'ސްޓާ ޓްރެކް' އާއި 'އެކްސް-މެން' ގެ އެކްޓަރު ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

Oct 30, 2026, 9:48 AM
ޕެޓްރިކް ސްޓެވާޓް

ޕެޓްރިކް ސްޓެވާޓް

ސްޓާ ޓްރެކް ސީރީޒްގައި ކެޕްޓަން ޖީން-ލޫކް ޕިކާޑްގެ ރޯލުންނާއި އެކްސް-މެން ފިލްމުތަކުގައި ޕްރޮފެސަރ އެކްސްގެ ރޯލުން މަގުބޫލުކަން ހޯދާފައިވާ އިނގިރޭސިވިލާތުގެ މަޝްހޫރު އެކްޓަރު ޕެޓްރިކް ސްޓެވަޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ އެވެ.

ސްޓެވަޓްގެ ތަރުޖަމާނު ކެލީ ބުޝް ނޮވަކް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްޓެވަޓް ނިޔާވީ ބުދަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި ހުންނަ އޭނާގެ އަމިއްލަ ގޭގައި ކަމަށެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ލޫވީ ބޮޑީ ޑިމެންޝިއާ ބަލީގައި ދުވަސްތަކެއް ހޭދަކުރުމަށްފަހުގަ އެވެ. މިއީ ސިކުނޑިއަށް ޖެހޭ، ފަރުވާއެއް ނެތް ބަލިތަކެކެވެ. 

ސްޓެވަޓް އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ 1987 އިން 1994 އަށް ދެއްކި ސައިންސް ފިކްޝަން ސީރީޒް ސްޓާ ޓްރެކް: ދަ ނެކްސްޓް ޖެނެރޭޝަނުންނެވެ. އޭނާގެ މަޝްހޫރު ޖުމްލަ ކަމަށްވާ މޭކް އިޓް ސޯ އަކީ މިއަދުވެސް ގިނަ ބަޔަކު ބޭނުންކުރާ ޖުމްލައެކެވެ. 

މި އަހަރު ޑިސެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ އެވެންޖާސް: ޑޫމްސްޑޭ ފިލްމުންވެސް ސްޓެވަޓް ފެންނާނެއެވެ. މާވެލްގެ ފަރާތުން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ސްޓެވަޓްއަކީ ތަފާތު ހުނަރެއްގެ ވެރި، ހިތްހެޔޮ އަދި އަސްލު މާތް އިންސާނެއް ކަމަށެވެ.

1940 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔޯކްޝަޔަރަށް އުފަންވި ސްޓެވަޓްގެ ފަންނީ ހަޔާތް ފެށުނީ ތިއޭޓަރުގެ ތެރެއިންނެވެ. ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2010 ވަނަ އަހަރު އިނގިރޭސި ރާނީ އެލިޒަބަތު ދެވަނަ ވަނީ އޭނާއަށް "ސަރ" ގެ ލަގަބު އަރުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox