ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

Oct 28, 2026, 1:34 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ހޯދުމަށް މަސައްކަތްކުރާ ފަންޑްރެއިޒިން ކޮމިޓީއަކުން، ރޮކް މިއުޒިކްގެ ފަންނާނު ނީލް ޔަންގްގެ 1989 ވަނަ އަހަރުގެ މަޝްހޫރު ލަވަ "ރޮކިން އިން ދަ ފްރީ ވޯލްޑް" ހުއްދަނެތި ބޭނުންކުރި ކަމަށް ބުނެ، 10 މިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި އެވެ.

ކެނެޑާ އާއި އެމެރިކާގެ ރައްޔިތުކަން އޮންނަ މި ފަންނާނު ތުހުމަތުކުރާ ގޮތުގައި، އޮކްޓޯބަރު 12 ވަނަ ދުވަހު އޯހިއޯގައި ބޭއްވި ރެލީއެއްގައި އެ ލަވަ ޖަހާފައިވަނީ "ޓްރަމްޕް 47 ކޮމިޓީ" އިން އޭނާގެ ކޮޕީރައިޓްގެ ހައްގުތަކަށް އަރައިގަނެގެންނެވެ. 

ނީލް ޔަންގް ވަނީ 2020 ވަނަ އަހަރު ވެސް ޓްރަމްޕްގެ އިންތިޚާބީ ކެމްޕޭނާ ދެކޮޅަށް، މި ލަވައިގެ އިތުރުން "ޑެވިލްސް ސައިޑްވޯކް" ނަމަކަށް ކިޔާ ލަވައެއް ބޭނުންކުރި މައްސަލައިގައި ދައުވާކޮށްފަ އެވެ. ނަމަވެސް، އޭގެ ކުޑަދުވަސްކޮޅެއް ފަހުން ދެ ފަރާތުން ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

ނީލް ޔަންގްގެ ކުންފުނި "ސިލްވަ ފިޑްލް މިއުޒިކް" މެދުވެރިކޮށް ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، އޮކްޓޯބަރު 12 ވަނަ ދުވަހު އޯހިއޯގެ ޔަންގްސްޓައުންގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ އެއްވެސް ލައިސަންސެއް ނުވަތަ އޭނާގެ ހުއްދައެއް ނެތި ކަމަށެވެ.

އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން، ކެމްޕޭން ރެލީތަކުގައި މިއުޒިކް ބޭނުންކުރާއިރު، އެ ލަވައެއްގެ އަސްލު ކޮޕީއެއް ގަނެފައި އޮތް ނަމަވެސް، އާންމުންގެ ކުރިމަތީގައި އެ ލަވަ ޖެހުމަށްޓަކައި "ޕަބްލިކް ޕާފޯމަންސް ލައިސަންސް" އެއް ހޯދަންޖެހެ އެވެ.

އެމެރިކާގެ ކޮންގްރެސް އިން ބުނާ ގޮތުގައި، އަޑު ރެކޯޑިންތަކަށް އާންމުކޮށް ހުށަހެޅުމުގެ ހައްގު ލިބިފައި ނޯންނާތީ، އެ ލަވައެއްގެ ކޮޕީރައިޓް އޮންނަ ފަރާތުގެ ހުއްދަ ހޯދަންޖެހެ އެވެ. މި ހުއްދަ ސީދާ ފަންނާނުގެ އަތުން ނުވަތަ ކޮޕީރައިޓް ބަލަހައްޓާ އިދާރާތައް މެދުވެރިކޮށް ހޯދިދާނެ އެވެ.

ޓްރަމްޕްގެ ސިޔާސަތުތަކާއި އޭނާގެ ސަޚުސިއްޔަތާ ދެކޮޅު، އުމުރުން 80 އަހަރުގެ ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ނީލް ޔަންގް ސިފަކުރާ ގޮތުގައި، އެ ލަވައަކީ އެމެރިކާގެ ފަގީރުންނާއި ހާލުގައި ޖެހިފައިވާ މީހުން ތަހައްމަލުކުރާ ހިތްދަތި ހަގީގަތްތަކުގެ މެދުގައި ހުރި ފަރަގު ހާމަކޮށްދޭ ވަރުގަދަ ލަވައެކެވެ.

އޭނާ ބުނި ގޮތުގައި އެ ލަވައަކީ ޑޮނަލްޑް ޓްރަމްޕް ގަބޫލުކުރައްވާ ކަންކަމާ މުޅިން އިދިކޮޅު މާނައެއް އެކުލެވޭ ލަވައެކެވެ.

އަލަށް ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، 2020 ވަނަ އަހަރުގެ މައްސަލައިގައި ކެމްޕޭން ޓީމުން އެއްވެސް ދިފާއެއް ހުށަނާޅައި، މައްސަލަ ހުށަހެޅުމާއެކު ވަގުތުން އެއްބަސްވުމަކަށް އައިސް، ހުއްދަނެތި ދެން ދުވަހަކުވެސް އެ ލަވަ ބޭނުން ނުކުރާނެ ކަމަށް ވައުދުވި ކަމަށެވެ.

ނީލް ޔަންގް އަންގާރަ ދުވަހު އޭނާގެ ވެބްސައިޓުގައި މި ދައުވާއާ ގުޅޭ ގޮތުން ލިޔަމުން، 1980 އާއި 1990 ގެ އަހަރުތަކުގައި އޭނާގެ ގިނަ ޝޯތަކަކަށް ޓްރަމްޕް ވަޑައިގެންފައިވާތީ އެކަމަށް ޝުކުރު އަދާކުރި އެވެ. ނަމަވެސް، އޭނާގެ މިއުޒިކް ބޭނުންކުރުމުގެ ހުއްދަ ދިނުމަށް ވަނީ އިންކާރުކޮށްފަ އެވެ.

ނީލްޔަންގްގެ އިތުރުން، ދަ ރޯލިން ސްޓޯންސް، ރިއާނާ، އެޑެލް، އާރް.އީ.އެމް އަދި ޕްރިންސްގެ އާއިލާއިން ވެސް ވަނީ މީގެ ކުރިން ކެމްޕޭން ހަރަކާތްތަކުގައި އެ ފަންނާނުންގެ މިއުޒިކް ބޭނުންކުރާތީ ޓްރަމްޕަށް ފާޑުކިޔާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަސް ނުކައިވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑު ހޯދިދާނެ!

މަހުގެ ބާވަތްތަކުގެ އިތުރުން ފަތްޕިލާވެއްޔާއި ގޮވާމުގެ ބާވަތްތަކުން ވެސް ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މާއްދާ ހޯދިދާނެކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކާނާ ތައްޔާރުކުރާ ގޮތަށް ބަދަލު ގެނައުމާއި، ވިޓަމިން ސީ އެކުލެވޭ ތަކެއްޗާއެކު ކެއުމަކީ ގަސްގަހާގެހިން ލިބޭ ދަގަނޑު ހަށިގަނޑަށް ދަމައިގަންނަ މިންވަރު އިތުރުކޮށްދޭނެ ކަންކަމެވެ.

އާ ޖޭމްސް ބޮންޑަކަށް ރޮބަޓް ޕެޓިންސަން

ޖޭމްސް ބޮންޑުގެ ރޯލު ކުޅޭނެ އާ އެކްޓަރަކަށް އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖައްސައި، 2028 ވަނަ އަހަރު ރިލީޒްކުރާ ބޮންޑު ސިލްސިލާގެ 26 ވަނަ ފިލްމު ޑެނިސް ވިލެނޫވް ޑައިރެކްޓްކުރާ ގޮތަށް އެމެޒޯން އެމްޖީއެމް އިން ވަނީ އިއުލާންކޮށްފައެވެ. މި ރޯލު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށް ޕެޓިންސަން ބުނެފައިވާއިރު، މިއީ ޑެނިއަލް ކްރެއިގަށް ފަހު މި މަޝްހޫރު ޖާސޫސީ ރޯލުން ފެންނާނެ ހަތްވަނަ އެކްޓަރެވެ.

އަނދިރީގައި ފެންވެރުން ނިދި އައުން ފަސޭހަވޭތަ؟

ނިދުމުގެ ކުރިން އަނދިރީގައި ފެންވެރުމަކީ ހަށިގަނޑުން މެލަޓޯނިން އުފައްދައިދީ، ސިކުނޑި ހަމަޖައްސައިދީ އަވަހަށް ނިދި އައުމަށް އެހީތެރިވެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، ދުވަހުގެ ސްޓްރެސް ކުޑަކޮށްދީ ނަފްސާނީ ގޮތުން އަރާމު ލިބިގެންދެއެވެ. ނަމަވެސް މިއީ ނިދުމުގެ ބޮޑެތި ބަލިތަކަށް އޮތް ދާއިމީ ހައްލެއް ނޫންކަމަށް މާހިރުން ފާހަގަކުރެއެވެ.

ޕްރޮސްޓޭޓް ކެންސަރަށް ގަވާއިދުން ސްކްރީން ކުރަން ބުނެފި

ޕްރޮސްޓޭޓް ކެންސަރު ޖެހޭ މިންވަރު އިތުރުވަމުންދާތީ، އެމެރިކަން ކެންސަރ ސޮސައިޓީން ވަނީ އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ ފިރިހެނުން ގަވާއިދުން ސްކްރީން ކުރުމަށް އާ އިރުޝާދުތަކެއް ނެރެފައެވެ. މި ބަދަލުގެ ދަށުން ބަލީގެ ނުރައްކާ ބޮޑު މީހުން އުމުރުން 45 އަހަރުން ފެށިގެން ކޮންމެ އަހަރަކު ޓެސްޓުކުރަން ލަފާދީފައިވާއިރު، މީގެ މަގުސަދަކީ ބަލި ކުރީކޮޅު ދެނެގަނެ މަރުވާ މިންވަރު މަދުކުރުމެވެ.

ޓޭލާ ސުވިފްޓަކީ ފޭކު ސަޕޯޓަރެއް ކަމަށް ކުޅުންތެރިން ބުނެފި

ނިއުޔޯކް ނިކްސްގެ ބައެއް ކުޅުންތެރިން ޓޭލާ ސުވިފްޓަކީ ދެއްކުންތެރިކަމަށް މެޗުތަކަށް އަންނަ "ފޭކު" ސަޕޯޓަރެއް ކަމަށް ބުނުމުން، އެ ޓީމުން އޭނާގެ ދިފާއުގައި ވާހަކަދައްކައިފިއެވެ. ޓީމުގެ ތަރުޖަމާނު ވަނީ ސުވިފްޓަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ސަޕޯޓްކުރާ ވަފާތެރިއެއްކަން ފާހަގަކޮށް، ކުޅުންތެރިންގެ ވާހަކަތައް ދޮގުކޮށްފައެވެ.

ގްލެޑިއޭޓާ 2" ގެ ސެޓުގައި ހިނގި ހާދިސާއަކާ ގުޅިގެން ކޯޓަށް

"ގްލެޑިއޭޓާ 2" ގެ މަންޒަރެއް ކުޅެމުން ދަނިކޮށް ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަށިގަނޑުގެ 15 އިންސައްތަ ފިހުނު އެކްޓަރަކު، ފިލްމު އުފެއްދި ކުންފުންޏާ ދެކޮޅަށް ކޯޓުގައި ދައުވާކޮށްފިއެވެ. މި ހާދިސާގެ ޒިންމާ ފިލްމީ ކުންފުނިން އުފުލި ނަމަވެސް، ލިބުނު އަނިޔާތަކަށް ބަދަލުގެ ގޮތުގައި އެދިފައިވާ 200،000 ޕައުންޑް ދިނުމަށް އެ ކުންފުނިން ވަނީ އިންކާރުކޮށްފައެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox