ޕެރިހުގެ ކޯޓަކުން ކިމްއަށް ބަދަލުގެ ގޮތުގައި އެންމެ ޔޫރޯއެއް
2016 ވަނަ އަހަރު ޕެރިހުގައި ކިމް ކާޑޭޝިއަންގެ އަތުން ގަހަނާ ފޭރުނު މައްސަލައިގައި، އޭނާ އަމިއްލައަށް އެދިގެން ބަދަލުގެ ގޮތުގައި އެންމެ ޔޫރޯއެއް ދިނުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކިމް ބޭނުންވީ ފައިސާގެ ބަދަލަށްވުރެ ބޮޑަށް އިންސާފު ގާއިމުކުރުން ކަމަށްވާއިރު، އެ ހާދިސާ ހިނގި ވަގުތު ހުރި ރިސެޕްޝަނިސްޓަށް ބަދަލުގެ ގޮތުގައި އެއްލައްކައަށްވުރެ ގިނަ ޔޫރޯ ދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.