ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަން ނޫން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ޕީއެންސީގެ ކޮންގްރެސްއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަދެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ޕީއެންސީގެ ކޮންގްރެސްއަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަދެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވެސް އެ ސަރުކާރެއްގައި ހިމެނުނު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ނިންމުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ޔާމީނުގެ ނަން ވިދާޅުނުވެ އެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެގޮތުން، ޔާމީނުގެ ވެރިކަމުގައި ސުޕްރީމް ކޯޓުން ޓިނު ނަގައި، އެ ކޯޓުގެ ފަނޑިޔާރުންތަކެއް ހައްޔަރުކުރުމާއި ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ބަންދުކުރި ވާހަކަ ވިދާޅުވެ އެކަމަށް މުއިއްޒު ފާޑުވިދާޅުވި އެވެ.

Advertisement

މުއިއްޒު ވިދާޅުވީ އެ ބޭފުޅުން ޖަލުގައި ބަންދުކޮށްފައި ތިއްބާ، އެ ބޭފުޅުންގެ ހާލު ބަލައިލަން ދާން އެމަނިކުފާނަށް އެންގެވި ކަމަށެވެ. ނަމަވެސް، އެކަން ކުރަން އެންގެވީ ކާކުކަމެއް މުއިއްޒު ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު އަމިއްލައަށް ތަޖުރިބާކުރި ކަންތައް މިއީ، އެހެންވީމާ އެހައިވަރަކަށް ޝަރުއީ ދާއިރާ މިނިވަން ވާނީ،" މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބޭފުޅުންގެ ހާލު ބަލައިލަން ވަޑައިގެންނެވިއިރު، އެ ބޭފުޅުން ތިއްބެވީ ވަރަށް ހާލުގައި ކަމަށެވެ. އެ ބޭފުޅުންގެ ހާލު ބެލުމަށް ޖަލަށް ވަޑައިގަތުމުން އެ ބޭފުޅުން ކުރެއްވި ޝަކުވާތައް ޔާމީނުގެ އަރިހުގައި ދެންނެވިކަމަށް މުއިއްޒު ވިދާޅުވި އެވެ.

"ނޮވެމްބަރު 3، ގެ ހާދިސާގައި ގައުމު ސަލާމަތްކުރެއްވި ވެރިމީހާ، މިހެން ގޮސް އެތައް ހިދުމަތެއް ކުރައްވާފައި ހުންނެވި ބޭފުޅެއް، ދެން މި ތިބީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި އެހެން ފަނޑިޔާރަކާ. މި ބޭފުޅުން މި ތިބީ ހަމަ ކުޑަގޮޅީގައި ނޫނިއްޔާ ވަރަށް ހާލުގައި،" މުއިއްޒު ވިދާޅުވި އެވެ.

ޔާމީނުގެ ވެރިކަމަށް ފާޑު ވިދާޅުވުމަށްފަހު، މުއިއްޒު ވަނީ މި ވެރިކަމުގައި އެހެން ކަން ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވައިފަ އެވެ.

އެގޮތުން، ވެރިކަމުގެ ހުވާކުރެއްވުމަށްފަހު، މިއަދާ ހަމައަށް އައިއިރު، ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ޔާމީނަށް މުއިއްޒު ފާޑުވިދާޅުވެފައިވާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ޔާމީނުގެ ފޮޓޯ ވިއްކަވައިގެންނެވެ. މުއިއްޒުގެ މުޅި ރިޔާސީ ކެމްޕޭނު ބިނާކުރީ ޔާމީނު މިނިވަންކުރުމާއި ޔާމީނުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ވެރިކަން ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުތަކުގެ މައްޗަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox