަން ކުރި މީހުންގެ އުމުރަށް ބަލައި، ފަރަންސޭސިވިލާތުގައި އެމީހުން މަޝްހޫރުވެފައިވަނީ "ކާފަ ވަގުން" ނުވަތަ "ލެ ޕަޕީސް ބްރަކުއާސް" ގެ ނަމުންނެވެ. ހަތިޔާރާއެކު ފޭރުމާއި، މީހުން ރަހީނުކުރުމާއި، ކުށްކުރާ ގުރޫޕެއް ހިންގުމުގެ ދައުވާ އުފުލުނު އިރު، އޭގެ ތެރެއިން ހަ މީހުންގެ އުމުރަކީ 60 އާއި 70 އަހަރާ ދެމެދެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން، ކުށް ސާބިތުވި އެއްވެސް މީހަކު އަލުން ޖަލަށް ދާކަށް ނުޖެހުނެވެ. އަދި އެއްވެސް މީހަކު ކޯޓުގެ ހުކުމް އިސްތިއުނާފުކޮށްފައެއް ވެސް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox