ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" އަލުން ދައްކާލައި ނީލަމަށް

Sep 20, 2026, 7:00 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ޕްރިންސަސް ޑަޔާނާ އަވަހާރަވި ހާދިސާއާ ގުޅިގެން ކިންގް ޗާލްސް އަމަލުކުރެއްވި ގޮތާ ބެހޭ އާ ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ޑަޔާނާގެ މަޝްހޫރު "ރިވެންޖް ޑްރެސް" މިދިޔަ ހުކުރު ދުވަހު ލަންޑަނުގައި ދައްކާލައިފި އެވެ.

"ޕީޕަލްސް ޕްރިންސަސް" ނުވަތަ ރައްޔިތުންގެ އަމީރާގެ ގޮތުގައި މަޝްހޫރުވި ޑަޔާނާ އަވަހާރަވިތާ ގާތްގަނޑަކަށް 30 އަހަރު ފުރެން ކައިރިވެފައިވާއިރު، ޝާހީ އާއިލާގެ މައްޗަށް އޭނާގެ ހިޔަނި އަދިވެސް ވަނީ އެޅިފަ އެވެ.

މި ހެދުމަކީ 1990 ގެ ކުރީކޮޅު ޗާލްސް އާއި ޑަޔާނާގެ ކައިވެނި ރޫޅެމުންދިޔަ ދުވަސްވަރު، އެ ދެމެދުގައި އުފެދުނު ނުތަނަވަސްކަމުގެ ރަމްޒެކެވެ. ޗާލްސްގެ ބޭވަފާތެރިކަމަށް އޭނާ އަމިއްލައަށް އިއުތިރާފުވިތާ މާގިނަ އިރުތަކެއް ނުވަނީސް، ކޮނޑު ކެނޑި ކަޅު ކުލައިގެ ފަށުވި މި ހެދުމުގައި ޑަޔާނާ އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތެވެ.

ފޮޓޯ: ރޮއިޓާސް
ފޮޓޯ: ރޮއިޓާސް

މި ހަފުތާގައި އެ ދެ ބޭފުޅުންގެ ގުޅުމަށް އަލުން ސަމާލުކަން ހުއްޓިފައިވަނީ، ޑަޔާނާގެ ކޮއްކޯފުޅު ޗާލްސް ސްޕެންސާ ނެރުއްވަން ތައްޔާރުވަމުންދާ ފޮތެއްގައި ހިމެނޭ ބައިތަކެއް އާންމުވުމާ ގުޅިގެންނެވެ. އެ ފޮތުގައި ސްޕެންސާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ޑަޔާނާ އަވަހާރަވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަސްގެފާނު ހުންނެވީ "އިންތިހާއަށް އުފާވެފައި" ކަމަށެވެ.

ބަކިންގްހަމް ޕެލަސްއިން ވަނީ މި ތުހުމަތުތަކަށް ރައްދުދީފަ އެވެ. ގަނޑުވަރުން ބުނެފައިވަނީ ލިބުނު ހިތާމައިގެ ސަބަބުން ލިޔުންތެރިޔާގެ ހަނދާނަށް އަސަރުކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ޑަޔާނާގެ މަގުބޫލުކަން މުޅި ދުނިޔޭގައި އަދިވެސް ދެމިއޮތްކަން ހާމަކޮށްދެމުން، ސަދަބީޒްގައި މި ހެދުން ދައްކާލާފައިވަނީ ހޮންކޮންގް، ޖެނީވާ އަދި ނިއު ޔޯކަށް ކުރާ ދުނިޔޭގެ ދަތުރުގެ ފުރަތަމަ މަންޒިލްގެ ގޮތުގަ އެވެ.

މި ދަތުރުގެ އެންމެ ފަހު މަންޒިލްގައި އަންނަ ޑިސެމްބަރު މަހު މި ހެދުން ނީލަން ކިޔުމަށް ހަމަޖެހިފައިވާއިރު، މި ހެދުމުގެ އަގު 150،000 ޑޮލަރާއި 300،000 ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ޕެރިހުގައި 1997 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވިއިރު އުމުރަކީ 36 އަހަރެވެ. 

އެ ދުވަސްވަރު ޑަޔާނާ އަވަހާރަވުމާ ގުޅިގެން ޝާހީ އާއިލާ ބޮޑު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓުނެވެ. މުޅި ގައުމު ހިތާމައިގައި އޮތްއިރު، ޝާހީ އާއިލާއިން ދެއްކި ހަރުކަށި އަދި އިހުސާސްތަކެއް ނެތް އުސޫލުތަކުގެ ސަބަބުން އާންމުންގެ ރުޅިވެރިކަން އަމާޒުވި އެވެ. މީގެ ސަބަބުން ޝާހީ އާއިލާގެ ސިޔާސަތުތައް ބަދަލުކޮށް، އާންމުން ބޭނުންވި ފަދަ އިންސާނީ އިހުސާސްތައް ދައްކަން މަޖުބޫރުވި އެވެ.

ނަމަވެސް، ޑަޔާނާ އަވަހާރަވުމުން ރަސްގެފާނު ހުންނެވީ "އިންތިހާއަށް އުފާވެފައި" ކަމަށް ބުނެ ސްޕެންސާ ކުރެއްވި ތުހުމަތުތައް ބަކިންގްހަމް ޕެލަސްއިން ވަނީ ވަރަށް ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox